ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން ކަމަށް ބުނެފި

Oct 20, 2026, 9:53 PM
މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން، ޓެން ހާގް (ވ) އާއި ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން، ޓެން ހާގް (ވ) އާއި ރޮނާލްޑޯ

އަމްސްޓެޑަމް، ނެދަލެންޑްސް (އޮކްޓޫބަރު 20) - މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު، އެރިކް ޓެން ހާގް ބުނެފި އެވެ. 

ރޮނާލްޑޯ، 41، ދެ ފަހަރެއްގެ މަތިން ޔުނައިޓެޑަށް ކުޅުނުއިރު، ދެ ވަނަ ފަހަރަށް އެ ޓީމު ދޫކޮށްލަން ޖެހުނީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ، ޓެން ހާގާ މައްސަލަ ޖެހިގެންނެވެ. އޭގެ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން، 2024 ވަނަ އަަހަރުގެ ނޮވެމްބަރު މަހު ޔުނައިޓެޑުން ޓެން ހާގް، ކޯޗުކަމުން ވަކިކުރީ އާ ސީޒަނުގައި ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. 

މީގެ ކުރިން، ރޮނާލްޑޯ ވަނީ އިންޓަވިއުއެއްގައި ޓެން ހާގަށް ފާޑުކިޔައިފަ އެވެ. އެ ވާހަކަތަކަށް ރައްދުދިނުމަށް ފަހު، ދާދި ފަހުން، "ދި އެތުލެޓިކް" އަށް ދިން އިންޓަވިއުއެއްގައި ޓެން ހާގް ވަނީ ޔުނައިޓެޑްގައި ދިމާވި މައްސަލަތަކާ ރޮނާލްޑޯއާ ބެހޭގޮތުން އަނެއްކާ ވެސް ވާހަކަ ދައްކައިފަ އެވެ.

Advertisement

ޔުނައިޓެޑްގެ ކޯޗު ޓެން ހާގްގެ ވިސްނުމަށް ރޮނާލްޑޯ ފާޑުކިޔައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ވިސްނުމަށް އެ ޓީމަށް ކުރިން ކުޅުނު މަޝްހޫރު ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފާޑުކިޔައިފައި.

"އޭނަ (ރޮނާލްޑޯ) އަހަރެން ދަށް ކޮށްލީ، ދެން ޓީމުގެ ހާލަތު ވެސް ދަށަށް ގެނައީ،" ރޮނާލްޑޯއާ ބެހޭގޮތުން ޓެން ހާގް ބުންޏެވެ. 

އަޔަކްސް އަށް ކުރިން ކޯޗުކޮށްދިން ޓެން ހާގް ބުނީ، ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން، އޭނާ ރޮނާލްޑޯއާ ބައްދަލުކުރަން ޕޯޗުގަލް އަށް ދިޔަ ކަމަށެވެ. އަދި، ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އާދަޔާހިލާފު ކުޅުންތެރިއެއް ކަމަށާއި އެކަމަކު، ކޯޗުންނަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. 

ޓެން ހާގާއި ރޮނާލްޑޯ މައްސަލަ ފުރަތަމަ ޖެހުނީ، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ރޮނާލްޑޯ އަށް ފުރުސަތު ނުދޭން ޓެން ހާގް ނިންމުމުންނެވެ. އަދި، އޭގެ ތިން ދުވަސް ކުރިން، ޓޮޓެންހަމް ހޮޓްސްޕާސް މެޗެއްގައި ބަދަލަކަށް އަރަން ޓެން ހާގް އެދުމުން، ރޮނާލްޑޯ ވަނީ ދެކޮޅު ހަދައިފަ އެވެ. 

"ރޮނާލްޑޯ ޓީމަށް ނުލާން ނިންމީ ޓްރެއިނިންތަކުގައި އޭނާގެ ކަންކަން ހުރި ގޮތުން، އޭނަ އަމިއްލަ އަށް ތައްޔާރުވުމުގެ ކަންކަން ގޯސްކޮށް ދިޔައީ. ކޮންމެ ބޮޑު ޓީމަކަށް ވެސް ބޮޑު ކުޅުންތެރިއެއް ބޭނުންވޭ. އެކަމަކު، އެ ބޮޑު ކުޅުންތެރިޔާ ޖެހޭނީ ޓީމަށްޓަކައި މަސައްކަތް ކުރަން،" ޓެން ހާގް ބުންޏެވެ. 

ޔުނައިޓެޑްގެ ޓްރެއިނިންތަކުގައި ރޮނާލްޑޯ ދިޔައީ އެހެން ކުޅުންތެރިން ތަމްރީންވަމުންދިޔަ ގޮތް މަޑުޖައްސާލައިގެން ކުރިއަށްގެންދަން އިރުޝާދުދެމުން ކަމަށާއި އެކަމަކު، އެއީ ޓީމަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. 

މި ވަގުތަށް ބަލާއިރު ވެސް ޔުނައިޓެޑަށް އެންމެ ބޮޑަށް މައްސަލަ ދިމާވާ އެއް ކަމަކީ، ކުޅުންތެރިންނަށް ބާރު ދިނުން ކަމަށާއި އެއީ ކްލަބްތެރޭގައި ނުރަނގަޅު އާދައެއް ފެތުރި މާހައުލު ގޯސްވާ ކަމެއް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. 

ޔުނައިޓެޑަށް ފަހު، ދެން ޓެން ހާގް ފެނިގެންދިޔައީ ބަޔާ ލެވަކޫސަންގެ ކޯޗެއްގެ ގޮތުގަ އެވެ. އެ ޓީމާ ތިން މެޗަށް ފަހު، ލެވަކޫސަން ކޯޗުކަމުން ޓެން ހާގް ވަނީ ވަކިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox