އެފްއޭއެމް ރީޖަނަލް އޮފީސް ގަން، މަހިބަދޫ، މާލެ އަދި ދިއްދޫގައި; އޭދަފުށީގައި ޑިވެލޮޕްމަންޓް އޮފީހެއް

Sep 1, 2026, 12:33 PM
މަހިބަދޫ ދަނޑު، "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކޮށް ހުޅުވުމަށް ކުޅެވުނު މެޗުގެ ތެރެއިން: އެފްއޭއެމްގެ ރީޖަނަލް އޮފީހެއް މަހިބަދޫގައި ގާއިމްކުރާނެ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މަހިބަދޫ ދަނޑު، "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކޮށް ހުޅުވުމަށް ކުޅެވުނު މެޗުގެ ތެރެއިން: އެފްއޭއެމްގެ ރީޖަނަލް އޮފީހެއް މަހިބަދޫގައި ގާއިމްކުރާނެ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން  ފެޑެރޭޝަނަކަށް ވުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، ހަތަރު ސަރަހައްދެއްގައި ފަށާ ރީޖަނަލް އޮފީސްތައް ގާއިމްކުރާނެ ރަށްތައް ކަނޑައަޅައިފި އެވެ. 

އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޭ ބޭއްވުނު އެފްއޭއެމްގެ 16 ވަނަ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސްތައް ގާއިމްކުރާ ރަށްތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ގޮތުން، ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް ހއ. ދިއްދޫގައި، ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް އދ. މަހިބަދޫގައި، މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް މާލޭގައި އަދި ސައުތު ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް ލ. ގަމުގައި ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. 

މީގެ އިތުރުން، އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ފަށާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. 

މި ސަރުކާރުން އިސްލާހު ކުރި، ކުޅިވަރު ގާނޫނުން ވެސް ފުރުސަތު ފަހިވެފައިވާ ގޮތަށް ކުޅިވަރު އެސޯސިއޭޝަންތައް ފެޑެރޭޝަނަކަށް ވުމަށް ލިބިފައިވާ ބާރުގެ ތެރެއިން، އެފްއޭއެމް ވެސް ފެޑެރޭޝަނަކަށްވުމަށްޓަކައި މަސައްކަތް އޮތީ ދުރާލައި ފަށައިފަ އެވެ. އެ ގޮތުން، އެފްއޭއެމް އިން އެންމެ ފުރަތަމަ ވެސް ނިންމީ ސަރަހައްދީ ހަތަރު އެސޯސިއޭޝަނެއް އުފެއްދުމަށެވެ. އެ ނިންމުން، އެފްއޭއެމް ކޮންގްރެސް އިން ވެސް ފާސްކުރި އެވެ. 

އެފްއޭއެމް އިން ސަރަހައްދީ/ ރީޖަނަލް އެސޯސިއޭޝަންތައް ހެދުމުގައި ބަލާފައިވަނީ، މިހާރު ވެސް ފުޓްބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށެވެ. އއީ، ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި)، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)، ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ، އައްޑޫ) އަދި، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން (މާލެ، ވިލިމާލެ، ހުޅުމާލެ) އެވެ. 

ރީޖަނަލް އެސޯސިއޭޝަންތައް އުފެދިގެން ދިއުމާ އެކު، މުޅި ރާއްޖެ އަށް ފުޓްބޯޅައިގެ މުހިންމު ކަންކަމުގައި ބަސްބުނުމުގެ ފުރުސަތާއި ވޯޓު ލުމުގެ ހައްގު ލިބިގެންދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox