ފީފާ އިން ބަައްސާމް މުޅި އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

Sep 11, 2026, 9:17 PM
އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އަދަދު

އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްކުރަން ފީފާ އިން ނިންމައިފި އެވެ. 

ފީފާ އިން މިއަދު ނެރުނު މީޑިއާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ދިން ލޯނެއް އަމިއްލަ މަންފާ އަށް ބޭނުންކޮށްފައިވާ ކަން ފީފާގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.  

މީގެ އިތުރުން، ފީފާ އިން ވަނީ، އެފްއޭއެމްގެ ކުރީގެ ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރަކަށް މަސައްކަތްކުރި މުހައްމަދު އަގީލް 10 އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އަދި، އަގީލް، ޖޫރިމަނާކޮށްފައިވަނީ، 122,000 ޑޮލަރުންނެވެ. މިދިޔަ މާޗް މަހު، ތައިލެންޑުގައި ހުއްޓައި، އަގީލް ރާއްޖެ ގެނެސް ވަނީ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފަ އެވެ. 

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ ޖަލަށްލި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް މުއްދަތެއް ނެތްގޮތަށް ގޭބަންދަށް ބަދަލުކުރަން ކޯޓުން ނިންމީ މިދިޔަ މަހު އެވެ. 

ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. މި މައްސަލައިގައި އޭނާ 23 އަހަރަށް ޖަލަށް ލުމަށާއި 44 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

މީގެ ކުރިން، ބައްސާމްގެ މައްޗަށް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ހުކުމެއް ވެސް އޮތީ އިއްވާފަ އެވެ.

މިހާތަނަށް އިއްވާފައިވާ ހުކުމްތަކަށް ބަލާއިރު، ބައްސާމްގެ ޖަލު ހުކުމުގެ ޖުމުލަ 32 އަހަރަށް އަރަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލައިގައިވެސް ބައްސާމް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލައެއް ހުށަހެޅި އެވެ. އޭސީސީން ބުނީ ހިޔާނާތްތެރިވީ ފައިސާގެ ތެރެއިން 29،000 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

މީގެއިތުރުން ވެސް ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. 

ފީފާ އިން އެންމެ ފުރަތަމަ ބައްސާމަށް ދިން އަދަަބަކީ، 2024 ވަނަ އަހަރުގެ ޖޫން މަހު، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް ސަސްޕެންޑްކުރުމަށެވެ. އޭގެ ފަހުން، ފީފާ އިން އައީ ރާއްޖޭގެ ފުލުހުންނާއި ކޯޓުތަކުގައި ބަލަމުން އަންނަ ބައްސާމްގެ މައްސަލަތަކަށް ފާރަވެރިވަމުންނެވެ. އަދި، ބަައްސާމާ ގުޅޭ މައްސަލަތައް ފީފާގެ އެތިކްސް ކޮމިޓީން ވެސް ދިޔައީ ބަލަމުންނެވެ. އަދި، އެ މައްސަލަތަކުގައި، ފީފާ އެތިކްސް ކޮމިޓީން އެންމެ ފަހުން ގޮތް ނިންމައި، މުޅި އުމުރަށް ބައްސާމް ސަސްޕެންޑްކުރީ އެވެ. 

އެފްއޭއެމްގެ ރައީސް ކަމަށް، 2016 ވަނަ އަހަރު، އެންމެ ފުރަތަމަ އިންތިހާބުވުމުގެ ކުރިން ބައްސާމް ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ވެސް މަސައްކަތްކޮށްފަ އެވެ. 

މައްސަަލަ އަކަށް ފަހު މައްސަލައެއް؛ ބައްސާމަށް ފީފާ އިން ދޭނީ ކޮން އަދަބެއް؟

އެފްއޭއެމްގެ ރައީސްގެ މަގާމު ދެ ދައުުރު ހަމަކުރި، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ވަނީ އުފުލައިފައި، އޭނާގެ ލީޑަޝިޕާ ގުޅޭ ކޮރަޕްޝަނާއި އެއްބަސްވުމާ ހިލާފުވެ، ދަރަނި އަދާކުރަން ޖެހިފައިވާ އެތައް މައްސަލައެއްގައި ކޯޓުން ވަނީ ހުކުމްކޮށްފައި

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox