429 ދަރަޖައިގެ ކުރިއެރުމެއް؛ ޓެނިހުގައި އާ "ރަފާ" އެއްގެ ވިދުން ގަދަވެއްޖެ

Aug 19, 2026, 7:15 AM
ސްޕެއިންގެ 19 އަހަރުގެ ޓެނިސް ތަރި ރަަފައެލް ޖޮޑާ

ސްޕެއިންގެ 19 އަހަރުގެ ޓެނިސް ތަރި ރަަފައެލް ޖޮޑާ

ފާއިިތުވި 24 ވަރަކަށް އަހަރު، ދުނިޔޭގެ ޓެނިހުގެ އެންމެ މަތީ ފަންތީގައި ހިފަހައްޓަައިލި ސްޕެއިނަށް އުފަން ކުޅަދާނަ ޓެނިސް ލެޖެންޑަކީ ރަފައެލް ނަޑާލް އެވެ. ޓެނިސް ކޯޓުގެ ނަމުންނަމަ ރަފާ އެވެ. ނަޑާލްގެ ލެވަލަށް ދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރަމުން އަންނަ އެއް ކުޅުންތެރިއަކީ، މި ވަގުތު އަނިޔާގައި ހުރި ކާލޯސް އަލްކަރާޒް އެވެ.

އެކަމަކު، މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޓެނިހުގެ ރޭންކިންގައި 429 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައިވާ އުމުރުން 19 އަހަރުގެ ސްޕެއިނުގެ ތަރި، ރަފައެލް ޖޮޑާ އަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. ޖޮޑާގެ ކުޅުން ފެނިފައި ގިނަ ބަޔަކު ސިފަކުރަނީ، މިއީ، ޓެނިހުގެ ދުނިޔޭގަައި ފެނިގެންދާ އާ "ރަފާ" އެއް ކަމަށެވެ. 

މީގެ ކުރިން، ދުނިޔޭގެ ރޭންކިންގެ 540 ވަނައިގައި އޮވެ، ޖޮޑާ ވަނީ 2024 ވަނަ އަހަރުގެ ޔޫއެސް އޯޕަން ބޯއީސް ސިންގަލްސް ތަށި ހޯދައިފަ އެވެ. އެ ހިސާބުން މަޑުމަޑުން، މެންސް އޯޕަން ޑިވިޝަނުން ޖޮޑާ އަށް ފުރުސަތު ލިބެން ފެށި އެވެ. އެ ހިސާބުން ރަނގަޅު ފޯމާ އެކު ކުރިއެރުން ހޯދަމުން އައި ޖޮޑާ، މި ވަގުތު ދުނިޔޭގެ 11 ވަނައިގައި އޮތްއިރު، މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަންގެ ކުއާޓާ އަށް ދިޔަ ކަމުގައި ވިޔަސް ޖޮޑާ އަށް ދުނިޔޭގެ ގަދަ 10 ތެރެއިން ޖާގަ ލިބޭނެ އެވެ. 

ސްޕެއިންގެ 19 އަހަރުގެ ޓެނިސް ތަރި ރަަފައެލް ޖޮޑާ: މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފައި.
ސްޕެއިންގެ 19 އަހަރުގެ ޓެނިސް ތަރި ރަަފައެލް ޖޮޑާ: މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފައި.

ސިންސިނާޓީ އޯޕަން އަށް އައުމުގެ ކުރިން ޖޮޑާ ވަނީ މި އަހަރު މިހާތަނަށް ކުޅުނު އަށް މުބާރާތުގެ ތެރެއިން ހަތް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. ޖޮޑާ ވާދަކުރި މުބާރާތްތަކުގެ ތެރޭގައި ފްރެންޗް އޯޕަން އާއި މެޑްރިޑް އާއި ރޯމް އަދި މޮންޓްރެއަލްގައި ކުރިއަށްދިޔަ އޭޓީޕީ މާސްޓާސް 1000 ގެ މުބާރާތްތައް ހިމެނެ އެވެ. ޖޮޑާގެ މި ސީޒަނުގެ މިހާތަނަށް ހުސް އައްޔަކީ މޮރޮޮކޯގައި ކުރިއަށްދިޔަ މުބާރާތުގެ ތަށި ހޯދައި، މުބާރާތުގެ ތާރީހުގައި ވެސް ޗެމްޕިއަންކަން ހޯދި ފުރަަތަމަ ޓީނޭޖް ކުޅުންތެރިޔާގެ ޝަރަފް ހޯދުމެވެ. މި ފަހުން، އޭނާ ވަނީ ވޮޝިންޓަންގައި ކުޅުނު މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. 

މި ވަގުތު ސިންސިނާޓީ އޯޕަންގެ ގަދަ 16 ގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ޖޮޑާ އަކީ މިދިޔަ 10 އަހަރު ތެރޭ މި މުބާރާތުގެ މިހާ ހިސާބަށް ދަތުރުކުރި، 20 އަަހަރުން ދަށުގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ އަލްކަރާޒް އާއި ބެން ޝެލްޓަން އަތުގަ އެވެ. 

ޖޮޑާ އަށް ސިންސިނާޓީ އޯޕަންގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާނަމަ ކުރިއަށް އޮތީ އުނދަގޫ ޗެލެންޖެކެވެ. އެއީ، ގަދަ 16 ބުރުގަައި، މި މުބާރާތުގައި 12 ވަނަ އަށް ސީޑްކޮށްފައިވާ އިޓަލީގެ ފްލަވިއޯ ކޮބޯލީއާ ކުޅޭ މެޗެވެ. ޖޮޑާ ބުނީ މި ސީޒަނުގަައި މިހާ ހިސާބަށް ވެސް ގިނަ ކަންތައްތަކެއް ހާސިލްކުރެވިއްޖެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox