އާޖެންޓީނާގެ ކުޅުންތެރިންްގެ ސަސްޕެންޝަަނަށް ފީފާ އިން ލުޔެއް

Aug 28, 2026, 11:27 PM
ވޯލްޑް ކަޕް ފައިނަލް މެޗުގެ ތެރެއިން އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް: ފައިނަލް މެޗުގެ ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ބޮޑު ސަސްޕެންޝަނެއް އައީ ޕަރޭޑޭސް އަށް

ވޯލްޑް ކަޕް ފައިނަލް މެޗުގެ ތެރެއިން އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް: ފައިނަލް މެޗުގެ ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ބޮޑު ސަސްޕެންޝަނެއް އައީ ޕަރޭޑޭސް އަށް

ބީނޯޒް އެރީޒް، އާޖެންޓީނާ (އޮގަސްޓް 28) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އާޖެންޓީނާ ކުޅުންތެރިން މާރާމާރީތަކެއްގައި ބައިވެރިވެފައިވާތީވެ، އެ ކުޅުންތެެރިންނަށް ފީފާ އިން ދިން އަދަބަށް ލުޔެއް ހޯދަން އާޖެންޓީނާގެ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ހުށަހެޅުމުން އެ ގޮތަށް ކުރިއަށްދިއުމަށް ފުރުސަތު ދޭން ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފި އެވެ. 

ފެރާން ޓޮރޭޒްގެ ގޯލުން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދި ފައިނަލް މެޗުގެ ވަގުތު ހަމަވެގެން ސްޕެއިން ކުޅުންތެރިން ދަނޑަށް ދުވެފައި އެރި ވަގުތު ހަމަނުޖެހުންތަކެއް ހިނގި އެވެ. އެ ގޮތުން، ސްޕެއިންގެ އެރިކް ގާސިއާ އާއި ގަވީ އަށް އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް، ހަމަލާ ދިން މަންޒަރު ޓިވީ އަށް އެރިއިރު، އާޖެންޓީނާގެ ނަހުއެލް މޮލީނާ ވަނީ ސްޕެއިނުގެ ރޮޑްރީގޯ (ރޮޑްރީ) ގައިގައި ޖަހައިފަ އެވެ. އަދި، އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު، ރޮބާޓޯ އަޔާލާ ދަނޑަށް އަރައި، ސްޕެއިންގެ ޑެނީ އޮލްމޯ އަށް ހަމަލާ ދިން މަންޒަރުގެ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.

މާރާމާރީ މައްސަލައިގައި ޕަރޭޑޭސް 10 މެޗަށް ސަސްޕެންޑް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

ފީފާ ވޯލްޑް ކަޕް ފައިނަލަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން 321,000 ޑޮލަރުން ޖޫރިމަނާކޮށް، އެ ގައުމުގެ ލެއަންޑްރޯ ޕަރޭޑޭސް 10 މެޗަށް ސަސްޕެންޑްކޮށްފި. އާޖެންޓީނާ އިން ވަނީ މި އަދަބާ ދެކޮޅަށް އެޕީލްކުރަން ނިންމައިފައި. އެޕީލް ނާކާމިޔާބުވެއްޖެނަމަ ކޯޓަށް ދާން ވެސް ތައްޔާރަށް ހުރި ކަމަށް ބުނެފައިވޭ.

މި ހަމަނުޖެހުންތަކާ ގުޅިގެން، އާޖެންޓީނާގެ ކުޅުންތެރިންނަށް އައި އަދަބުތަކަށް ބަލާއިރު، ޕަރޭޑޭސް، 10 މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 90،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. މޮލީނާ، ހަތް މެޗަށް ސަސްޕެންޑްވިއިރު، އޭނާ ވެސް 90،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ. ތިއާގޯ އަލްމާޑާ، އެއް މެޗަށް ސަސްޕެންޑްވިއިރު، ދައްކަން ޖެހެނީ، 30،000 ޑޮލަރެވެ. އާޖެންޓީނާގެ ކޯޗިން ސްޓާފް، އަޔާލާ ތިން މެޗަށް ސަސްޕެންޑްވިއިރު، 30،000 ޑޮލަރު ދައްކަން ޖެހެ އެވެ. މި ހަމަނުޖެހުމުގެ ތެރެއަށް ވަން، ސްޕެއިންގެ މިޑްފީލްޑަރު، ގަވީ އަށް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް އަތުވެފަ އެވެ. 

Advertisement

އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ފީފާގައި އެދުނީ، ކުޅުންތެރިންނަށް ދީފައިވާ ސަސްޕެންޝަން ގުނާއިރު، ހަމައެކަނި މުބާރާތްތަކުގެ މެޗުތައް އޮތްއޮތުމުގެ ބަދަލުގައި، ފީފާގަައި ރަޖިސްޓްރީކޮށްގެން ކުޅޭ އެއް ވަނަ ގިންތީގެ އެކުވެރިކަމުގެ މެޗުތައް ވެސް މީގައި ހިމެނުމަށެެވެ. ޑިސިޕްލިނަރީ ކޯޑުން އެ ފުރުސަތު ދެވޭގޮތަށް އޮތުމާ އެކު، އެ ލުއި އާޖެންޓީނާ ކުޅުންތެރިންނަށް ދޭން ވަނީ ނިންމައިފަ އެވެ. 

މި މައްސަލައިގައި އާޖެންޓީނާގެ އެފްއޭ، 321،000 ޑޮލަރުން ޖޫރިމަނާކުރިއިރު، އޭގެއިން 100،000 ޑޮލަރު އިންވެސްޓްކުރާނީ ނަސްލީ ތަފާތުކުރުން ނަައްތާލުުމަށް ކުރެވޭ މަސައްކަތްތަކުގަ އެވެ. އަދި، އިތުރު 100،000 ޑޮލަރު މި ފަހަރުގެ ޖޫރިމަނާ ތެރޭގައި ދައްކަން ނުޖެހޭނެ އެވެ. އެއީ، މި ފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އަންނާނެ އަދަބަކަށް ވަނީ ކަނޑައަޅައިފަ އެވެ. މި ޖޫރިމަނާތަކުގެ އިތުރުން، ފީފާ އިން ވަނީ، އާޖެންޓީނާ އިން ދެން ކުޅޭ ފީފާ ރަޖިސްޓާޑް ހޯމް ދެ މެޗުގައި، ސަޕޯޓަރުންނަށް ދަނޑަށް ވެއްދޭނީ 50 ޕަސެންޓް ޖާގަ އަށް ކަމަށް ކަނޑައަޅައިފަ އެވެ. 

އާޖެންޓިނާ އެފްއޭ އިން ވަނީ، ފީފާ އިން މި ފިޔަވަޅުތައް އެޅުމުގައި ބަލާފައިވާ ކަންކަމާއި ގަވާއިދުތައް ހިމެނޭހެން ލިޔުމުން ރިޕޯޓެއް ދޭން އެދިފަ އެވެ. އެއީ، މި މައްސަލައިގައި ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދާން ވެސް އާޖެންޓީނާ އިން ތައްޔާރަށް އޮތުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox