ވިދިވިދިގެން ހަތަރު ވަނަ މަހު ބޭރު ފައިސާގެ ރިޒާވު ދަށަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިދާރާ: ދައުލަތުގެ ބޭރު ފައިސާގެ ރިޒާވު ބަލަހައްޓަނީ އެމްއެމްއޭއިން --- ފޮޓޯ: އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިދާރާ: ދައުލަތުގެ ބޭރު ފައިސާގެ ރިޒާވު ބަލަހައްޓަނީ އެމްއެމްއޭއިން --- ފޮޓޯ: އަދަދު

އޭގެ ކުރީ ތިން މަހެކޭ އެއް ފަދައިން މިދިޔަ މަހު ވެސް ބޭރު ފައިސާގެ ޖުމްލަ ރިޒާވު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 638 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހު ހުރި އަދަދަށް ވުރެ 48.7 މިލިއަން ޑޮލަރު މަދު އަދަދެކެވެ. 

ޖުމްލަ ރިޒާވަށް އައި ހީނަރުކަމާއެކީ، ބޭނުންކުރެވޭ ރިޒާވު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 22.8 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހު ހުރި އަދަދަށް ވުރެ 27 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރެކޯޑު އަދަދުތަކަށް ރިޒާވު އިތުރުވުމަށް ފަހު، ކުއްލިއަކަށް ދަށަށް ދިޔައީ އޭޕްރިލް މަހުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާ ގުޅިގެންނާއި އިންޑިއާގެ ރިޒާވު ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ. 

މި ފައިސާތައް ދެއްކުމާ ގުޅިގެން، ބަނގުރޫޓުވުމުން ސަލާމަތްވީ ނަމަވެސް ތަފާސްހިސާބުތަކުން ހާމަ ވަނީ، އެ ފައިސާތައް ދެއްކި ފަހުން ރިޒާވަށް މެދުކެނޑުމެއްނެތި ބާރުބޮޑުވެފައިވާ ކަމެވެ. މި ޕްރެޝަރު އިތުރަށް ބޮޑު ވެފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސޯދަށާ ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެންނެވެ. 

ބޭނުންކުރެވޭ ރިޒާވު (2026)

  • ޖެނުއަރީ - 301.4 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 337.2 މިލިއަން ޑޮލަރު
  • މާޗު - 409 މިލިއަން ޑޮލަރު
  • އޭޕްރިލް - 244.2 މިލިއަން ޑޮލަރު
  • މެއި - 260.8 މިލިއަން ޑޮލަރު
  • ޖޫން - 248.9 މިލިއަން ޑޮލަރު
  • ޖުލައި - 221.8 މިލިއަން ޑޮލަރު

މިފަދަ ބޭރުގެ ބޮޑެތި ގޮންޖެހުންތަކާއި ބޭރުގެ ދަރަނި އަދާކުރަން ޖެެހިފައިވާ މިންވަރު އިތުރުވެފައިވާ ވުމާ ގުޅިގެން، ރިޒާވު ހަނިވަމުން ދިޔަ ނަމަވެސް މާނަވީ ގޮތެއްގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ސަރުކާރު ނުކުޅެދިފައިވާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. 

މާލީ މާހިރުން އިންޒާރުދޭ ގޮތުގައި، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ހަރަދުތައް ކުޑަނުކޮށްފި ނަމަ އަދި ޓޫރިސްޓުން އަންނަ އަދަދު އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ނުކުރެވިއްޖެ ނަމަ ރިޒާވު އިތުރަށް ހީނަރުވެ، ގައުމުގެ އިގުތިސޯދަށް އިތުރު ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. 

މި ތާށިކަމުގެ ތެރޭގައި ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސަރުކާރުން އަންނަނީ ޓޫރިޒަމުން ޓެކްސް ނަގާ ގޮތް ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަދަލުކޮށް، ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގަން ޖީއެސްޓީ ގާނޫނު ބަދަލުކުރަން ފޮނުވާފަ އެވެ. ސަރުކާރުން ބުނަނީ މި ކަމުގެ ސަބަބުން ދައުލަތަށް އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox