އޮޑީގެ ކޯޗަކަށް ވިކްޓަރީ އަށް ކުރިން ކުޅުނު ތެއިލާ ހަމަޖައްސައިފި

Sep 27, 2026, 11:53 AM
އޮޑި ސްޕޯޓްސް ކްލަބްގެ އާ ކޯޗު ލޫޝިއާނޯ ތެއިލާ، އެ ކްލަބުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް /އިމޭޖަސް،އެމްވީ

އޮޑި ސްޕޯޓްސް ކްލަބްގެ އާ ކޯޗު ލޫޝިއާނޯ ތެއިލާ، އެ ކްލަބުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް /އިމޭޖަސް،އެމްވީ

އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅެފައިވާ އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާ ހަމަޖައްސައިފި އެވެ. 

ކްރޮއޭޝިއާގެ ވެސް ރަށްވެހިކަން އޮންނަ ތެއިލާ ވަނީ މީގެ ކުރިން، 2008 ވަނަ އަހަރު ވިކްޓަރީ އަށް ކުޅެފަ އެވެ. ކޯޗިންގައި ދެކުނު އެެމެރިކާގެ ކޮންމެބޯލް ޕްރޯ ލައިސަންސް އާއި ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ތެއިލާ އަކީ މި ސީޒަނުގައި އޮޑިން ގެނައި ދެ ވަނަ ކޯޗެވެ. 

އެ ގޮތުން، އޮޑިން މި ސީޒަނުގައި ގެނައި ފުރަަތަމަ ކޯޗު، ޕޯޗުގަލްގެ ރުއި ގްރެގޯރިއޯ ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. ގްރެގޯރިއޯގެ ކޯޗުކަމުގައި އޮޑިން ކުޅެފައިވަނީ ދެ މެޗެވެ. އެއީ، ކަޕް ވިނާސް ކަޕްގައި 2-0 އިން ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވި މެޗާއި ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-1 އިން ބަލިވި މެޗެވެ. 

ތެއިލާ، ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު، އާޖެންޓީނާގެ ކްލަބް ސްޕޯޓިވޯ ބެލްގްރާނޯގެ އެސިސްޓަންޓް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް 2015 ވަނަ އަހަރުގެ ނިޔަލަށް ކޯޗުކަން ކުރިއިރު، ދެން ވެސް އޭނާ 2016 ގައި މަސައްކަތްކުރީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އާޖެންޓީނާގެ ދެ ކްލަބެއްގަ އެވެ. އެއީ، ކްލަބް ގިލެރްމޭ ބްރައުން އާއި ކްލަބް އެތުލެޓިކޯ މިޓްރޭގަ އެވެ. އޭގެ ޖެހިގެން އައި އަހަރު އާޖެންޓީނާގެ އިންސްޓިޓޫޓޯ އެތުލެޓިކޯ ސެންޓްރަަލް ކޮރްޑޯބާގައި އެސިސްޓަންޓް ކޯޗަކަށް ހުރުމަށް ފަހު، 2018 ވަނަ އަހަރު ކްލަބް އިންޑިޕެންޑިއެންޓޭ ރިވަޑަވިއާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ. 

ހެޑް ކޯޗެއްގެ ގޮތުގައި ތެއިލާގެ ފުރަތަމަ ޕްރޮޖެކްޓަކީ 2018-2019 ސީޒަނުގައި ކްލަބް ގިލެރްމޯ ބްރައުންގަ އެވެ. އަދި، 2019 ވަނަ އަހަރު ކްލަބް އިންޑިޕެންޑިއެންޓޭ ރިވަޑަވިއާގެ ހެޑް ކޯޗަކަށް މަސައްކަތްކުރި އެވެ. އޭގެ ފަހުން، 2020-2021 ސީޒަނުގައި، ކްލަބް ޑިޕޯޓިވޯ މައިޕޫގެ ހެޑް ކޯޗުކަން ކުރި ތެއިލާ ވަނީ ޕެރަގުއޭގެ ކްލަބް ޖެނެރަލް ކަބަލޭރޯ އާއި ގުއައިރޭނިއާގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން، ޕެރޫގެ ކްލަބް އަލިއަންޒާ އެތުލެޓިކޯ ސުލާނާގެ ކޯޗަކަށް ހުރުމަށް ފަހު، ބޮލިވިއާގެ ކްލަބް ޖޯޖް ވިލްސްޓާމަން އަށް ވެސް ކޯޗުކޮށްދިނެވެ. 

ދެކުނު އެމެރިކާގެ ހަތަރު ގައުމެއްގައި ކޯޗިން މަސައްކަތް ކުރުމަށް ފަހު، އެންމެ ފަހުން ތެއިލާ ހުރީ ޔުއެފާ ކޮންފަރެންސް ލީގުގައި ކުޅުނު އިޒްރޭލުގެ ކްލަބް މެކަބީ ހައިފާގެ އެސިސްޓަންޓް ކޯޗަކަށެވެ. އޮޑި އަކީ، އޭޝިއާގައި ތެއިލާ ކޯޗިންގައި ކުރާ ފުރަތަމަ މަސައްކަތެވެ. 

އެހެން ނަމަވެސް، ކުޅުމުގެ ކެރިއަރުގައި ވިކްޓަރީގެ އިތުރުން އޭނާ ވަނީ އޭޝިއާގެ އެކި ގައުމުތަކުގެ ލީގުގައި ކުޅެފަ އެވެ. އެއީ، ބަންގްލަދޭޝްގެ މުކްޓިޖޯދާ ސަންގްސަދު ސްޕޯޓް ކްލަބް، އިންޑޮނޭޝިއާގެ ޕާސިބާ ބަންޓުލް، ލެބަނަންގެ އަލް އަހެދު ކްލަބް އަަދި ސީރިއާގެ އަލް ކަރާމާ ސްޕޯޓްސް ކްލަބް އެވެ. 

ގައުމީ ޓީމުގެ މެޗުތަކަށް މިހާރު ކުރިއަށްދާ ފީފާ އިންޓަނޭޝަނަލް ބްރޭކަށް ފަހު، އަލުން ދިވެހި ޕްރިމިއާ ލީގު ފަށާއިރު މި މަހު ނުވަ ވަނަ ދުވަހު އޮޑިން ކުޅޭނީ ގދ. ގައްދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. އޮޑިން ލީގުގައި ކުޅުނު ދެ ވަނަ މެޗުގައި ވަނީ ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ)ގެ ކޯޗުކަމުގައި އޮޑިން ނުކުތް މި މެޗުން މޮޅުވީ، 4-1 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox