ވައުދާ ހިލާފުވީ ކޯޗު، ރިޓަޔާނުކޮށް ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމުގެ އަދަބަކަށް ވެސް ތައްޔާރު

Oct 7, 2026, 2:18 PM
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ލިޒްބަން، ޕޯޗުގަލް (އޮކްޓޫބަރު 7) - އަމިއްލަ ސަބަބެއްގައި ޕޯޗުގަލްގެ ކޭމްޕް ދޫކޮށްދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބު ސޯޝަލް މީޑިއާގައި ތަފްސީލްކޮށްދީފި އެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުރިއަށްދިޔަ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް، ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ނޯވޭއާ ދެކޮޅަށް ރޮނާލްޑޯ އަށް އެއްވެސް ވަގުތެއްގައި ކުޅެން ފުރުސަތު ނުލިބޭއިރު، ކުޅެން އެރުމަށްޓަކައި، 20-30 މިނިޓް އޭނާ ވޯމްއަޕް ކުރި އެވެ. ކަންކަން މިހެން ދިމާވެފައި އޮއްވައި، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކޯޗު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެޑްރޯ ޕްރޮެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.

ރޮނާލްޑޯ ނުލައި ކުޅުނު މެޗުން ޕޯޗުގަލް އިން ވަނީ 4-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. އަދި، ރޮނާލްޑޯ ޓީމާ ވަކިވި ފަހުން ދެ ވަނަ މެޗުން  ނޯވޭ އަތުން ޕޯޗުގަލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު، ޖީސޫސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ޖީސޫސް ބުނެފައިވަނީ ރޮނާލްޑޯ އަށް ޓީމުން އަލުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ކެރިއަރާ ގުޅޭގޮތުން، ގޮތެއް ނިންމާނީ ރޮނާލްޑޯ އަމިއްލަ އަށް ކަމަށެވެ. 

ގައުމީ ޓީމާ ޖެހުނު މައްސަލައާ ބެހޭގޮތުން، ރޮނާލްޑޯ ފުރަތަމަ ނެރުނު ސޯޝަލް މީޑިއާ ބަޔާނުގައި ބުނެފައިވަނީ، ރަނގަޅު ވަގުތުގައި ހުރިހާ ކަމެއް ހާމަކުރާނެ ކަމަށެވެ. އަދި، ރޭގެ ވަގުތެއްގައި ރޮނާލްޑޯ ވަނީ، ޖީސޫސްއާ ދެމެދު ދިމާވި ކަންތައްތައް ދިގު ބަޔާނަކުން ތަފްސީލްކޮށްދީފަ އެވެ. 

ރޮނާލްޑޯގެ ބަޔާނުގައި އޭނާ މައިގަނޑު ގޮތެއްގައި ޓީމުގެ ކޭމްޕް ދޫކޮށްލަން ޖެހުމާ ބެހޭގޮތުން ބުނެފައިވަނީ، މައިގަނޑު ގޮތެއްގައި ހިނގި ކަމެއްގެ އަސްލަކީ، ކޯޗު ޖީސޫސްއާ ކުރެވުނު މަޝްވަރާއާ އެއްގޮތަށް ކަންކަން ނުކުރުން ކަމަށެވެ. އަދި، އޭނާ އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އަދަބެއް ދޭނަމަ ބަލައިގަންނާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

"ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އަހަރެން ކުރި ކަންތައްތައް ރަނގަޅަށް ބަލައި ފިޔަވަޅެއް އަޅަން ޖެހޭނަމަ އެކަން ކުރަން ޖެހޭ. އަހަރެން ގަބޫލެއް ނުކުރަން އަދަބު ލުއިވާންޖެހޭ ކަމަށް ވެސް،" 2000 އަށް ވުރެން ގިނަ ބަސް ހިމެނޭ ރޮނާލްޑޯގެ ބަޔާނުގައި ހިމެނެ އެވެ. 

ރޮނާލްޑޯ އަށް ޕޯޗުގަލް އިން ހަ މަހުގެ ސަސްޕެންޝަނެއް؟

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލަ ސަބަބަކާ ހުރެ ރޮނާލްޑޯ ދޫކޮށްލުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނެފި. ކޯޗު ޖޯޖް ޖީސޫސްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކަށް ފަހު ރޮނާލްޑޯ ޓީމު ދޫކޮށްލިއިރު، މި މައްސަލައިގައި އޭނާއަށް ހަ މަސް ދުވަހުގެ ސަސްޕެންޝަނެއް އަތުވެދާނެ

ޖީސޫސް ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ ކޮންމެ މެޗެއް ކުޅުމަކީ މިހާރު އޭނާ ކުރަން ބޭނުންވިޔަސް ވާނެ ކަމެއް ނޫން ކަމަށްވާތީވެ، އެންމެ ބޮޑަށް ބޭނުންވަނީ ރިކަވާވެގެން ރަނގަޅަށް މެޗުތަކުގައި ކުޅުން ކަމަށެވެ. އެއްވެސް އިރެއްގައި ގައުމީ ޓީމެއްގައި ވަކި ވަރަކަށް ކުޅެން ބޭނުންވާ ވަގުތުތަކެއްގެ ޑިމާންޑް ނުކުރާ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

އަލް ނަސްރުގައި ރޮނާލްޑޯއާ އެކު ޖީސޫސް މަސައްކަތްކުރިއިރު ކަންކަން ރަނގަޅު ކަމަށާއި ޕޯޗުގަލް ޓީމަށް ޖީސޫސް ގެންނަން، ފެޑެރޭޝަނުން އޭނާއާ ވެސް ވާހަކަ ދެެއްކި ކަމަށް ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ގައުމީ ޓީމުގައި މި ހިނގައިދިޔަ ކަންކަަމަށް ފަހު ޖީސޫސްގެ ކިބައިން މާފަށް އެދެން ޑިމާންޑެއް ވެސް ނުކުރާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

ކެރިއަރުގައި 1000 ގޯލު ހަމަކުރުމުގެ ޓާގެޓަކާ އެކު ކުރިއަށްދަމުން އަންނަ ރޮނާލްޑޯ އަތުގައި ގައުމީ ޓީމަށް ލަނޑު ޖެހުމުގެ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑް އެބައޮތެވެ. ކްލަބް ކެރިއަރާ އެކު، ޖުމްލަ އެކު، ރޮނާލްޑޯ ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި 979 ލަނޑު ޖަހައިފަ އެވެ. 

ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް  ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ޕޯޗުގަލް، ވޯލްޑް ކަޕުން ކެޓީ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިނުންނެވެ. 

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުުން އޭނާގެ ބޭނުންހިފަން ބޭނުންވި މުއްދަތަކަށް ޓީމާ އެކު ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި، މިހާރު ވެސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑު ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox