ފީފާ އިން ރާއްޖެ ކަހަލަ ކުޑަ ގައުމުުތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ: ތޯރިގު

އިންފަންޓީނޯ (ކ) ރާއްޖެ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން.--- ފޮޓޯ: ފީފާ

އިންފަންޓީނޯ (ކ) ރާއްޖެ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން.--- ފޮޓޯ: ފީފާ

ފީފާގައި މިހާރު އޮތް ލީޑަޝިޕުން ރާއްޖެ ކަހަލަ ކުޑަ ގައުމުތަކަށް ހާއްސަ އަހައްމިިއްޔަތުކަމެއް ދޭ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަހުަމަދު ތޯރިގު (ޓޮމް) ވަނީ ވިދާޅުވެފަ އެވެ. 

މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، އެފްއޭއެމްގެ ހިންގުމާ ހަވާލުވި ލީޑަޝިޕުން އަންނަނީ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ، އެ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެ އަށް ވަޑައިގެންފަ އެވެ. މިއީ، ރާއްޖެ އަށް 19 އަހަރު ތެރޭ ފީފާގެ ރައީސަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

އިންފަންޓީނޯގެ އެ ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅަ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭ ގޮތަށް ހަމަޖެއްސި އެވެ. 

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ފީފާ އާސިއާން ކަޕްގެ ތެރެއިން، މީޑިއާ އަށް ތޯރިގު، ދެއްވި އިންޓަވިއުއެއް، "އަދަދު ސްޕޯޓްސް" އަށް ފީފާ މީޑިއާ އިން ވަނީ ހިއްސާކޮށްފަ އެވެ. އެ އިންޓަވިއުގައި ތޯރިގު ވަނީ ފީފާ ގަވަރްނަންސްގެ ކަންކަމުގެ ތެރެއިން ރާއްޖެ ކަހަލަ ކުޑަ ގައުމުތަކަށާއި ބޮޑެތި ގައުމުތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް މިހާރު ލިބޭ ކަމަށް ވިދާޅުވެފަ އެވެ. 

"އަހަރެމެން ބޭނުންވަނީ އަހަރެމެންގެ އަޑު ކޮންގްރެސްގައި އިއްވައި، އަންނަ ބަދަލުތަކުގެ ތެރެއިން ވެސް އެކަން ކުރިއަށްގެންދިއުމަށް،" ތޯރިގު ވިދާޅުވި އެވެ. 

"މިހާރު، ފީފާގެ ރައީސް އިންފަންޓީނޯ ފުރުސަތު ދެމުން އަންނަނީ، މެއިލްތަކަށް ރިޕްލައި ކުރުމާއި ގަވަރްނަންސްގެ އޮނިގަނޑާ ގުޅޭ ކަންކަން ވެސް މައުލޫމާތު ލިބޭ. އަހަރެމެން ދެކޭ ގޮތުގައި މިއީ، އަހަރެމެން ކަަހަލަ ކުޑަ ގައުމަކަށް ހުރި ގޮންޖެހުންތައް ހިއްސާކުރުމަށް ލިބޭ ބޮޑު ފުރުސަތެއް،" 

ފީފާގެ އެކި އިވެންޓްތަކުގައި، މިހާރު އެންމެ ބޮޑަށް ސުވާލުކުރެވެމުން އަންނަނީ، ހަތަރު ވަނަ ދައުރަކަށް ފީފާ ރައީސްގެ މަގާމަށް ކުރިމަތިލައްވާާފައިވާ އިންފަންޓީނޯގެ ލީޑަޝިޕާ ގުޅޭގޮތުންނެވެ. އެ ސުވާލު ތޯރިގަށް ވެސް އަމާޒުވިއިރު، އޭނާ ވިދާޅުވީ، މިދިޔަ 10 އަހަރު ތެރޭ ފީފާ ހިންގުމުގައި އިންފަންޓީނޯގެ ލީޑަޝިޕުން ގިނަ އިންވެސްޓްމަންޓްތަކެއް ފުޓްބޯޅައަށް ގެނެސްފައިވާ ކަމަށެވެ. 

"ކުޑަ ގައުމެއް ވެސް ބޮޑު ގައުމެއް ވިޔަސް ފީފާ އިން ދިޔައީ މުޅި ދުނިޔޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދީފައި، އެހެންވީމަ، އަހަރެން ދެކޭގޮތުގައި، ފީފާގެ ރައީސް ރާއްޖެ ކަހަލަ ކުޑަ ގައުމުތަކަށް އެހީވަމުން އަންނަނީ ފުޓްބޯޅަ ކުރިއަރުވަން،" ތޯރިގު ވިދާޅުވި އެވެ. 

"އެެހެންވީމަ، އަހަރެން ދެކެނީ ރާއްޖެ ކަހަލަ ގައުމަކަށް އެ ކަހަލަަ ފަރާތެއް (އިންފަންޓީނޯ) ފީފާގެ ލީޑަޝިޕްގައި ހުރުމަކީ ފުރުސަތުތަކެއް އޮތް ކަމެއް،" 

ފީފާގެ ރައީސަކަށް 2016 ވަނަ އަހަރު އެންމެ ފުރަތަމަ އިންތިހާބުވި އިންފަންޓީނޯގެ  ލީޑަޝިޕްގައި މިދިޔަ 10 އަހަރު ފެނުނީ ވަރަށް ގިނަ ބަދަލުތަކެއް ވެސް އެކި ކަންކަމަށް އައި މުއްދަތެއްގެ ގޮތުގަ އެެވެ. ތޯރިގު ވިދާޅުވީ، ރާއްޖެ އަށް ލިބުނު ފައިދާވެސް އެބައޮތް ކަމަށެެވެ. 

"އަހަރެމެންގެ ފުޓްބޯޅައިގެ ސިސްޓަމް މުޅި ރާއްޖޭގައި ހުރިހާ ރަށެއް ވެސް ހިމެނޭހެން ބަދަލުކުރަން ފުރުސަތު އެބަ ލިބޭ،" ތޯރިގު ވިދާޅުވި އެވެ. 

ފީފާގެ ރައީސް، އިންފަންޓީނޯ މަގާމު ދުރުކުރަން އެންމެ ބޮޑަށް މަސައްކަތްކުރަނީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އާއި އުތުރު/ސެންޓްރަލް/ކެރީބިއަން އައިލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންކަކަފް އިންނެވެ. ޔުއެފާ އާއި ކޮންކަކަޕް އިން އިންފަންޓީނޯއާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ފެށީ، ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލާ ޑީލް، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ސަބަބުންނެވެ. އެފްއެފްއީ އަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކާ އެކު ފީފާ އިން ކުރިއަށްގެންދަން އުޅުނު ޑީލެކެވެ. ފަހުން ޕްރެޝަރުތަކާ އެކު އެ ޑީލް ވަނީ ނިމުމަކަށް އަތުވެފަ އެވެ. އެ ޑީލްގެ ލިޔެކިޔުންތައް ހޯދަން، ޔުއެފާ އިން ވަނީ އެމެރިކާގެ ކޯޓަކަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox