ގައްދޫ ބަލިކޮށް އީގަލްސް އަށް ލީގުގައި ދެ ވަނަ މޮޅު

Sep 20, 2026, 5:39 PM
މި ފަހަރުގެ ލީގުގެ މެޗެއްގައި އީގަލްސް އަށް ލަނޑު ޖަހައިދިނުމަށް ފަހު އީސަ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި ފަހަރުގެ ލީގުގެ މެޗެއްގައި އީގަލްސް އަށް ލަނޑު ޖަހައިދިނުމަށް ފަހު އީސަ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގދ. ގައްދޫ ފުޓްބޯޅަ ޓީމު 2-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން މި ފަހަރުގެ ލީގުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ. 

އީގަލްސް އިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ، 3-1 އިން ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. އަނެއްކޮޅުން، ސައުތު ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ގަދަ ހަތަރެއްގައި ހިމެނިގެން، ޕްރިމިއާ ލީގަށް އައި ގައްދޫން މި ވަނީ މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެފަ އެވެ. 

ރާއްޖޭގެ ލީގު ހޯމް އެންޑް އަވޭ ފޯމެޓުގައި ކުރިއަށްގެންދާ ފުރަތަމަ ސީޒަނުގައި، ގައްދޫން މިހާތަނަށް ކުޅުނު ތިން މެޗު ވެސް އޮތީ އަމިއްލަ ރަށުގަ އެވެ. ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 2-0 އިން ގައްދޫ ބަލިވިއިރު، ދެ ވަނަ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބާ ކުޅެގެން ގައްދޫ ބަލިވީ 4-2 އިންނެވެ. 

ނިއު އާއި ޓީސީން ގައްދޫ ކޮޅަށް ފުރަތަމަ ކޮޅުގައި ލަނޑުތަކެއް ޖަހައި، ލީޑުނަގައިގެން ކޮންޓްރޯލް ހޯދި ނަމަވެސް ގައްދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގައްދޫން ވަނީ އީގަލްސް ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، ފުރަތަމަ ހާފުގައި އީގަލްސް އަށް ގައްދޫގެ ޑިފެންސް ފޫއަޅުވައިނުލެވުނުއިރު، އީގަލްސް އިން އެޓޭކަށް ޖެހިގެން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. 

ދެ ވަނަ ހާފުގައި އީގަލްސްގެ ލައިބީރިއާ ފޯވާޑް، ވެން ޑޭމް ހާމޮން ފޮނުވާލި ބޯޅައެއް ގައްދޫގެ ކީޕަރު، ސާބިއާގެ ބޯޖާން ވުކްމިރޯވިޗް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 68 ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދޭން އަރިމަތިން އީގަލްސްގެ އިސްމާއިލް އީސާ (މެސީ) ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ވުކްމިރޯވިޗަށް ރަނގަޅަށް މަސައްކަތް ނުކުރެވިގެންނެވެ. 

ގައްދޫގެ ފޯވާޑް، ސާބިއާގެ ފޯވާޑް، އުރޯސް ޖެމޯވިޗް އަށް ބޯޅަ ދީގެން އެ ޓީމުން އެޓޭކަށް ޖެހި ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، އޭނާ އަށް ލިބޭ ބޯޅަތަކުގައި އެޓޭކެއް ކުރުމުގެ ކުރިން އީގަލްސް ޑިފެންޑަރުން ސަމާލުވެ ތިބެ އެ ބޯޅަތައް ހުއްޓުވަމުން ދިޔަ އެވެ.  އެކަމަކު، މެޗުގެ 86 ވަނަ މިނިޓްގައި ޖެމޯވިޗަށް އީގަލްސް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ އީގަލްސްގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ އަތަަށް ނަގައިފަ އެވެ. 

ކައުންޓަ އެޓޭކުގައި އީގަލްސްގެ މުހައްމަދު ޖައިލަމް (އޮގީ) އަށް ލިބުނު ފުރުސަތުގައި ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ގައްދޫގެ ޑިފެންޑަރު، ހުސެއިން ޔަލީން ވަނީ ސަލާމަތްކޮށްފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ތެރޭގައި ގައްދޫ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ބޮލުން ގޯލަށް ފޮނުވާލައިގެން އޮގީ ވަނީ އީގަލްސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox