ޕޯޗުގަލް އިން ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި 285 ޑޮލަރުގެ ޖޫރިމަނާއެއް

Oct 19, 2026, 10:54 PM
ޕޯޗުގަލް ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.

ޕޯޗުގަލް ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.

ލިޒްބަން (އޮކްޓޫބަރު 19) - ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސަސްޕެންޝަނަކާ އެކު ޖޫރިމަނާއެއް ދިނުމަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ. 

އެ ގޮތުން، ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ، އުމުރުން 41 އަހަރުގެ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑް ކުރުމުގެ އިތުރުން، 285 ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

މި ސަސްޕެންޝަންގެ މުއްދަތު ގުނަން ފަށަނީ، ރޮނާލްޑޯ، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްދިޔަ ތާރީހުން ފެށިގެން ކަމަށްވާނަަމަަ، އޭނާ އަށް އަންނަ މަހުގެ 9-17 އަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލް އިން ކުޅޭ މެޗުތަކުގައި ބައިވެރިވުމަށް ހުރަހެއް ނެތެވެ. 

Advertisement

ޕޯޗުގަލް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލު ޖަހައިދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް އަމިއްލަ އަށް ދިއުމަކީ ހެދުނު ގޯހެއް ކަމަށާއި އެކަމާ ގުޅިގެން އަންނަ ސަސްޕެންޝަނަކާ އެއްގޮތަށް އަމަލުކުރަން ތައްޔާރަށް ހުރި ކަމަށް މީގެ ކުރިން ބުނެފަ އެވެ. 

ސެޕްޓެމްބަރާއި އޮކްޓޫބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުރިއަށްދިޔަ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް، ރޮނާލްޑޯ ވަނީ ކުޅެފަ އެވެ.

އެކަމަކު، ދެ ވަނަ މެޗުގައި ނޯވޭއާ ދެކޮޅަށް ރޮނާލްޑޯ އަށް އެއްވެސް ވަގުތެއްގައި ކުޅެން ފުރުސަތު ނުލިބޭއިރު، ކުޅެން އެރުމަށްޓަކައި، 20-30 މިނިޓް އޭނާ ވޯމްއަޕް ކުރި އެވެ. ކަންކަން މިހެން ދިމާވެފައި އޮއްވައި، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކޯޗު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެޑްރޯ ޕްރޮެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.

ރޮނާލްޑޯ ނުލައި ކުޅުނު މެޗުން ޕޯޗުގަލް އިން ވަނީ 4-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. އަދި، ރޮނާލްޑޯ ޓީމާ ވަކިވި ފަހުން ދެ ވަނަ މެޗުން  ނޯވޭ އަތުން ޕޯޗުގަލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު، ޖީސޫސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ޖީސޫސް ބުނެފައިވަނީ ރޮނާލްޑޯ އަށް ޓީމުން އަލުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ކެރިއަރާ ގުޅޭގޮތުން، ގޮތެއް ނިންމާނީ ރޮނާލްޑޯ އަމިއްލަ އަށް ކަމަށެވެ. 

ރޮނާލްޑޯގެ މައްސަލަ އަށް ނަޒަރެއް

ގައުމީ ޓީމާ ޖެހުނު މައްސަލައާ ބެހޭގޮތުން، ރޮނާލްޑޯ ފުރަތަމަ ނެރުނު ސޯޝަލް މީޑިއާ ބަޔާނުގައި ބުނެފައިވަނީ، ރަނގަޅު ވަގުތުގައި ހުރިހާ ކަމެއް ހާމަކުރާނެ ކަމަށެވެ. އަދި، ފަހުން ރޮނާލްޑޯ ވަނީ، ޖީސޫސްއާ ދެމެދު ދިމާވި ކަންތައްތައް ދިގު ބަޔާނަކުން ތަފްސީލްކޮށްދީފަ އެވެ. 

ރޮނާލްޑޯގެ ބަޔާނުގައި އޭނާ މައިގަނޑު ގޮތެއްގައި ޓީމުގެ ކޭމްޕް ދޫކޮށްލަން ޖެހުމާ ބެހޭގޮތުން ބުނެފައިވަނީ، މައިގަނޑު ގޮތެއްގައި ހިނގި ކަމެއްގެ އަސްލަކީ، ކޯޗު ޖީސޫސްއާ ކުރެވުނު މަޝްވަރާއާ އެއްގޮތަށް ކަންކަން ނުކުރުން ކަމަށެވެ. އަދި، އޭނާ އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އަދަބެއް ދޭނަމަ ބަލައިގަންނާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

"ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އަހަރެން ކުރި ކަންތައްތައް ރަނގަޅަށް ބަލައި ފިޔަވަޅެއް އަޅަން ޖެހޭނަމަ އެކަން ކުރަން ޖެހޭ. އަހަރެން ގަބޫލެއް ނުކުރަން އަދަބު ލުއިވާންޖެހޭ ކަމަށް ވެސް،" 2000 އަށް ވުރެން ގިނަ ބަސް ހިމެނޭ ރޮނާލްޑޯގެ ބަޔާނުގައި ހިމެނެ އެވެ. 

ރޮނާލްޑޯ އެ ޓީމުގެ ކޭމްޕް ދޫކޮށްލި މައްސަލައިގައި އޭނާ އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ފިޔަަވަޅު އެޅުމުގެ ފުރުސަތު ބޮޑެވެ. އަދި، ގައުމީ ޓީމުގެ ކޭމްޕްގައި ހުރެފައި އެންގުމެއް ނެތި އެ ކޭމްޕުން ދާ ކުޅުންތެރިއަކަށް އަންނަނީ އޮޓޮމެޓިކް ސަސްޕެންޝަނެކެވެ. އެއް މަހާއި ހަ މަހުގެ ސަސްޕެންޝަނެއް ދެވެން އޮންނައިރު، ޕޯޗުގަލް ފެޑެރޭޝަނުން އަންނަނީ ރޮނާލްޑޯ އަށް ދޭނެ ސަސްޕެންޝަނަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެެވެ

ޖީސޫސް ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ ކޮންމެ މެޗެއް ކުޅުމަކީ މިހާރު އޭނާ ކުރަން ބޭނުންވިޔަސް ވާނެ ކަމެއް ނޫން ކަމަށްވާތީވެ، އެންމެ ބޮޑަށް ބޭނުންވަނީ ރިކަވާވެގެން ރަނގަޅަށް މެޗުތަކުގައި ކުޅުން ކަމަށެވެ. އެއްވެސް އިރެއްގައި ގައުމީ ޓީމެއްގައި ވަކި ވަރަކަށް ކުޅެން ބޭނުންވާ ވަގުތުތަކެއްގެ ޑިމާންޑް ނުކުރާ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

އަލް ނަސްރުގައި ރޮނާލްޑޯއާ އެކު ޖީސޫސް މަސައްކަތްކުރިއިރު ކަންކަން ރަނގަޅު ކަމަށާއި ޕޯޗުގަލް ޓީމަށް ޖީސޫސް ގެންނަން، ފެޑެރޭޝަނުން އޭނާއާ ވެސް ވާހަކަ ދެެއްކި ކަމަށް ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ގައުމީ ޓީމުގައި މި ހިނގައިދިޔަ ކަންކަަމަށް ފަހު ޖީސޫސްގެ ކިބައިން މާފަށް އެދެން ޑިމާންޑެއް ވެސް ނުކުރާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. 

ކެރިއަރުގައި 1000 ގޯލު ހަމަކުރުމުގެ ޓާގެޓަކާ އެކު ކުރިއަށްދަމުން އަންނަ ރޮނާލްޑޯ އަތުގައި ގައުމީ ޓީމަށް ލަނޑު ޖެހުމުގެ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑް އެބައޮތެވެ. ކްލަބް ކެރިއަރާ އެކު، ޖުމްލަ އެކު، ރޮނާލްޑޯ ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި 981 ލަނޑު ޖަހައިފަ އެވެ. 

ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް  ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ޕޯޗުގަލް، ވޯލްޑް ކަޕުން ކެޓީ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިނުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox