މެސީގެ ރިޓަޔަމަންޓަށް ހާއްސަކުރަން 10 ވަނަ މިނިޓްގައި ގަނޑިހުއްޓަނީ

Sep 3, 2026, 2:56 PM
މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ މެޗެއްގެ ތެރެއިން މެސީ.

މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ މެޗެއްގެ ތެރެއިން މެސީ.

ބީނޯޒް އެރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 3) - އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމާ އެކު، އޭނާ އަށް އަގުވަޒަންކުރުމުގެ ގޮތުން އާޖެންޓީނާ ލީގުގެ މެޗުތަކުގެ 10 ވަނަ މިނިޓްގައި ގަނޑިހުއްޓާ ގޮތަށް އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) ނިންމައިފި އެވެ. 

އުމުރުން 39 އަަހަރުގެ މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކުރިކަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އިއުލާނުކޮށްފަ އެވެ. މެސީ، ގައުމީ ޓީމަށް ކުޅުނު ފަހު މެޗަކީ، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ މެސީގެ ކެޕްޓަންކަމުގަ އެވެ. 

މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފި. ފުޓްބޯޅައިގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މެސީގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ތިން ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅެ އެއް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި،

އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މި ހަފްތާގައި ކުޅޭ އާޖެންޓީނާ ލީގުގެ ކޮންމެ މެޗެއްގެ 10 ވަނަ މިނިޓްގައި، އެއް މިނިޓަށް މެޗުގެ ކުޅުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި، އެ ވަގުތު ހާއްސަކުރަނީ މެސީގެ އަގުވަޒަންކުރުމަށްޓަކައި ކަމަށާއި އެކަމުގައި، ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި މެޗު އޮފިޝަލުން ވެސް ބައިވެރިވާން އެދޭ ކަަމަށެވެ. 

Advertisement

"އުންމީދަކީ މި ކަމުގައި އެންމެން ބައިވެރިވެ، ތަރުހީބު ބޮޑު އިސްނެގުމަކަށް ހެދުން،" އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކު ބުންޏެވެ. 

މެސީ ބުނީ، ގައުމީ ޓީމަށް 20 ވަރަކަށް އަހަރު ކުޅެދިނުމަށް ފަހު، ދެން އިތުރަށް ގައުމު ތަމްސީލް ނުކުރުމަށް ނިންމި ނިންމުމަކީ ހަގީގަތުގައި ކެރިއަރުގައި އުނދަގޫ ނިންމުމެއް ކަމަށެވެ. މި މަހު ކުރީކޮޅުގައި މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވުމާ އެކު، މެސީ ވަނީ ފުޓްބޯޅަ ކެރިއަރު އަވަހަށް ނިންމާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ހާމަކޮށްފަ އެވެ. 

އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ބުނީ، އޭނާ ގައުމީ ޓީމުން ރިޓަޔާކުރި މެސެޖު ލިޔެފައިވަނީ، ޖުލައި 21 ވަނަ ދުވަހު ކަމަށެވެ. އެއީ، ސްޕެއިން އަތުން ވޯލްޑް ކަޕް ފައިނަލުގައި ބަލިވިތާ ދެ ދުވަސް ފަހުންނެވެ. 

ތަފާތު ހަ ވޯލްޑް ކަޕެއްގައި އާޖެންޓީނާ ތަމްސީލްކޮށް، ތިން ފައިނަލުގައި ކުޅުނު، މެސީ ވަނީ މީގެ ކުރިން ވެސް ކުއްލި ގޮތަކަށް ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެއީ، ޖެހިޖެހިގެން ތިން ފައިނަލުން (ވޯލްޑް ކަޕާއި ދެ ކޮޕަ އެމެރިކާ ފައިނަލުން) އާޖެންޓީނާއާ އެކު ބަލިވުމުން، މެސީ ވަނީ 2016 ވަނަ އަހަރު ރިޓަޔާކޮށްފަ އެވެ. އެކަމަކު، އެ ނިންމުން ބަދަލުކޮށް، ގައުމީ ޓީމަށް އެނބުރި އަންނަން ނިންމީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމަށެެވެ. 

މެސީ ވަނީ އާޖެންޓީނާ އަށް ޖުމްލަ އެކު، 207 މެޗު ކުޅެދީ، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ޖުމްލަ އެކު، 125 ގޯލު ޖަހައިފަ އެވެ. 

ގައުމީ ޓީމާ އެކު މެސީގެ ކާމިޔާބީތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިތުރުން، 2021 އާއި 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ޓްރޮފީ ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox