މެލޭޝިޔާގައި ނިޔާވި ކުއްޖާގެ ފޮޓޯއާއެކު މުއިއްޒު ކުރެއްވި ޕޯސްޓު ޑިލީޓްކުރައްވައިފި

ރޭ އެކްސިޑެންޓުވި ކާރު: އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ އާމިނާ އިމީލީ ނާޒިމް

ރޭ އެކްސިޑެންޓުވި ކާރު: އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ އާމިނާ އިމީލީ ނާޒިމް

މެލޭޝިއާގައި ރޭ ހިނގި އެކްސިޑެންޓެއްގައި މަރުވި ސ. ހިތަދޫ، އާމިނާ އިމީލީ ނާޒިމް، 21، ގެ ފޮޓޯ ދައުރުނުކުރަން އާއިލާއިން އެދިފައި ވަނިކޮށް، އެ ޒުވާނާގެ ފޮޓޯއަކާއެކު ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު ޑިލީޓް ކުރައްވައިފި އެވެ. 

އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ އިމީލީ ނިޔާވުމުގެ ހިތާމައިގައި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެެވެ. އެމަނިކުފާނު ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓު ބޭންދުމަށްފަހު ފޮޓޯ ޑިލީޓް ކުރައްވާފަ އެވެ. 

އެ ޒުވާނާގެ ފޮޓޯއަކާއެކު މުއިއްޒު ޕޯސްޓެއް ކުރައްވާފައިވާއިރު، އާއިލާއަށް ލިބިފައިވާ ހިތްދަތިކަމަށް އިހުތިރާމު ކުރުމުގެ ގޮތުން އެ ޒުވާނާގެ ފޮޓޯ ދައުރު ނުކުރަން އޭނާގެ އާއިލާއިން ވަނީ ރޭގެ ވަގުތެއްގައި އެދިފަ އެވެ.

Advertisement

"އާއިލާއަށް ލިބިފައިވާ ހިތްދަތިކަމަށް އިހުތިރާމު ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ކޮއްކޮގެ ފޮޓޯ މީޑިއާގެ އެއްވެސް މަންސައެއްގައި ޝެއާ ނުކުރުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެއް،" އިމީލީގެ ބޮޑުދައިތަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ރޭގައި ބުނެފައިވެ އެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ދެ ކާރު ޖެހިގެންނެވެ. މަރުވީ ޒުވާނާއަކީ އެ ތަނުން އެއް ކާރުގެ ތެރޭގައި އިން ފަސިންޖަރެކެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

މި ނޫހަށް ލިބިފައިވާ މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވީ އެއް ކާރު އޮތީ ފުރޮޅާލާފަ އެވެ. އަނެއް ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ. މަރުވި އަންހެން ޒުވާނާ އިން ކާރުގެ ޑްރައިވަރާއި ދެން އިން ފަސިންޖަރަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox