ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

Oct 5, 2026, 12:54 PM
އެފްއޭއެމް އިން މިދިޔަ މާޗް މަހު ބޭއްވި ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް އިން މިދިޔަ މާޗް މަހު ބޭއްވި ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރިފަރާތް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އެކި މަސައްކަތްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަކަށް ދެކުނު އޭޝިއާ ސަހަރަަައްދުގެ ފުޓްބޯޅަ ޖަމިއްޔާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ މުހިންމު ކޮމިޓީތަކަކުން ފުރުސަތު ލިބިވަޑައިގެންފި އެވެ. 

އެ ގޮތުން، އެފްއޭއެމްގެ ނައިބު ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި)އާއި އެކްސްކޯ މެމްބަރު ހައްވާ ރަޝީދާ އަދި އެފްއޭއެމްގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ޗެއާޕާސަން އަދި ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން ވަނީ ސާފްގެ އެކި ކޮމިޓީތަކަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސީނިއާ ވައިސް ޗެއާމަންގެ މަގާމުވެސް އަދާކުރަމުންދާ ކައްޕި އިންތިހާބުވީ ވަނީ ސާފްގެ މުބާރާތްތަކާ ބެހޭ ކޮމިޓީ، ސާފް ކޮމްޕެޓިޝަން ކޮމިޓީގެ މެމްބަރު ކަމަށެވެ. މީގެ ކުރިން ވެސް ރާއްޖޭގެ އެކި ފަރާތްތަކަކުން މި ކޮމިޓީގެ މަގާމު ވަނީ ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި، ކްލަބް އީގަލްސްގެ އިސް ހިންގުންތެރިޔާ، އަދި އެފްއޭއެމްގެ ލީޑަޝިޕުން ކުރިން ހަރަކާތްތެރިވި މުފާވިޒް ހާޝިމް (މުފާ) ހިމެނެ އެވެ. 

ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު އަޒްމީން، ސާފްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ މެމްބަރަކަށް އިންތިހާބުވެވަޑައިގެންފައިވާއިރު، އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ހިމެނޭ ހައްވާ ރަޝީދާ، ސާފް ވިމަންސް އެޑް ހޮކް ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާނެ އެވެ. 

ސަރަހައްދީ ފުޓްބޯޅަ ހިންގާ ޖަމިއްޔާގައި ރާއްޖޭގެ ބައިވެރިވުން ކުރިއަށް އޮތް ދައުރުގައި ބޮޑުކޮށް ފެންނައިރު، މި ވަގުތު ވެސް ރާއްޖޭގެ އެކި ފަރާތްތަކުން ސާފްގެ އެހެން ކޮމިޓީތަކުގައި ވެސް ޒިންމާ އަދާކުރައްވަ އެވެ.

އެ ގޮތުން، ސާފްގެ ހިންގާ ކޮމިޓީ އަށް އެފްއޭއެމްގެ ނައިބު ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އިންތިހާބުވެފައިވާއިރު، ޑިސިޕްލިނަރީ/ އެތިކްސް ކޮމިޓީ އިލެކްޓޯރަލް ކޮމިޓީގައި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގައި މަސައްކަތްކުރެއްވި އިސްމާއިލް ސިމަން ހިމެނިވަޑައިގަންނަވަ އެވެ. އަދި، ސާފްގެ އެޕީލް ކޮމިޓީގައި ރާއްޖޭގެ ތަޖުރިބާކާރު، މެޗު ކޮމިޝަނަރު، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) ހިމެނިވަޑައިގަންނަވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox