މުއިއްޒާއި ސާޖިދާއަށް ލިބުނު ހަދިޔާގެ ތަފްސީލް ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއަށް އެކި ފަރާތްތަކުން ލިބުނު ހަދިޔާގެ ތަފްސީލް ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުން (އާރްޓީއައި) ގާނޫނުގެ ދަށުން  އަދަދު ނޫހުން ރައީސް އޮފީހަށް ހުށަހެޅީ 2023، 2024، 2025 އަދި 2026 ވަނަ އަހަރުގެ ކޮންމެ މަހެއްގައި މުއިއްޒާއި ސާޖިދާއަށް ރާއްޖޭގެ އެކި ފަރާތްތަކުން އަދި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ތަފްސީލު ހޯދުމަށެވެ. 

އެ އާރްޓީއައިގައި މުއިއްޒާއި ސާޖިދާއަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ލިބިވަޑައިގެންނެވި އެއްވެސް ހަދިޔާއެއް ބޭނުންކުރެއްވިތޯ ސާފުކޮށްދިނުމަށްވެސް އަދަދު ނޫހުން އެދިފައިވެ އެވެ. 

އެކި އެކި ރަސްމީ މުނާސަބާތަކާއި ގުޅުވައި، ހަނދާނީ ހަދިޔާ ބަދަލު ކުރުމަކީ  އޮންނަ ކަމެކެވެ. ގައުމުތަކުގެ ވެރީންނާއި އިއްޒަތްތެރީންގެ ބައްދަލުވުންތަކާއި ފުރަމާނަ ދަތުރުތަކުގައި ހަނދާނީ ހަދިޔާ ބަދަލު ކުރެ އެވެ.  އެކަމަކު އެކަމުގެ ތަފްސީލްތައް އެކި އޮފީސްތަކުން ރައްކާކުރާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ނަމަވެސް އަދަދު ނޫހުން ހުށަހެޅި މި އާރްޓީއައިއަށް ގާނޫނުގައި ބުނާ ގޮތުގެ މަތިން ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައި ނުވެ އެވެ. އެކަމާ ގުޅިގެން އަދަދު ނޫހުން ވަނީ އެ މައްސަލަ ބަލަައިދިނުަމަށް އެދި އިންފޮމޭޝަން ކޮމިޝަން އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ. 

މީގެއިތުރުން މި އާރްޓީއައިގައި 2023، 2024، 2025 އަދި 2026 ވަނަ އަހަރުގެ ކޮންމެ މަހެއްގައި މުއިއްޒުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި މިހާތަނަށް ލިބިވަޑައިގެންފައިވަނީ ކިހާވަރެއްކަންވެސް އެދުމުން އެކަންވެސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި އެދޭ މައުލޫމާތުތައް މުއްދަތު ފަހަނައަޅައިދާއިރުވެސް ޖަވާބު ނުދޭތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީސް މިދިޔަ ޖުލައި މަހުގެ ތެރޭގައި 2،000ރ. ޖޫރިމަނާވެސް ކުރި އެވެ. 

ރައީސް އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް އެ ކޮމިޝަނުން ފޯރުކޮށްދޭން އައިކޮމްއިން ތަކުރާރުކޮށް އެންގުމުންވެސް ފޯރުކޮށްނުދޭކަން ފާހަގަކުރެވެ އެވެ. އޭގެއިތުރުން ފޯރުކޮށްދޭ މައުލޫމާތުތައް ފުރިހަމަ ނުވުމާއި، ނުގުޅޭ ޖަވާބުތައް ދިނުންވެސް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox