ވަދާއީ މެޗެއް ކުޅެން މެސީ އާޖެންޓީނާގެ ސްކޮޑުގައި ހިމަނައިފި

Sep 16, 2026, 9:14 AM
މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ މެޗެއްގެ ތެރެއިން މެސީ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ މެޗެއްގެ ތެރެއިން މެސީ.

ބީނޯޒް އެރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 16) - ގައުމީ ޓިމުން ރިޓަޔާކުރިކަން އިއުލާނުކޮށްފައިވާ ލިއޮނަލް މެސީ، އާޖެންޓީނާ ގައުމީ ޓީމުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ މެޗުތަކުގެ ސްކޮޑުގައި ހިމަނައިފި އެވެ. 

އުމުރުން 39 އަހަރުގެ މެސީ ވަނީ ދާދި ފަހުން ގައުމި ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކޮށްފަ އެވެ. 

އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ކުރިއަށް އޮތް މެޗުތަކުގެ ސްކޮޑަށް މެސީ ލާން ނިންމީ ހާއްސަ މަގުސަދެއްގައި ކަމަށެވެ. 

"އަހަރެމެން މި ގޮތަށް ނިންމީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަހަރެމެންގެ ގައުމީ ޓީމުގެ ރަމްޒު، ކެޕްޓަން، ލިއޮނަލް އަންދްރެސް މެސީ،  އަށް އޭނާ ހައްގުވާ މިންވަރުގެ ފެއާވެލް އެއް ދިނުމަށްޓަކައި، އޮކްޓޫބަރު މަހު ހަ ވަނަ ދުވަހު އޮތް މެޗަކަށް އަމާޒުކޮށް،" އާޖެންޓީނާ އެފްއޭ އިން ބުނެފައިވެ އެެެވެ. 

އޮކްޓޫބަރު މަހު ހަ ވަނަ ދުވަހު އާޖެންޓީނާ އިން ކުޅޭ މެޗު އޮތީ ބެނިންއާ ދެކޮޅަށެވެ. ޖުމްލަ އެކު، 85،000 ސަޕޯޓަރުންނަށް ވަދެވޭ އެސްޓަޑިއޯ މޮނިއުމެންޓަލްގައި ކުޅޭ މި މެޗުގެ ޓިކެޓިން ކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް އާޖެންޓީނާ އެފްއޭ އިން ވަނީ ބުނެފަ އެވެ. 

މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.  މެސީ ބުނީ، ގައުމީ ޓީމަށް 20 ވަރަކަށް އަހަރު ކުޅެދިނުމަށް ފަހު، ދެން އިތުރަށް ގައުމު ތަމްސީލް ނުކުރުމަށް ނިންމި ނިންމުމަކީ ހަގީގަތުގައި ކެރިއަރުގައި އުނދަގޫ ނިންމުމެއް ކަމަށެވެ. 

މި މަހު ކުރީކޮޅުގައި މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވުމާ އެކު، މެސީ ވަނީ ފުޓްބޯޅަ ކެރިއަރު އަވަހަށް ނިންމާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ހާމަކޮށްފަ އެވެ. 

އާޖެންޓީނާއާ އެކު، ތިން ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅެ މެސީ ވަނީ އެއް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެެވެ. އެ ގޮތުން، އެންމެ ފުރަތަމަ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން ބަލިވިއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވީ އެވެ. 

އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ބުނީ، އޭނާ ގައުމީ ޓީމުން ރިޓަޔާކުރި މެސެޖު ލިޔެފައިވަނީ، ޖުލައި 21 ވަނަ ދުވަހު ކަމަށެވެ. އެއީ، ސްޕެއިން އަތުން ވޯލްޑް ކަޕް ފައިނަލުގައި ބަލިވިތާ ދެ ދުވަސް ފަހުންނެވެ. 

ތަފާތު ހަ ވޯލްޑް ކަޕެއްގައި އާޖެންޓީނާ ތަމްސީލްކުރި މެސީ ވަނީ މީގެ ކުރިން ވެސް ކުއްލި ގޮތަކަށް ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެއީ، ޖެހިޖެހިގެން ތިން ފައިނަލުން (ވޯލްޑް ކަޕާއި ދެ ކޮޕަ އެމެރިކާ ފައިނަލުން) އާޖެންޓީނާއާ އެކު ބަލިވުމުން، މެސީ ވަނީ 2016 ވަނަ އަހަރު ރިޓަޔާކޮށްފަ އެވެ. އެކަމަކު، އެ ނިންމުން ބަދަލުކޮށް، ގައުމީ ޓީމަށް އެނބުރި އަންނަން ނިންމީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމަށެެވެ. 

އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދި، މެސީ ވަނީ އާޖެންޓީނާ އަށް ޖުމްލަ އެކު، 207 މެޗު ކުޅެދީ، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ޖުމްލަ އެކު، 125 ގޯލު ޖަހައިފަ އެވެ. 

ގައުމީ ޓީމާ އެކު މެސީގެ ކާމިޔާބީތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިތުރުން، 2021 އާއި 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ޓްރޮފީ ހިމެނެ އެވެ. 

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމާ އެކު، މެސީގެ އަގުވަޒަންކުރުމުގެ ގޮތުން އާޖެންޓީނާ ލީގުގެ  އެއް ހަފްތާގެ މެޗުތަކުގެ 10 ވަނަ މިނިޓްގައި ގަނޑިހުއްޓަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) ކަނޑައެޅި އެވެ. އެކަމަށް ހުރިހާ ޓީމެއްގެ ތަރުހީބު ލިބިގެންދިޔަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox