އޮއްޕޮގެ ކުންފުނިން މައްސަލަ ނެގުމުން އެފްއޭއެމް އިން މަރުހަބާ ކިޔައިފި

2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ މެޗެއްގެ ތެރެއިން އޮއްޕޮ.--- ފޮޓޯ: އިމޭޖަސް.އެމްވީ

2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ މެޗެއްގެ ތެރެއިން އޮއްޕޮ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް އިން ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)އާ ދެކޮޅަށް، މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަން ހުސްކުރަން ދެކޮޅު ހަދައި، ދައުވާ ކުރި މައްސަލަ ނަގައި، އެ މައްސަލަ ހައްލުކޮށްފައިވާތީވެ، އެފްއޭއެމް އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ. 

މާފަންނު ސްޓޭޑިއަމްގައި 2017 އިން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށްޓަކައި ސަރުކާރުން އެފްއޭއެމް އަށް ދޫކޮށްފައިވާ ބިމުގައި ގުދަން ހަދައިގެން އެކި ފަރާތްތަކުން އުޅޭ މައްސަލައިގައި އެފްއޭއެމްގެ ފަރާތުން މަސައްކަތް ކުރުމަށްޓަކައި، ތިން މެމްބަރުންގެ ކޮމިޓީއެއްގެ ދަށުން މަސައްކަތް ކުރާ ކަމަށް މީގެ ކުރިން އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އެ ކޮމިޓީގައި ހިމެނެނީ، އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އާއި ދެ އެކްސްކޯ މެމްބަރުން ކަމަށްވާ، އަހުމަދު އައްބާސް (އައްބު) އާއި އަލީ ރިޒްވާން (އައްޔަ) އެވެ. 

މާފަންނު ސްޓޭޑިއަމްގައި ގުދަން ހަދާފައިވާ ފަރާތްތަކުން އެތަންތަން ހުސްކުރުމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ވަނީ މުހުލަތުތަކެއް ދީފަ އެވެ. އެފްއޭއެމްގެ އެ އެންގުންތަކަށް ދެކޮޅު ހަދައި، އޮއްޕޮގެ ކުންފުނި، ފިއުޗާ ހޯމްސް އިން ނިންމީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދިއުމަށެެވެ. މި މައްސަލައިގައި ފިއުޗާ ހޯމްސް އިން އެފްއޭއެމާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުމަށްވެސް އެދުނެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުން ދިނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ ފުރުސަތެެކެވެ. އެ ދިން ފުރުސަތަށް ފަހު، ފިއުޗާ ހޯމްސް އިން ނިންމީ އެ މައްސަލަ ނެގުމަށެވެ.  

އެފްއޭއެމުން ފިއުޗާ ހޯމްސް އަށް 25 އަހަރަށް ކުލިނުދައްކާ ގޮތަށް ބޮޑު ބިމެއް

އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން މާފަންނު ސްޓޭޑިއަމް ސަރަހައްދުން 2700 އަކަފޫޓުގެ ބިމެއް، 25 އަހަރަށް ކުލި ނުދައްކާ ގޮތަށް އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ކުންފުންޏަށް ދީފައިވާކަން ހާމަވެއްޖެ. ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ނެތި އެ ބިމުގައި ގުދަން ހަދާފައިވާއިރު، ބިން ހުސްކުރަން އެންގުމުން އެކަމަށް ދެކޮޅު ހަދާތީ އެފްއޭއެމުން ފިޔަވަޅު އަޅަން ތައްޔާރު

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް، އޮއްޕޮގެ ކުންފުނީގެ މި ނިންމުމާ ގުޅިގެން އޭނާ އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. 

"އޮއްޕޮގެ ރަނގަޅު ވިސްނުމާއި ލީޑަޝިޕުގެ ސަބަބުން ވޮލަންޓަރީކޮށް ގުދަން ހުރި ސަރަަހައްދު ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ސަޕޯޓް ދިނުމަށްޓަކައި ހުސްކުރަން އެއްބަސްވުމަކީ އެފްއޭއެމް އިން ބަލައިގަންނަ ކަމެއް،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ. 

އެފްއޭއެމް އިން ބުނީ، ފުޓްބޯޅައިގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި، އޮއްޕޮ އާއި ފިއުޗާ ހޯމްސް އަށް ކުރިމަގުގައި ކާމިޔާބަށް އެދޭ ކަމަށް ވެސް އޮއްޕޮ ވަނީ ބުނެފަ އެވެ. 

އެފްއޭއެމުން މީގެ ކުރިން ހާމަކުރިގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި ފިއުޗާ ހޯމްސް އިން ވަނީ 2،700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފައި ކަމަށެވެ.  އެ ގުދަން، 25 އަހަރަށް ދޫކޮށްފައި ވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީ ނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއި ބެހޭގޮތުން އެފްއޭއެމާއެކު އެއްބަސްވުމެއް ހަދާފައެއް ނުވާކަމަށް އެފްއޭއެމުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. 

ފިއުޗާ ހޯމްސް އިން ގުދަން އިމާރާތްކޮށްފައި ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އަދި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ވެސް ފާސްކުރުމަކާ ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް ވެސް އެފްއޭއެމް އިން މީގެ ކުރިން މީޑިއާ އަށް މައުލޫމާތު ދީފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox