ކޯޓުން ބޭރުން ހައްލެއް ހޯދާތީ އެފްއޭއެމްއާ ދެކޮޅަށް އެޗްޑީސިން ހުށަހެޅި މައްސަލަ ނަގައިފި

އެފްއޭއެމްއަށް ހުޅުމާލޭން ދީފައިވާ ބިން: މި ތަނުން ވެސް ހުރީ ތަންތަން ކުއްޔަށް ދީފައި --- ފޮޓޯ: އަދަދު

އެފްއޭއެމްއަށް ހުޅުމާލޭން ދީފައިވާ ބިން: މި ތަނުން ވެސް ހުރީ ތަންތަން ކުއްޔަށް ދީފައި --- ފޮޓޯ: އަދަދު

ތަމްރީނު މަރުކަޒެއް އަޅަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލޭން ދިން ބިމެއް އަތުލަން ވެގެން އެ އެސޯސިއޭޝަނާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުނިން ނަގައިފި އެވެ. 

މި މައްސަލަ ބާތިލުކުރަމުން ކޯޓުން ކުރި ހުކުމުގައި ވަނީ، ދައުވާ އަނބުރާ ގެންދަން އެޗްޑީސީން ބޭނުންވީ، މި މައްސަލަ ހައްލުކުރުން އެފްއޭއެމްއާއެކީ ކޯޓުން ބޭރުގައި މަޝްވަރާތައް ކުރެވެމުން ދިޔުމެވެ. އެ ކުންފުނިން ދައުވާ އަނބުރާ ގެންދިޔައިރު ވަނީ، މަޝްވަރާތައް ކޮޅެއްގައި ނުޖެހިއްޖެ ނަމަ އަލުން މައްސަލަ ހުށަހަޅާނެ ކަމަށް ކޯޓަށް އަންގާފަ އެވެ. 

އެޗްޑީސީން މި ގޮތަށް އެދުމުން ސިވިލް ކޯޓުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް ހުކުމް އިއްވާފަ އެވެ.

Advertisement

މި ބިމަކީ "ފުޓްބޯލް ޓްރެއިނިން އިންސްޓިޓިއުޝަން" ތަރައްގީކުރަން ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ 230،000 އަކަ ފޫޓުގެ ބިމެކެވެ. މި ބިމުގައި އަޅާ ގޮތަށް އޮތީ ފުޓުބޯޅަ ސްކޫލަކާ، ޓާފް ދަނޑެކެވެ. އޭގެ ތެރެއިން ފުޓުބޯޅަ ސްކޫލްގެ ކޮންކްރީޓު މަސައްކަތް ނިންމާފައިވާއިރު، ނުނިމި ބާކީ ހުރި ފިނިޝިން މަސައްކަތްތައް އެކަންޏެވެ.

އެފްއޭއެމް އަށް ހުޅުމާލެއިން ދިން ބިން 15 ފަރާތަކަށް ދޫކޮށްފައިވޭ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެ އިން ދިން ބިން ކުއްޔަށް 15 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައި.

އެޗްޑީސީން 2018 ގައި، އެފްއޭއެމްއަށް މި ބިން ދިނީ 25 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް 2022 ގައި އެއްބަސްވުން ބަދަލުކޮށް، މި ބިމުން ބަޔެއް ކުއްޔަށް ދެވޭ ގޮތަށް ހަދައި ކުލީގެ މުއްދަތު 40 އަހަރަށް އިތުރުކުރި އެވެ. އަދި، ކުއްޔަށް ދޭން ހުއްދަ ދިން ސަރަހައްދުން އަކަފޫޓަކަށް 10ރ. ރޭޓުން ކުލި ނަގަން ވެސް އެއްބަސްވި އެވެ. 

ނަމަވެސް އެފްއޭއެމްއިން މި ކުލި ވެސް ނުދައްކަ އެވެ. އެޗްޑީސީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ބިމަށް ދައްކަން ޖެހޭ ކުައްޔާއި ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އާއީ ބިން ބޭނުންކުރަމުން ނުލިބުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެސް އެދިފަ އެވެ. 

މި ހުރިހާ ކަމެއް ހިނގިއިރު އެފްއޭއެމް ހިންގުމާ ހަވާލުވެހުރީ، އެ އެސޯސިއޭޝަނުގެ ފައިސާތަކަށް ހިޔާނާތްތެރިވުމުގެ ކުށުގައި ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލެވެ.

ބައްސާމަށް ފަހު އެފްއޭއެމް ހިންގުމާ ހަވާލުވީ ނޯމަލައިޒޭޝަން ކޮމިޓީން ބުނި ގޮތުގައި، ޓްރެއިނިން ފެސިލިޓީ އަޅަން ދިން ބިމުން 15 ތަނެއް ކުއްޔަށް ދޫކޮށްފައި ހުއްޓެވެ. ގިނަ ތަންތަން ހުރީ އެސޯސިއޭޝަނަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް އެ ކޮމިޓީން އޭރު ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox