ރޮނާލްޑޯ އަށް ދޭނެ ސަސްޕެންޝަނެއް ޕޯޗުގަލް އިން ފައިނަލްކުރަނީ

Oct 10, 2026, 6:45 AM
ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ބެލެވޭ.

ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ބެލެވޭ.

ލިޒްބަން (އޮކްޓޫބަރު 10) -  އަމިއްލަ ސަބަބެއްގައި ޕޯޗުގަލްގެ ކޭމްޕް ދޫކޮށްދިޔަ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ގޮތަށް ކަންތައް ކުރުމުން ގަވާއިދުގައި ބުނާގޮތުން، އޭނާ އަށް ފިޔަވަޅު އެޅުމަށްޓަކައި ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

މި ފަހުން ނިމުނު އިންޓަނޭޝަނަލް ބްރޭކުގައި ކުރިއަށްދިޔަ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް، ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ނޯވޭއާ ދެކޮޅަށް ރޮނާލްޑޯ އަށް އެއްވެސް ވަގުތެއްގައި ކުޅެން ފުރުސަތު ނުލިބޭއިރު، ކުޅެން އެރުމަށްޓަކައި، 20-30 މިނިޓް އޭނާ ވޯމްއަޕް ކުރި އެވެ. ކަންކަން މިހެން ދިމާވެފައި އޮއްވައި، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކޯޗު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެޑްރޯ ޕްރޮެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.

ރޮނާލްޑޯ ނުލައި ކުޅުނު މެޗުން ޕޯޗުގަލް އިން ވަނީ 4-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. އަދި، ރޮނާލްޑޯ ޓީމާ ވަކިވި ފަހުން ދެ ވަނަ މެޗުން  ނޯވޭ އަތުން ޕޯޗުގަލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު، ޖީސޫސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ޖީސޫސް ބުނެފައިވަނީ ރޮނާލްޑޯ އަށް ޓީމުން އަލުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ކެރިއަރާ ގުޅޭގޮތުން، ގޮތެއް ނިންމާނީ ރޮނާލްޑޯ އަމިއްލަ އަށް ކަމަށެވެ. 

ވައުދާ ހިލާފުވީ ކޯޗު، ރިޓަޔާނުކޮށް ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމުގެ އަދަބަކަށް ވެސް ތައްޔާރު

ޕޯޗުގަލްގެ ކޯޗު ޖީސޫސް ވައުދާ ހިލާފުވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އެކަމާ ގުޅިގެން ފެޑެރޭޝަނުން އަޅާ ކޮންމެ ފިޔަވަޅަކަށް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނޯވޭ މެޗުގައި ކުޅެން ފުރުސަތު ނުލިބުމުން ދިމާވި މި މައްސަލައިގައި ރޮނާލްޑޯ ބުނީ އޭނާ ކޭމްޕް ދޫކޮށްލީ ކޯޗާ ދެމެދު ކުރެވުނު މަޝްވަރާއާ އެއްގޮތަށް ކަންކަން ނުދިއުމުން ކަމަށެވެ.

ގައުމީ ޓީމާ ޖެހުނު މައްސަލައާ ބެހޭގޮތުން، ރޮނާލްޑޯ ފުރަތަމަ ނެރުނު ސޯޝަލް މީޑިއާ ބަޔާނުގައި ބުނެފައިވަނީ، ރަނގަޅު ވަގުތުގައި ހުރިހާ ކަމެއް ހާމަކުރާނެ ކަމަށެވެ. އަދި، ފަހުން ރޮނާލްޑޯ ވަނީ، ޖީސޫސްއާ ދެމެދު ދިމާވި ކަންތައްތައް ދިގު ބަޔާނަކުން ތަފްސީލްކޮށްދީފަ އެވެ. 

ރޮނާލްޑޯގެ ބަޔާނުގައި އޭނާ މައިގަނޑު ގޮތެއްގައި ޓީމުގެ ކޭމްޕް ދޫކޮށްލަން ޖެހުމާ ބެހޭގޮތުން ބުނެފައިވަނީ، މައިގަނޑު ގޮތެއްގައި ހިނގި ކަމެއްގެ އަސްލަކީ، ކޯޗު ޖީސޫސްއާ ކުރެވުނު މަޝްވަރާއާ އެއްގޮތަށް ކަންކަން ނުކުރުން ކަމަށެވެ. އަދި، އޭނާ އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އަދަބެއް ދޭނަމަ ބަލައިގަންނާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

"ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އަހަރެން ކުރި ކަންތައްތައް ރަނގަޅަށް ބަލައި ފިޔަވަޅެއް އަޅަން ޖެހޭނަމަ އެކަން ކުރަން ޖެހޭ. އަހަރެން ގަބޫލެއް ނުކުރަން އަދަބު ލުއިވާންޖެހޭ ކަމަށް ވެސް،" 2000 އަށް ވުރެން ގިނަ ބަސް ހިމެނޭ ރޮނާލްޑޯގެ ބަޔާނުގައި ހިމެނެ އެވެ. 

ރޮނާލްޑޯ އެ ޓީމުގެ ކޭމްޕް ދޫކޮށްލި މައްސަލައިގައި އޭނާ އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ފިޔަަވަޅު އެޅުމުގެ ފުރުސަތު ބޮޑެވެ. އަދި، ގައުމީ ޓީމުގެ ކޭމްޕްގައި ހުރެފައި އެންގުމެއް ނެތި އެ ކޭމްޕުން ދާ ކުޅުންތެރިއަކަށް އަންނަނީ އޮޓޮމެޓިކް ސަސްޕެންޝަނެކެވެ. އެއް މަހާއި ހަ މަހުގެ ސަސްޕެންޝަނެއް ދެވެން އޮންނައިރު، ޕޯޗުގަލް ފެޑެރޭޝަނުން އަންނަނީ ރޮނާލްޑޯ އަށް ދޭނެ ސަސްޕެންޝަނަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެެވެ

ޖީސޫސް ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ ކޮންމެ މެޗެއް ކުޅުމަކީ މިހާރު އޭނާ ކުރަން ބޭނުންވިޔަސް ވާނެ ކަމެއް ނޫން ކަމަށްވާތީވެ، އެންމެ ބޮޑަށް ބޭނުންވަނީ ރިކަވާވެގެން ރަނގަޅަށް މެޗުތަކުގައި ކުޅުން ކަމަށެވެ. އެއްވެސް އިރެއްގައި ގައުމީ ޓީމެއްގައި ވަކި ވަރަކަށް ކުޅެން ބޭނުންވާ ވަގުތުތަކެއްގެ ޑިމާންޑް ނުކުރާ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

އަލް ނަސްރުގައި ރޮނާލްޑޯއާ އެކު ޖީސޫސް މަސައްކަތްކުރިއިރު ކަންކަން ރަނގަޅު ކަމަށާއި ޕޯޗުގަލް ޓީމަށް ޖީސޫސް ގެންނަން، ފެޑެރޭޝަނުން އޭނާއާ ވެސް ވާހަކަ ދެެއްކި ކަމަށް ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ގައުމީ ޓީމުގައި މި ހިނގައިދިޔަ ކަންކަަމަށް ފަހު ޖީސޫސްގެ ކިބައިން މާފަށް އެދެން ޑިމާންޑެއް ވެސް ނުކުރާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

ކެރިއަރުގައި 1000 ގޯލު ހަމަކުރުމުގެ ޓާގެޓަކާ އެކު ކުރިއަށްދަމުން އަންނަ ރޮނާލްޑޯ އަތުގައި ގައުމީ ޓީމަށް ލަނޑު ޖެހުމުގެ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑް އެބައޮތެވެ. ކްލަބް ކެރިއަރާ އެކު، ޖުމްލަ އެކު، ރޮނާލްޑޯ ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި 980 ލަނޑު ޖަހައިފަ އެވެ. 

ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް  ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ޕޯޗުގަލް، ވޯލްޑް ކަޕުން ކެޓީ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިނުންނެވެ. 

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުުން އޭނާގެ ބޭނުންހިފަން ބޭނުންވި މުއްދަތަކަށް ޓީމާ އެކު ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި، މިހާރު ވެސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑު ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.  އެކަމަކު، އަންނަ މަހުގެ ގަައުމީ ޓީމުގެ މެޗުތަކަށް ރޮނާލްޑޯ ނެގުމުގެ ފުރުސަތު ކުޑަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox