އޮޑިން ބުރު ބަލިކޮށް ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

Sep 17, 2026, 6:02 PM
ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން ކުރިހޯދައި، އޮޑި ސްޕޯޓްސް ކްލަބުން މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 

މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަަން ހޯދި އޮޑިން މި ސީޒަނުގައި މިހާތަނަށް ކާމިޔާބުކުރި ދެ މެޗުން ވެސް މޮޅުވީ ބުރު އަތުންނެވެ. އެ ގޮތުން، މި ސީޒަނުގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕްގައި އޮޑިން ވަނީ 2-0 އިން ބުރު ބަލިކޮށްފަ އެވެ. ކަޕް ވިނާސް ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އޮޑި ބަލިވިއިރު، ލީގުގައި ވެސް ވަނީ މާޒިޔާ އަތުން ބަލިވެފަ އެވެ. 

އަނެއްކޮޅުން، ބުރުން މި ސީޒަނުގައި ކުޅުނު ފުރަތަމަ ފަސް މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. އެއީ، ކަޕް ވިނާސް ކަޕްގެ ތިން މެޗާއި ޕްރިމިއާ ލީގުގެ ދެ މެޗުންނެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ބުރުން ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެ ގޮތުން، އޮޑީގެ ޑިފެންސް ފަހަތުން ޖާގައެއް ހޯދައިގެން ކުރިއަށް އެރި ބުރަށް ކުޅޭ ކޮލަމްބިއާގެ ހަރޯލްޑް ޔޯޝުއޯ ފޮނުވާލި ހަމަލާ އޮޑީގެ ކީޕަރު، މުހައްމަަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ. 

އޮޑިން ވަނީ މެޗުގެ އަށް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ކޯނަރަކުން އަހުޒަމް ރަޝީދު (އަހު) ނެގި ހުރަަހަކަށް އަރައި މުޒްދާން ހަސަން ބޮލުން ޖެހި ގޯލެކެވެ. 

އޮޑި އަށް ލީޑުފުޅާކުރަން އަހު ނަަގައިިދިން ބޯޅައަކަށް އަރައި، އަޔާޒް އަހުމަދު (އަޔާ) ބޮލުން ފޮނުވާލި ހަމަލާ ދަނޑިކައިރިން ދިޔައިރު، އަހު އޭރިއާބޭރުން ޖެހި ޝޮޓެއް ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފަ އެވެ. އަދި، މުޒްދާން އަށް ބުރުގެ އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ފޮނުވާލިއިރު، ދިޔައީ ހުރަސް ދަނޑިމަތިންނެވެ. 

ބުރުން އެޓޭކަށް ޖެހިިގެން ކުޅެމުން ދިޔަ ދަނޑިވަޅުތަކުގައި ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) ޖެހި ޝޮޓެއް އޮޑީގެ ކީޕަރު އަޝްވާން ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރުގެ އާޖެންޓީނާ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯ ވަަނީ ލަނޑު ޖަަހައިފަ އެވެ. މިއީ، އޮޑީގެ އަރީން އަބްދުﷲ އިބްރާހިމް ނެގި ކޯނަރަކުން އެޑުއާޑޯ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. 

ދެ ވަނަ ހާފުގައި އޮޑިން ކުރިއަށް ޖެހި ފޮނުވާލި ހަމަލާތައް ބުރުގެ ކީޕަރު އަލީފް ދިޔައީ މަތަކުރަމުންނެވެ. އެ ގޮތުން، މުޒްދާން އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ޝޮޓްތަކުގެ އިތުރުން، އަހުމަދު އައިހަމް (އައިހު) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ވެސް ހުއްޓުވީ ކީޕަރު އަލީފް އެވެ. 

އެކަމަކު، މެޗުގެ 75 ވަނަ މިނިޓްގައި، އޮޑީގެ މުހައްމަދު ސަހާއު (ބޭލް) ފޮނުވާލި ބޯޅަ އަލީފަށް މަތަނުކުރެވުނެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސަހާއު ފޮނުވާލި ބޯޅަ ގޯލުގެ ކައިރީ ކަނަށް އަމާޒުވިއިރު، އަލީފަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

ބުރުގެ ފޯވާޑް، އެޑުއާޑޯ، އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު އަރާނެ ކަަމަށް ނަަގައިދިން ހުރަހަކަށް އަރާނެ ކުޅުންތެރިއަކު ނެތުމުން، ފުރުސަތު ގެއްލުނީ އެވެ. 

އޮޑިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހީ، މެޗުގެ 90 ވަނަ މިނިޓްގައި އަހު އެވެ. ބުރުގެ އޭރިއާތެރެއިން އަހު ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު، އަލީފް އަތުގައި ޖެހިފަ އެވެ. އޭގެ ފަހުން، އިއްބެ އަށް އިތުރު ލަނޑެއް އޮޑި އަށް ކާމިޔާބު ކޮށްދޭން ލިބުނު ފުރަތަަ ފުރުަސަތުގައި ފޮނުވާލި ޝޮޓް ވަނީ ބްލޮކްވެފަ އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، އިއްބެ އަށް ލިބުނު ބޯޅަ ވަނީ ގޯލަށް ވައްދާލައިފަ އެވެ. މިއީ، ގޯލު ކުރިމައްޗަށް އައި ހުރަހަކުން އިއްބެ ބޮލުން ޖެހި ގޯލެކެވެ. 

ކަޕް ވިނާސް ކަޕްގެ ތިން ވަނަ މެޗުން ފެށިގެން، އޮޑީގެ ކޯޗުކަމާ ހަވާލުވި ޕޯޗުގީސް ކޯޗު، ރުއީ ގްރެގޯރިއޯގެ ބަދަލުގައި މިއަދުގެ މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ) އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox