ސަރުކާރަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

Oct 7, 2026, 10:19 PM
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު: ބަޖެޓުގައި އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުމުގެ ފުރުސަތު އަންނަނީ ބޮޑުވަމުން --- ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު: ބަޖެޓުގައި އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުމުގެ ފުރުސަތު އަންނަނީ ބޮޑުވަމުން --- ފޮޓޯ: އަދަދު

ދިވެހި ސަރުކާރަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 30 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަދެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުގައި މި މަސް ފެށިއިރު 30.8 ބިލިއަން ރުފިޔާ ވަދެއްޖެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެއް ނަމަވެސް އެހެން އަހަރުތަކުގައި ފެންނަ ވަރަށް، އާމްދަނީގެ ކުރިއެރުމެއް ނުފެނެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، މި އަހަރު އިތުރަށް ވަދެފައި ވަނީ 536 މިލިއަން ރުފިޔާ އެވެ. 

Advertisement

އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި 23.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރު ނަމަވެސް ޓެކްސް ނޫން އާމްދަނީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ މަދެވެ. 

ޓެކްސް ނޫން އާމްދަނީ މިދިޔަ އަހަރަށް ވުރެ މަދު ނަމަވެސް، މި އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 8.7 ބިލިއަން ރުފިޔާގެ 75 ޕަސެންޓު ވަދެއްޖެ އެވެ. މިހެން ކަމުން އަހަރު ބާކީ އޮތް ބައިގައި ޓެކްސް ނޫން އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކުރި ވަރަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރަށް ވުރެ ޓެކްސް އާމްދަނީ މި އަހަރު ދޮޅު ބިލިއަން ރުފިޔާ އިތުރުވީ ނަމަވެސް،  ޓެކްސް އާމްދަނީ މަޑުޖެހެމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ވަކިވަކި ޓެކްސްތަކަށް ބަލާއިރު، މި މަޑުޖެހުމުގެ ސަބަބަކީ ޓޫރިޒަމުން ވަންނަ އަދަދު މަދުވާން ފެށުމެވެ. 

އެންމެ ފަހުގެ ރިޕޯޓަށް ބަލައިއިރު ޓޫރިޒަމް ޓެކްސްތަކުގެ ތެރެއިން މިދިޔަ އަހަރަށް ވުރެ މަދު ނުވަނީ އެއާޕޯޓު ޑިޕާޗާ ޓެކްސް އެކަންޏެވެ. މި ޓެކުހަށް ވުރެ ބޮޑު އާމްދަނީއެއް ވަންނަ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް މި އަހަރު ލިބުނު ވަރު މިދިޔަ އަހަރަށް ވުރެ މަދެވެ. 

އާމްދަނީއަށް މި އައި މަޑުޖެހުން ސީދާ ގޮތުން ގޮސް ގުޅެނީ ދިވެހި އިގުތިސޯދުގެ މައި ހަރަކާތް އަދި ދައުލަތަށް ވަންނަ އާމްދަނީގެ 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އެ ސިނާއަތަކާ ގުޅިފައިވާ ޓޫރިޒަމުގެ ހަރަކާތްތެރިކަމަށް އައި މަޑުޖެހުމާ އެވެ. 

ޓޫރިޒަމަށް އަރާފައިވާ ލޮޅުމާއެކީ، މި އަހަރު އަންދާޒާ ކުރި ވަރަށް ޓޫރިސްޓުން ނާންނާނެ ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ. މިއާ އެކީ ދައުލަތުން އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުމުގެ ފުރުސަތު ވެސް އަންނަނީ ދުވަހުންދުވަހަށް ބޮޑުވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox