ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

Oct 23, 2026, 10:30 AM
ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ އަކީ ފުޓްބޯޅައިގެ ފުރަތަމަ މަލްޓި ބިލިއަނަރު

ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ އަކީ ފުޓްބޯޅައިގެ ފުރަތަމަ މަލްޓި ބިލިއަނަރު

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 23) - ފޯބްސް އިން މިދިޔަ ސީޒަނުގައި އެންމެ ބޮޑު އާމްދަނީ ހޯދި ލިސްޓުގައި، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމާ އެކު، ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަމުން، މަލްޓި ބިލިއަނަރަކަށްވި ފުރަތަމަ އެތުލީޓަކަށް އޭނާ ވެއްޖެ އެވެ. 

ފޯބްސް އިން ސީޒަނެއް އާމްދަނީ ރެކޯޑް ކުރަނީ، ކްލަބްގެ މުސާރަ އާއި އެލަވަންސާއި ބޯނަސްގެ އިތުރުން، ބްރޭންޑް އިސްތިހާރާއި އިމޭޖް ރައިޓްސްގެ ގޮތުގައި ޖުމްލަ އެކު، ލިބޭ އާމްދަނީ އެވެ. 

މީގެ ހަ އަހަރު ކުރިން، ރޮނާލްޑޯ، 41، ވަނީ އާމްދަނީގެ ގޮތުގައި ކެރިއަރުގައި ފުޓްބޯޅައިގެ ތެރެއިން ހޯދި އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މީގެ ތިން އަހަރު ކުރިން އަލް ނަސްރަށް ބަދަލުވުމަށް ފަހު، ބޮޑު މުސާރަ ހޯދަމުން އަންނަ ރޮނާލްޑޯ އަށް މިދިޔަ ސީޒަނުގައި ލިބުނު އާމްދަނީއާ އެކު، ފުޓްބޯޅައިގެ ތެރޭގައި އުޅެމުން އޭނާ އަށް ވަނީ ދެ ބިލިއަން ޑޮލަރަށް ވުރެން ބޮޑު އާމްދަނީއެއް ލިބިފަ އެވެ. 

ރޮނާލްޑޯގެ މިިދިޔަ ސީޒަނުގެ އާމްދަނީގެ  ތަފްސީލަށް ބަލާއިރު، އޭނާ އަށް ކުޅުމުން ބޭރުން އިސްތިހާރާއި އެ ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ރެކޯޑް ކުރެވިފައިވަނީ، 50 މިލިއަން ޑޮލަރުގަ އެވެ. އަލް ނަސްރުން ލިބުނު މުސާރަ އާއި އެހެނިހެން އާމްދަނީ އަށް ބަލާއިރު، 250 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ، ބްރޭންޑް ވިޔަފާރި އާއި ކްލަބްގެ އިސްތިހާރު ފީތަކާ އެކުގަ އެވެ. 

މިދިޔަ ސީޒަނުގައި ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، ރޮނާލްޑޯގެ އެންމެ ވާދަވެރި ކުޅުންތެރިޔާ، ލިއޮނަލް މެސީ އަށެވެ. އެމެެރިކާގެ ކްލަބް، އިންޓަ މިއާމީގެ ކެޕްޓަންކަން ކުރަމުން އަންނަ މެސީ އަށް މިދިޔަ ސީޒަނުގައި އާމްދަނީގެ ގޮތުގައި، 145 މިލިއަން ޑޮލަރު ލިބިފަ އެވެ. 

ފޯބްސް އިން ހޮވި ފުޓްބޯޅައިގެ މިދިޔަ ސީޒަނުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ކުޅުންތެރިންގެ ލިސްޓުގެ ގަދަ 10 އަކަށް ޖުމްލަ އެކު، އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ރޮނާލްޑޯ އާއި މެސީގެ އިތުރުން، ދެން ގަދަ 10 ގައި ހިމެނެނީ، (ބާކީ ތިނަކުން 10 އަކަށް ތަރުތީބުން) ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ (100 މިލިއަން ޑޮލަރު)، މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް (85 މިލިއަން ޑޮލަރު)، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ (76 މިލިއަން ޑޮލަރު)، ބާސެލޯނާގެ ލަމީން ޔަމާލް (54 މިލިއަން ޑޮލަރު)، އަލް ނަސްރުގެ ސަޑިއޯ މާނޭ (53 މިލިއަން ޑޮލަރު)، ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް (53 މިލިއަން ޑޮލަރު)، ބަޔާން މިއުނިކްގެ ހެރީ ކޭން (41 މިލިއަން ޑޮލަރު)، ލިވަޕޫލުން ތުުރުކީގެ ޓްރަބްޒޯންސްޕޯރަށް ބަދަލުވި މުހައްމަދު ސަލާހު އެވެ. ލިސްޓުގެ 10 ވަނައިގައި އޮތް ސަލާހަށް ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ އެކު 40 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox