މެސީގެ ހަތަރު ގޯލާ އެކު މޮޅުވެ މިއާމީ ފޯމަކަށް

Aug 30, 2026, 1:22 PM
ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) - ލިއޮނަލް މެސީގެ ހަތަރު ގޯލާ އެކު، 7-1 އިން މޮންޓްރެއަލް ސީއެފް އަތުން މޮޅުވެ، އިންޓަ މިއާމީން ފޯމަކަށް އެެޅުމުގެ މަސައްކަތް ވަރުގަދަކޮށްފި އެވެ. 

ރޭގެ މެޗަށް ނުކުތްއިރު، މިއާމީން އެންމެ ފަހުން، ހުރިހާ މުބާރާތަކަށް ބަލާއިރު ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު މެސީ، 39، ޓީމާ ގުޅުނު ފަހުން ކުޅުނު މެޗުތަކެވެ. 

މިއާމީން ލީޑުނެގީ މި މެޗުގެ 20 ވަނަ މިނިޓްގައި ސެގޯވިއޯ ދިން ބޯޅައަކުން ކަސެމީރޯ ޖެހި ގޯލުންނެވެ. އެކަމަކު، މެޗުގެ 37 ވަނަ މިނިޓްގައި ފަބިއަން ހާބާސް ވަނީ ގޯލު ޖަހައި މޮންޓްރެއަލް އަށް އެއްވަރުކޮށްދީފަ އެވެ. މިއާމީ އަށް ދެ ވަނަ ފަހަރަށް މެޗުގައި ލީޑުނަގައިިދިނީ މެސީ އެވެ. އެއީ، 40 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ މެސީ ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. 

Advertisement

މެސީ ދިން ބޯޅައަކުން މެޗުގެ 80 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ވަނީ މިއާމީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، މެސީ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއާމީން ހަ ވަނަ ލަނޑު ޖެހީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އަލެކްސަންޑަ ޝޯ އެވެ. 

އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި މެސީ ވަނީ މިއާމީގެ ހަތް ވަނަ ލަނޑު، އަދި އޭނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މި ފަަހަރުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި މެސީ މި ސީޒަނުގައި ޖެހި 18 ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ ކުރީގައި މެސީ އޮތްއިރު، ދެ ވަަނައިގައި އޮތީ އެފްސީ ޑަލަސް އަށް ކުޅޭ ކްރޮއޭޝިއާގެ ފޯވާޑް، ޕީޓާ މޫސާ އެވެ. މޫސާ ވަނީ 16 ގޯލު ޖަހައިފަ އެވެ. އެސިސްޓް ތާވަލަށް ބަލާއިރު، މެސީ އޮތީ 10 އެސިސްޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ތިން ކުޅުންތެރިން ކޮށްފައިވަނީ 11 އެސިސްޓް އެވެ. 

އެމްއެސްއެލް އީސްޓާން ކޮންފަރެންސްގެ ތާވަލަށް ބަލާއިރު، މިއާމީ އޮތީ ދެ ވަނައިގަ އެވެ. އެއީ، އެއް ވަނައިގައި އޮތް ނޭޝްވިލް އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ. ނޭޝްވިލް އަށް 22 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، މިއާމީގެ އޮތީ 22 މެޗުން 42 ޕޮއިންޓް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox