މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރުގެ މައްސަލަ ނިއު ރޭޑިއަންޓުން އެފްއޭއެމް އަށް ހުށަހަޅައިފި

Sep 18, 2026, 3:43 PM
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން، މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން، މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި، މާޒިޔާގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު، ސްޕެއިނުގެ ލޫޝިއާނޯ ސިގޭރާ ބާބޯސާ އަށް ހަމަލާދީފައިވާތީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅައިފި އެވެ. 

ނިއު އިން ވަނީ ރޭ ކުޅުނު މެޗުގެ އިތުރު ވަގުުތުގެ ފަހު މިނިޓްގައި ލަނޑު ޖަހައި، 3-2 އިން މާޒިޔާ ބަލިކޮށްފަ އެވެ. މިއީ، 2022 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ލީގުގެ މެޗަކުން މާޒިޔާ ބަލިވި ފުރަތަމަ ފަަހަރެވެ. އަނެއްކޮޅުން، 2018 ގެ ފަހުން ލީގުގެ މެޗަކުން ނިއު އަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ. 

ނިއު ރޭޑިއަންޓުން ފަހު ވަގުތު މާޒިޔާ ބަލިކޮށްފި

މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ނިއު ރޭޑިއަންޓުން މާޒިޔާގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މާޒިޔާ އިން ދެ ފަހަރު ލީޑުނެގި މި މެޗުގައި ނިއު އިން ދެ ފަހަރު ވެސް އެއްވަރުކުރި. ނިއު މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް ޑޯރީ ކާމިޔާބުކޮށްދިން ގޯލުން.

ރޭގެ މެޗުގައި އިތުރު ވަގުތުގައި ގިނަ ވަގުތުތަކެއް ކުޅެން ޖެހުނީ، މެޗުގެ 73 ވަނަ މިނިޓްގައި ހިނގަދިިޔަ ހަމަނުޖެހުމެއްގެ ސަބަބުން، ހަތް ވަރަކަށް މިނިޓަށް މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުމުންނެވެ. ހަމަނުޖެހުން ހިނގީ، ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވަނިކޮށް، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް ގައިގައި ޖެހުމުންނެވެ. އެ ވަގުތު ދަނޑަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެރިއިރު، ވަގުތުތަކަކަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ.

Advertisement

އެ ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލައި، ނިއުގެ ބިލިޓީ އާއި އީތަން އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ރީނދޫ ކާޑެއް ދެއްކިއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މާޒިޔާގެ އެސިސްޓަންޓް ކޯޗު، ސުޒެއިރު އަށް ރަތެއް ދެއްކީ، ނިއުގެ އެސިސްޓަންޓް ކޯޗު، ލޫޝިއާނޯ އަށް ހަމަލާ ދިނުމުން ކަމަށް ނިއު އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. 

ނިއު އިން ބުނީ، ޖިސްމާނީ ގޮތުން ހަމަލާ ދިނުމަކީ ފުޓްބޯޅައިގައި އެއްވެސް ސިފައެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި އެ ފަދަ އަމަލުތަކުގެ ސަބަބުން ފުޓްބޯޅައިގެ ތެރޭގައި އޮންނަ ރައްކާތެރި ކަމާއި ސަލާމަތަށް ހީނަރުކަން އަންނަ ކަމަށެވެ. އަދި، ކަމާބެހޭ ފަރާތަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މި މައްސަލައިގައި އެންމެ އެކަށޭނެ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ނިއު އިން ވަނީ ގޮވާލައިފަ އެވެ. 

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިއު އިން ކަށަަވަރުކުރަން ބޭނުންވަނީ، ލޫޝިއާނޯގެ އިތުރުން، އެ ކްލަބްގެ އެހެން އޮފިޝަލުންނަށް ކުޅުންތެރިންގެ ރައްކާތެރިކަން ކަމަށް ނިއުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox