ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ޔަހޫދީންނާ ގުޅުން އޮންނަ ބަޔަކު ލައްވައި ރަސްމާލެ ތަރައްގީކުރުވުމާއި ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވުމާއި މިކަންކަމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާދަތު ސަލާމަތްކުރެވިދާނެ ޝަރުތުތަކަކާއެކު ކުރިޔަށް ގެންދިއުން ހުއްދަ ޕްރޮޖެކްޓެއްކަމަށް ރާއްޖޭގެ ބައެއް ދަންނަ ބޭކަލުން ދެކެ އެވެ. އެ ވިސްނުމަކީ ދަތުގައި ނުޖެއްސުމުގެ ޝަރުތު ފަދަ ޝަރުތުތަކަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަވާނެކަމަށް ދެވޭ ފަތުވާއަކާ ދާދި އެއް މިސާލުގައި އޮތް ކަމަކަށްވަނީ ޔަހޫދީންގެ ތާރީޚުން ފެންނާން ހުރި ބައެއް ހާދިސާތަކުގެ ސަބަބުންނެވެ.

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު މަދީނާގެ ޔަހޫދީ ގަބީލާތަކާއެކު އެކުވެރިކަމާއި ސުލްހައިގެ އެއްބަސްވުންތައް ހެއްދެވި އެވެ. ބަދުރު ހަނގުރާމައިގައި މުސްލިމުން މައްކާގެ މުޝްރިކުން އަތުން މޮޅުވެ މުސްލިމުންނަށް ބާރުވެރިކަން ލިބެން ފެށިތަން ފެނުމުން ޔަހޫދީންގެ ހިތަށް ހަސަދަވެރިކަން ވަދެ މުއާހަދާތަކާ ހިލާފުވާން ފެއްޓި އެވެ.

ބަނޫޤައިނަޤާޢު ދަރިކޮޅުގެ ޔަހޫދީންގެ ބާޒާރަށް ވިޔަފާރިކުރާންދިޔަ މުސްލިމް ކަނބަލަކަށް ޖިންސީ ގޯނާކޮށް އެކަމަނާގެ އައުރަ ކަޝްފުވާހެން ތަނެއްގައި ހެދުން އައްސައިގެން އެގަބީލާގެ ބަޔަކު އެކަމަނާއަށް ހުށަހެޅިގަތެވެ. މިކަން ހުއްޓުވަން އުޅުނު މުސްލިމް ޒުވާނާ އެމީހުން ޝަހީދުކޮށްލި އެވެ. ބަނޫޤައިނަޤާޢު ޔަހޫދީން މުސްލިމުންނާއެކު އޮތް އެއްބަސްވުމަށް މިފަދައިން ޚިޔާނާތްތެރިވުމުން، އެބައިމީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވުނެވެ. ފުރަތަމައަށް އެބައިމީހުންނަށް ނަސޭހަތްތެރިވެވަޑައިގެން އިސްލާމްވުމަށް މާތް ނަބިއްޔާ ދައުވަތުދެއްވި އެވެ.

Advertisement

އެބައިމީހުން އިސްލާމްނުވުމުން ބަލި ގަބޫލުކޮށް އަމާންދިނުމަށް ދާންދެން އެމީހުންގެ ސަރަހައްދު މުސްލިމުން ހިސާރުކުރި އެވެ. އެންމެ ފަހުން އެބައިމީހުން ބަލި ގަބޫލުކޮށް މަދީނާއިން ފައިބައިގެންދިޔައީ އެވެ. އަންފާލް ސޫރަތުގެ 58 ވަނަ އާޔަތުގައި ވެ އެވެ. "ބަޔަކުމީހުންގެ ކިބައިން ޚިޔާނާތްތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ އެބަޔަކާއެކު ކޮށްފައިވާ މުއާހަދާއެއް އެބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، ޚިޔާނާތްތެރިންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެ އެވެ."

އެދުވަހު ވެސް ޔަހޫދީންގެ ހިމާޔަތުގައި އެންމެ ގަދަޔަށް މުސްލިމުންގެ ތެރޭގައި ވަކާލާތުކުރީ މުސްލިމެއްގެ ނަމުގައި ހުރި ސަހާބީއެއްގެ ނަމުގައި ހުރި ފަރާތެކެވެ. ޢަބްދުﷲ ބިން އުބައްޔު ބުން ސަލޫލެވެ. މުނާފިގެކެވެ. އަލްމާއިދާ ސޫރަތުގެ 52 ވަނަ އާޔަތުގައި އެވަނީ އެވާހަކަ އެވެ. "ފަހެ، އެމީހުންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ ޝައްކާއި ނިފާގުކަމުގެ ބަލިހުންނަ މީހުން) އެމީހުންގެ (ޔަހޫދީންގެ) އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނެ އެވެ. އެމީހުން ބުނެ އެވެ. ތިމަންމެންނަށް މުސީބާތެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެ އެވެ. ފަހެ، ﷲ ފަތަހައެއްވެސް ދެއްވައިފާނެ އެވެ. ނުވަތަ އެކަލާނގެ ހަޒުރަތުން، އެހެން އަމުރުފުޅެއްވެސް އަތުވެދާނެ އެވެ. ފަހެ، އެހާރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެމީހުން ވާނެ އެވެ."

މަދީނާގައި ތިބި ޔަހޫދީ ދަރިކޮޅުތަކުގެ ތެރެއިން ބަނުއްނަޟީރު މީހުންގެ ގާތަށް މާތް ނަބިއްޔާ ވަޑައިގެން ފާރެއްގެ ކައިރީގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، މަތިން ބޮޑު ހިލަގަނޑެއް ވައްޓާލައިގެން އިތުރު އެކަލޭގެފާނު ޝަހީދުކޮށްލުމަށް ރޭވީވެސް އެބައިމީހުންނާއެކު ހެދިފައި އޮތް އެއްބަސްވުމެއް އޮއްވަ އެވެ. ވަޙީގެ ޒަރީއާއިން މާތް ނަބިއްޔާއަށް އެކަން އެންގެވުނުހިނދު މާތް ނަބިއްޔާ ސަލާމަތްވެވަޑައިގަތެވެ. ބަނުއްނަޟީރު ގަބީލާއާމެދު ވެސް ފަހުން މުސްލިމުން އަޅަން މަޖުބޫރުވީ ހަމަ އެއް ފިޔަވަޅެކެވެ. މި ގަބީލާގެ ދިފާއުގައި ވެސް ވަކާލާތުކުރަން މުސްލިމެއްގެ ނަމުގައި ހުރި މުނާފިގުންގެ ބޮޑު ކަލޭގެ ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލް ހުއްޓެވެ. މިހާދިސާއާ ގުޅޭ ތަފުސީލުތައް ޙަޝްރު ސޫރަތުގައި އެވަނީ އެވެ.

މަދީނާގައި އޮތް އިސްލާމީ ދައުލަތާ ހަމަލާދިނުމަށް އަރަބި ގަބީލާތައް އެކުވެ ކޯލިޝަން ހަދައިގެން އައިސް މަޝްހޫރު ޚަންދަޤު ހަނގުރާމައިގައި މަދީނާ ހިސޯރުކޮށްފައި އޮތް ވަގުތު، މަދީނާގެ ފަހަތުން މުސްލިމުންގެ އަންހެނުންނާއި ކުޑަކުދިން ހިމާޔަތްކުރުމަށް އެއްބަސްވެފައި އޮތީ ބަނޫ ގުރައިޒާގެ ޔަހޫދީންނެވެ. އެންމެ ނާޒުކު ހައްސާސް އެދަނޑިވަޅުގައި އެމީހުން މުސްލިމުންނަށް ދޯކާދީ ގައްދާރުވެ އެއްބަސްވުން އުވާލި އެވެ. އަދި މުސްލިމުންގެ އަދާވާތްތެރިންނާ ގުޅި، މަދީނާގެ އެތެރެއިން މުސްލިމުންނަށް ހަމަލާދޭން ތައްޔާރުވި އެވެ. އެހަނގުރާމައިގައި މުސްލިމުންނަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި މި ގައްދާރުވުން ވެސް އައީ ޔަހޫދީންގެ ކިބައިންނެވެ.

މިހެން ގޮސް މާތް ނަބިއްޔާގެ ތާރީޚުން އެކަނި ދައްކާނަމަވެސް ޔަހޫދީންގެ ކިތަންމެ މަކަރުވެރި ރޭވުމަކާއި ޚިޔާނާތެއް އެހެރީ ފެންނާށެވެ. މާތް ނަބިއްޔާއަށް ފަރިއްކޮޅެއްގެ ތެރެއަށް ވިހަލައިގެން އިތުރު އެކަލޭގެފާނު ޝަހީދުކޮށްލަން ރޭވީވެސް ހަމަ ޔަހޫދީންނެވެ. މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމަށްފަހު އިސްލާމީ އުންމަތް ހަލާކުކޮށްލުމުގައި ޔަހޫދީން އަބަދުވެސް ރޭވުންތައް ރާވައި ހިންގަމުންދެ އެވެ. އަދި އަބަދުވެސް މުސްލިމުންގެ ނަމުގައި ތިބޭ ބޮޑެތި މުނާފިގުން އެމީހުންނާ ބައިވެ ވާގިވެރިވަމުން ގޮސްފައި ވެ އެވެ. ތާރީޚުގެ ފަތްފުށްތަކުން ސަފުހާއަކުން ސަފުހާއަކުން އެއްލާނަމަ މި ލިޔުން ދިގުވެދާނެ އެވެ. ނިކަން ބޮޑުކޮށް ހިފާފައި ހައެއްކަ ފޮތް އުކާލީމާ ދެން ފެންނާން މި އޮންނަނީ އިސްލާމީ އުންމަތުގައި އޮތް ޒަމާންވީ އެންމެ ބޮޑު މައްސަލަ އެވެ. ފަލަސްތީނު މައްސަލަ އެވެ.

ގާނޫނަކަށް އެއްބަސްވުމަކަށް އެބަ ބަލާހެއްޔެވެ؟ ބޯލަނބާ ހަމައެއް އުސޫލެއް އެބަ އޮތް ހެއްޔެވެ؟ ޔަހޫދީންނަކީ އަދި އަމުދުން ޒަޔަނިސްޓުންނަކީ ޝަރުތުތަކެއް ކޮށްގެން އެއްބަސްވުމެއް ހަދައިގެން ވަކި ޚާއްސަ ގާނޫނެއް ފާސްކޮށްގެން އެމީހުންގެ ގެއްލުންތަކާއި ނުރައްކާތަކާއި ޚިޔާނާތްތަކުން ސަލާމަތްވެވޭވަރަށްވުރެ މަކަރުވެރި އިޔަހޫދި ބަޔެކެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި އެވާހަކަ އެބަ އޮތެވެ.

އަލްއަންފާލް ސޫރަތުގެ 56 ވަނަ އާޔަތުގައި ވެ އެވެ. "ކަލޭގެފާނު އެމީހުންނާ އަހުދެއް ކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެމީހުން، އެމީހުންގެ އަހުދު އުވާލަ އެވެ. އަދި އެމީހުން ބިރުވެތިވާކަމުގައި ނުވެ އެވެ." އަދި ތައުބާ ސޫރަތުގެ 8 ވަނަ އާޔަތުގައި ވެ އެވެ. (އެމީހުންނަށް އެފަދަ އަހުދެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެމީހުން ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި އަހުދަކަށްވެސް، ތިޔަބައިމީހުންނާމެދު އެމީހުން ނުބަލާނެ އެވެ. އެމީހުންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެ އެވެ. އެމީހުންގެ ހިތްތައް ނުރުހިގެންވާ ހާލުގަ އެވެ. އޭގެތެރެއިން ގިނަމީހުންނަކީ ނުބައި މީހުންނެވެ."

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓް ޔަހޫދީންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ދަންނަ ބޭކަލަކު ބުނާނަމަ އެބުނަނީ އިސްވެ ދިޔަ ހާދިސާތަކާއި އިސްވެ މިބަޔާންކުރެވުނު ކީރިތި ޤުރުއާނުގެ ދެންނެވުނު އާޔަތްތައް އިހުމާލުކޮށްލާފަ އެވެ. ހަމަ އޭގެ މިސާލަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ވަކާލާތުކުރުން ފަދަ ހަމަނުޖެހޭ މޮޔަ ސޮހޮލު ވަކާލާތެކެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox