މެސީ އާއި އާޖެންޓީނާގެ ކެރަލާ ދަތުރާ ގުޅޭ 13 މިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގު ކުރަނީ

Sep 6, 2026, 10:16 AM
ލިއޮނަލް މެސީ: މި ފަަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން.

ލިއޮނަލް މެސީ: މި ފަަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން.

ޓްރިވެންޑްރަމް، އިންޑިއާ (ސެޕްޓެމްބަރު 6) - މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ލިއޮނަލް މެސީ ހިމެނޭ ގޮތަށް އާޖެންޓީނާގެ ގައުމީ ޓީމުން ކެރަލާގައި ކުޅެން ހަމަޖެއްސި މެޗާ ގުޅޭ 13 މިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއް ކެރަލާ ސަރުކާރުން އަންގައިގެން ހާއްސަ ތަހުގީގު ޓީމަކުން ބަލަން ފަށައިފި އެވެ. 

އެތައް މަހެއް ވަންދެން މަޝްވަރާތައް ކުރުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު، އޮސްޓްރޭލިއާ އާއި އާޖެންޓީނާ އިން ކެރަލާގެ ނެހްރޫ ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެންދިޔަ އެެވެ. އަދި، މި މެޗު ހަމަޖައްސަން އާޖެންޓިނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އަށް ފައިސާ ވެސް ދިން ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކުރެވިފަ އެވެ. 

މެސީގެ އާޖެންޓީނާ އިން މެޗެއް ކުޅެން އިންޑިއާގެ ކެރަލާ އަށް

އަންނަ އަހަރު އާޖެންޓީނާ އިން ލިއޮނަލް މެސީ ހިމެނޭ ގޮތަށް އިންޑިއާގެ ކެރަަލާގައި މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ކެރަލާގެ ސްޓޭޓް ސްޕޯޓްސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައި.

މައްސަލަ ގޯސްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މެސީ އިންޑިއާ އަށް ކުރި ދަތުރުގައި ކެރަލާގައި އެއްވެސް އިވެންޓެއް ނުހިމެނުނު ހިސާބުންނެވެ. ގޯޓްޓުއާގެ ނަމުގައި މެސީ އިންޑިއާގެ ގިނަ ސިޓީތަކެއްގައި ކުރިއަށްގެންދިޔަ ޓުއާ އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނެވެ. އަދި، ކެރަލާގައި ކުޅެން ހަމަޖެއްސި މެސީ ހިމެނޭހެން އާޖެންޓީނާ އިން ކުޅޭ މެޗުގެ ވާހަކަތަކާ ގުޅޭ ހިޔާނާތުގެ ކަންކަން ފެންމަތިވާން ފެށި އެވެ. 

ރިޕޯޓާ ބްރޯޑްކާސްޓިން ކޯޕަރޭޝަން (އާރްބީސީ)އާ ގުޅިގެން ކެރަލާ ސަރުކާރުން އާޖެންޓީނާގެ މެޗުގެ ކަންކަން ކުރިއަށްގެންދިޔަ ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރެވިފައިވީ ނަމަވެސް، އާރްބީސީ އާއި ކެރަލާ ސަރުކާރު އަދި އާޖެންޓީނާ އެފްއޭއާ މެދުގައި މި ކަންކަމަށް އެއްބަސްވުމެއް ހެދިފައިވާކަން ފެންނަން ނެތެވެ. އަދި، އާރްބީސީން އާޖެންޓީނާ އެފްއޭ އަށް އެމެރިކާ ކުންފުންޏެއް މެދުވެރިކޮށް، 13 މިލިއަން ޑޮލަރު ދެއްކި ކަމަށް ބުނި ނަމަވެސް އޭގެއިން އެއްވެސް ލިޔެކިއުމެއް އަދި ބޭންކް ރެކޯޑެއް ވެސް ފެންނަން ނެތެވެ. މީގެ އިތުރުން، މި އިވެންޓާ ގުޅޭ އެކި ފައިސާގެ މުއާމަލާތްތަކަށް ދައްކަން ޖެހޭ، ދެ މިލިއަން ޑޮލުރު (23 ކްރޯޑް ރުޕީސް)ގެ ޖީއެސްޓީ ވެސް ވެސް ނުދައްކާ ކަމަށް ތަހުގީގަށް އެނގިފައިވެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު، ކެރަލާގެ ޗީފް މިނިސްޓަރު، ޝްރީ ވީ ޑީ ސަތީޝަން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔުއްވާފައިވާ ގޮތުގައި، ހާއްސަ އިންވެސްޓިގޭޝަން ޓީމަކާއި ފުލުހުން ގުޅިގެން މި ތަހުގީގުގައި ގިނަ ހޯދުންތަކެއް ހޯދަމުން އަންނަ ކަމަށާއި އާންމުންނާއި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން މި ފަދަ ހިޔާނާތުގެ ކަންކަން ކުރާ ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ. 

މެސީ ވަނީ 2011 ވަަނަ އަހަރު އިންޑިއާގައި މެޗެއް ކުޅެފަ އެވެ. އެއީ، ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި އެކުވެރިކަމުގެ މެޗުގަ އެވެ.

ޓުއާގެ އަގަކީ 100 މިލިއަން ޑޮލަރު: މެސީ އަށް 18 މިލިއަން ޑޮލަރު!

ފާއިތުވި ތިން ދުވަހު، އިންޑިއާގެ ހަތަރު ސިޓީ އަކަށް އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ގެންގޮސްގެން ކުރިއަށްގެންދިޔަ، "ގޯޓް ޓު އިންޑިއާ ޓުއާ"ގެ އަގަކީ 100 މިލިއަން ޑޮލަރު ކަމަށާއި މެސީ އަށް އެކަނި 18 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނޭ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އިންޑިއާގެ ހަތަރު ސިޓީ އަކަށް އާޖެންޓީނާގެ ތަރި، މެސީ ގެންގޮސްގެން ކުރިއަށްގެންދިޔަ، "ގޯޓް ޓު އިންޑިއާ ޓުއާ"ގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި މެސީ އަށް އެކަނި 18 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ. 

މި ފަހަރުގެ ދަތުރުގައި މެސީ އެންމެ ފުރަތަމަ ދިޔައީ ކަލްކަތާ އާއި ހައިދަރުއާބާދަށެވެ. އަދި، އެ އަށް ފަހު، މުމްބާއި އަށް ދިއުމަށް ފަހު، ޓުއާ ނިންމާލީ އިންޑިއާގެ ވެރިރަށް ދިއްލީންނެވެ.

ކެރަލާ ސަރުކާރުން އާޖެންޓީނާ ގެންނަން ހަމަޖެއްސި މެޗުގެ ކަންކަމާއި މެސީގެ "ގޯޓްޓުއާ" ދަތުރުގެ ކަންކަމަކީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފްގެ ބައިވެރިވުމެއް އޮތް އިވެންޓްތަކެއް ނޫނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox