ސަބްސިޑީ ހަރަދު ހަތަރު ބިލިއަން ރުފިޔާއިން މައްޗަށް

މަޖިލިސް މެންބަރަކު ބަޖެޓް ފޮތް ބަލާލަނީ: ސަބްސިޑީ ހަރަދު

މަޖިލިސް މެންބަރަކު ބަޖެޓް ފޮތް ބަލާލަނީ: ސަބްސިޑީ ހަރަދު

އާންމު ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތަކަށް މި އަހަރު ހަތަރު ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުަތަކުން ދައްކައިފި އެވެ. 

ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުގައި، މި އަހަރުގެ 38 ވަނަ ހަފުތާގެ ނިޔަލަށް ސަބްސިޑީތަަކަށް ވަނީ 4.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މުޅި މި އަހަރަށް ބަޖެޓުކުރި 2.8 ބިލިއަން ރުފިޔާއަށް ވުރެ 1.2 ބިލިއަން ރުފިޔާ ނުވަތަ 43.5 ޕަސެންޓު އިތުރު އަދަދެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ސަބްސިޑީތަކަށް ހަރަދުކުރަން ޖެހިފައި ވަނީ، އިރާނު ހަނގުރާމައާއެކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، ތެލާއި ކަރަންޓުގެ ސަބްސިޑީގެ ހަރަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ.

Advertisement

މިދިޔަ ޖުލައި މަހު ފިނޭންސުން ހާމަކުރި ތަފުސީލީ ހިސާބުތަކުގައި ބުނީ، ތެލުގެ ސަބްސިޑީއަށް އެހާތަނަށް 1.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދުގެ ގާތްގަނޑަކަށް 65 ޕަސެންޓެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދު ކުރި 702 މިލިއަން ރުފިޔާއަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

ސަބްސިޑީތަކަށް ކުރި ހަރަދު

Billion MVR
04.4
ސަބްސިޑީތަކަށް ކުރި ހަރަދު
LabelValue
20211.1 Billion MVR
20223.6 Billion MVR
20233.6 Billion MVR
20243.9 Billion MVR
20254.4 Billion MVR
2026 (38 ހަފުތާ)4.2 Billion MVR

މި އަހަރު ސަބްސިޑީ އިތުރުވަމުންދާ ގޮތަށް ބަލާއިރު، މި ވޭތުވި އެއްވެސް އަހަރެއްގައި ހަރަދު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހިދާނެ ކަމަށް ވަރަަށް ބޮޑަށް ބެލެވެ އެވެ. 

ސަބްސިިޑީތަކަށް މިހާ ބޮޑު ހަރަދެއް ކުރަން ޖެހިފައިވާއިރު، އެންމެނަށް ލިބޭ ގޮތަށް ސަބްސިޑީ ދިނުން ހުއްޓާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާ ދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އަދި، މިހާރު ވެސް އެ ގޮތަށް އެ ކަން ކުރަން އަންނަނީ ލަފާ ދެމުންނެވެ. 

މި ސަރުކާރު ހިމެނޭހެން ތިން ސަރުކާރެއްގައި ވަނީ މި ސިޔާސަތު ބަދަލުކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ބުނި ގޮތަށް އެ ސިޔާސަތު ތަންފީޒެއް ނުކުރެވެ އެވެ. 

ސަބްސިޑީ ހަރަދު ވިދިވިދިގެން ފަސް ވަނަ އަހަރު ތިން ބިލިއަން ރުފިޔާއިން މައްޗަށް

މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ސަބްސިޑީއަށް ހަރަދުވެފައިވާއިރު، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމުގެ ސިޔާސަތު ތަންފީޒުކުރުން ވަނީ ހުއްޓާލާފަ. ސަބްސިޑީގެ ގޮތުގައި ހަރަދުކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް.

މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސަބްސިޑީ ސިޔާސަތު ތަންފީޒުކުރާނެ ކަމަށް ބުނުމަށް ފަހު އެ ސިޔާސަތު ދޫކޮށްލާފަ އެވެ. މިހާރު މި ސަރުކާރުން ބުނަނީ ސަބްސިޑީ ހަރަދު ކުޑަކުރާނީ ކަރަންޓު އުފެއްދުމުގެ އެފިޝަންސީ މަތިކޮށްގެން ކަމަށެވެ. 

ސަބްސިޑީގެ ގޮތުގައި ބަޖެޓުން ހަރަދު ކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

އެ ގޮތުން ތެލާއި ކާޑު ސަބްސިޑީ ދަނީ އެއްކޮށް އެސްޓީއޯއަށެވެ. ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ލިބެނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއަށެވެ. ދަތުރުފަތުރުގެ ސަބްސިޑީ ލިބެނީ އެމްޓީސީސީއަށެވެ. ކުނި މެނޭޖުކުރުމުގެ ސަބްސިޑީ ލިބެނީ ވެމްކޯއަށެވެ. އަދި، މަސްވެރިކަމުގެ ސަބްްސިޑީ ލިބެނީ މިފްކޯއަށެވެ. 

އޭގެ އިތުރުން ސަރުކާރުން ވަނީ ސޯޝަލް ހައުސިން ޕްރޮޖެކްޓުތަކުން ތަރައްގީކޮށްފައިވާ ފްލެޓުތަކުގެ އަގު ހެޔޮކުރަން ހައުސިން ސަބްސިޑީގެ ގޮތުގައި ވެސް ފައިސާ ހަރަދުކޮށްފަ އެވެ. 

ސަބްސިޑީ ބަޖެޓު ހުސްވެގެން އިތުރަށް ހަރަދުކުރަން ޖެހިފައިވާއިރު، 2022 ވަނަ އަހަރުގެ ފަހުން ސަބްސިޑީތަކަށް ކުރާ ހަރަދު ތިން ބިލިއަން ރުފިޔާއަށް އުފުލުނު ފަހުން ތިން ބިލިއަން ރުފިޔާއަށް ވުރެ މަދު ނުވެ އެވެ. މިއިން ކޮންމެ އަހަރެއްގައި ވެސް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް އެތައް ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox