އާޖެންޓީނާ ޖޯޒީގައި މެސީގެ ފަހު މެޗު: "ކެރިއަރުގައި އެންމެ ދެރަވި ދުވަސް"

Oct 7, 2026, 3:48 PM
ލިއޮނަލް މެސީ: ކެރިއަރުގައި އާޖެންޓީނާ އަށް ކުޅުނު އެންމެ ފަހު މެޗުގައި ބެނިންއާ ދެކޮޅަށް ރޭ ކުޅެނި،

ލިއޮނަލް މެސީ: ކެރިއަރުގައި އާޖެންޓީނާ އަށް ކުޅުނު އެންމެ ފަހު މެޗުގައި ބެނިންއާ ދެކޮޅަށް ރޭ ކުޅެނި،

ބީނޯޒް އެރީޒް، އާޖެންޓީނާ (އޮކްޓޫބަރު 7) - އާޖެންޓީނާ ގައުމީ ޓީމަށް ކުޅެދިން ފަހު މެޗު ކުޅެފައިވާ ދުވަސް ފާހަގަކުރަން ޖެހެނީ، "ފުޓްބޯޅަ ކެރިއަރުގައި އެންމެ ދެރަވި ދުވަސް" ގެ ގޮތުގައި ކަމަށް ލިއޮނަލް މެސީ ބުނެފި އެވެ. 

އުމުރުން 39 އަހަރުގެ މެސީ، އާޖެންޓީނާ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށް، ފަހު މެޗުގައި ކުޅެފައިވަނީ، ރޭ އެވެ. ބެނިންއާ ދެކޮޅަށް ކުޅެ، އާޖެންޓީނާ 3-0 އިން މޮޅުވި މެޗަކީ، މެސީގެ 21 އަހަރުވީ ގައުމީ ޓީމުގެ ކެރިއަރުގެ ފަހު މެޗެވެ. 

"މި ޖޯޒީގެ ހައްގުގައި މިދިޔަ 20 އަށް ވުރެން ގިނަ އަހަރު ކުރެވުނު މަސައްކަތަކީ ފަހުރެއް،" ރޭ ބެނިން ކޮޅަށް އެއް ލަނޑު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދިން މެސީ ބުންޏެވެ. 

Advertisement

"އެންމެ ގޯސްކޮށްދިޔަ މުއްދަތުތަކުގައި ވެސް އަހަރެމެން އެންމެން އެއްކޮށް ތިބީ. ފައިޓްކުރިން، ގަބޫލުކޮށްގެން އުންމީދުތަކާ އެކު ކުރިއަށްދިޔައީ،" 

މެސީ ބުނީ، ދެން މި ޖޯޒީގައި އިތުރު މެޗެއް ނުކުޅެވޭކަން އިހުސާސް ވުމަކީ އެންމެ ދެރަވާ ކަންތައް ކަމަށެވެ. 

"ވަރަށް ހިތްދަތިވޭ އެހެން ހިތައް އެރީމަ. ހަގީގަތަކީ އަހަރެން މުޅި އުމުރަށް ވެސް ކުޅެން ބޭނުން. އެއީ، އާޖެންޓީނާ ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ އާދަޔާހިލާފު ހިތްހަމަޖެހުމެއް. މި ވަގުތު، މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ހިތްްދަތި ވަގުތު،" 

މިދިޔަ މަހު ކުރީކޮޅުގައި މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވުމާ އެކު، މެސީ ވަނީ ފުޓްބޯޅަ ކެރިއަރު އަވަހަށް ނިންމާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ހާމަކޮށްފަ އެވެ. 

އާޖެންޓީނާއާ އެކު، ތިން ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅެ މެސީ ވަނީ އެއް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެެވެ. އެ ގޮތުން، އެންމެ ފުރަތަމަ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން ބަލިވިއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވީ އެވެ. 

އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ބުނީ، އޭނާ ގައުމީ ޓީމުން ރިޓަޔާކުރި މެސެޖު ލިޔެފައިވަނީ، ޖުލައި 21 ވަނަ ދުވަހު ކަމަށެވެ. އެއީ، ސްޕެއިން އަތުން ވޯލްޑް ކަޕް ފައިނަލުގައި ބަލިވިތާ ދެ ދުވަސް ފަހުންނެވެ. 

ތަފާތު ހަ ވޯލްޑް ކަޕެއްގައި އާޖެންޓީނާ ތަމްސީލްކުރި މެސީ ވަނީ މީގެ ކުރިން ވެސް ކުއްލި ގޮތަކަށް ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެއީ، ޖެހިޖެހިގެން ތިން ފައިނަލުން (ވޯލްޑް ކަޕާއި ދެ ކޮޕަ އެމެރިކާ ފައިނަލުން) އާޖެންޓީނާއާ އެކު ބަލިވުމުން، މެސީ ވަނީ 2016 ވަނަ އަހަރު ރިޓަޔާކޮށްފަ އެވެ. އެކަމަކު، އެ ނިންމުން ބަދަލުކޮށް، ގައުމީ ޓީމަށް އެނބުރި އަންނަން ނިންމީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމަށެެވެ. 

އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދި، މެސީ ވަނީ އާޖެންޓީނާ އަށް ޖުމްލަ އެކު، 208 މެޗު ކުޅެދީ، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ޖުމްލަ އެކު، 126 ގޯލު ޖަހައިފަ އެވެ. 

ގައުމީ ޓީމާ އެކު މެސީގެ ކާމިޔާބީތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިތުރުން، 2021 އާއި 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ޓްރޮފީ ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox