ރޮނާލްޑޯ އަށް ޕޯޗުގަލް އިން ހަ މަހުގެ ސަސްޕެންޝަނެއް؟

Oct 3, 2026, 7:00 AM
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ލިޒްބަން، ޕޯޗުގަލް (އޮކްޓޫބަރު 3) - އަމިއްލަ ކަމެއްގެ ސަބަބުން ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގެ ކޭމްޕް ދޫކޮށްލި މައްސަލައިގައި އޭނާ އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ފިޔަަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

މި ފަހަރުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް، އުމުރުން 41 ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ނޯވޭއާ ދެކޮޅަށް ރޮނާލްޑޯ އަށް އެއްވެސް ވަގުތެއްގައި ކުޅެން ފުރުސަތު ނުލިބޭއިރު، ކުޅެން އެރުމަށްޓަކައި، 20-30 މިނިޓް އޭނާ ވޯމްއަޕް ކުރި އެވެ. ކަންކަން މިހެން ދިމާވެފައި އޮއްވައި، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކޯޗު، ޖޯޖް ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެޑްރޯ ޕްރޮެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.

ރޮނާލްޑޯ ނުލައި ކުޅުނު މެޗުން ޕޯޗުގަލް އިން ވަނީ 4-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. 

Advertisement

ރޮނާލްޑޯ ނުލައި ޕޯޗުގަލް އިން ޑެންމާކް ބަލިކޮށްފި

ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅެ، ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން 4-2 ގެ ނަތީޖާއަކުން ޑެންމާކް ބަލިކޮށްފި. މި މެޗުގައި ޕޯޗުގަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކަންސެލޯ، ރާމޯސް، ވިޓީނިއާ އަދި ފެލިކްސް.

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖީސޫސް ބުނީ، ޕޯޗުގަލް ގައުމީ ޓީމާ ހަވާލުވީ ރޮނާލްޑޯ ހުރެގެން ނޫން ކަމަށެވެ. އަދި، ޕޯޗުގަލްއާ ހަވާލުވެ، މި ވަގުތު މައިގަނޑު އަމާޒަކީ ނޭޝަންސް ލީގު ކާމިޔާބުކުރުން ކަމަށާއި އެކަން ކުރަން ބަލަން ޖެހެނީ މުޅި ޓީމަށް ކަމަށް ވެސް ޖީސޫސް ވަނީ ބުނެފަ އެވެ. 

ޖީސޫސް ބުނީ، ނޯވޭ މެޗުގެ ކުރިން ރޮނާލްޑޯ ގާތުގައި އެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނެތްކަން އަންގާފައިވާނެ ކަމަށެވެ. އެކަމަކު، މެޗުގެ ވަކި ހިސާބަކުން ކުޅެން އަރުވަން ޖެހިދާނެކަން އެންގި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އަދި، ޑެންމާކު މެޗުގެ ކުރިން ވާހަކަ ދައްކައިގެން ރޮނާލްޑޯއާ އެކު އެ ދިމާވި ކަންތައްތަކުގެ ވާހަކަ ދައްކާނީ އާދިއްތަ ދުވަހު ޕޯޗުގަލް އިން ކުޅޭ މެޗަށް ފަހު ކަމަށް ޖީސޫސް ވަނީ ބުނެފަ އެވެ. 

ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލި ސަބަބާ ގުޅޭގޮތުން ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެެޑްރޯ ޕްރޮއެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. 

"ވަގުތު ޖެހުނީމަ އަހަރެން ޕޯޗުގަލްގެ ރައްޔިތުންނަށް ހިއްސާކުރާނަން އަހަރެން މި ނިންމުން ނިންމަން މެދުވެރިވި ސަބަބު. އަަބަދުވެސް އަހަރެން ގައުމީ ޓީމާ އެކު ހުރެފައި މި ގޮތަށް މިކަން ކުރަންޖެހުނީ ކީއްވެކަން،" ރޮނާލްޑޯ ލިޔެފައިވެ އެވެ. 

"މި ވަގުުތަކީ ޕޯޗުގަލް އާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އިތުރު ކަމެއްގެ ވާހަކަ ދެއްކުމެއް ނެތި ކާމިޔާބަށް އެދެންޖެހޭނެ ވަގުތެއް،" 

މީގެ 22 އަހަރު ކުރިން ޕޯޗުގަލް އަށް ކުޅެން ފެށި ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް  ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ޕޯޗުގަލް، ވޯލްޑް ކަޕުން ކެޓީ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިނުންނެވެ. 

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުުން އޭނާގެ ބޭނުންހިފަން ބޭނުންވި މުއްދަތަކަށް ޓީމާ އެކު ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި، މިހާރު ވެސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑު ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ. 

ޕޯޗުގަލްގެ ގައުމީ ޓީމުގެ ޑިސިޕްލިނަރީ ކޯޑުގައިވާ ގޮތުން، މަގުބޫލު އުޒުރެއް ދެއްކުމެއް ނެތި ގައުމީ ޓީމުގެ ކޭމްޕްގައި ހުރެފައި، އަމިއްލަ އަށް ކޭމްޕް ދޫކުރުމަކީ އަދަބެއް އަންނާނެ ކަމެކެވެ. އެ ގަވާއިދުގެ ތެރެއިން މި ކަހަލަ ކުށަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަ މަހަށް ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑް ކުރުމެވެ. 

ރޮނާލްޑޯއާ މެދު ކަންތައް ކުރާނެ ގޮތެއް ޕޯޗުގަލް މެނޭޖްމަންޓުން ނިންމާނީ، މާދަމާރޭ ކުޅޭ ނޯވޭ މެޗަށް ފަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox