ފޭވަރިޓަކަށް ބެލެވުނު ސިނާ ފްރެންޗް އޯޕަން ދެ ވަނަ ބުރުން ކަޓައިފި

May 28, 2026, 10:16 PM
އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ: އޭނާ އަށް މި ފަހަރު ވެސް ފްރެންޗް އޯޕަންގައި ކާމިޔާބެއް ނުލިބުނު.

އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ: އޭނާ އަށް މި ފަހަރު ވެސް ފްރެންޗް އޯޕަންގައި ކާމިޔާބެއް ނުލިބުނު.

ޕެރިސް (މެއި 28) - މި ފަހަރުގެ ފްރެންޗް އޯޕަންގެ ދެ ވަނަ ބުރުން، މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، ދުނިޔޭގެ ރޭންކިން އެއް ވަނަ ކުޅުންތެރިޔާ، ޖަނިކް ސިނާ، މުބާރާތުގެ ދެ ވަނަ ބުރުން ކަޓައިފި އެވެ. 

ސިނާ ބަލިވީ ދުނިޔޭގެ 56 ވަނައިގައި އޮތް އާޖެންޓީނާގެ މަނުއަލް ސެރުންޑޯލޯ އަތުންނެވެ. 

އުމުރުން 24 އަހަރުގެ ސިނާ، ފުރަތަަމަ ދެ ސެޓު ނިމުނުއިރު ކުރީގައި އޮތް ނަމަވެސް، ގަދަ ހޫނުގައި ކުޅުނު މި މެޗުގެ ފަހު ބައިގައި އަނިޔާގެ މައްސަަލަ ދިމާވެ، ފިޓްނަސް ވެސް ނުހިފެހެއްޓިގެން މެޗުން ބަލިވީ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 3-6 2-6 7-5 6-1 6-1 އިންނެވެ. މިއީ، ސެރުންޑޯލޯ އަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ތިން ވަނަ ބުރުން ފުރުސަތ ލިބުނު ފުރަތަމަ ފަަހަރެވެ. 

މި މެޗުން ބަލިވެ، ސިނާ ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ 30 މެޗަށް ފަހު ނިމުން އަތުވެފަ އެވެ. މި މެޗާ ހަމައަށް އައިއިރު، ސިނާ ވަނީ މާސްޓާސް 1000 ގެ ފަސް މުބާރާތް ޖެހިޖެހިގެން މޮޅުވެފަ އެވެ. އަދި، މިއީ، ފެބްރުއަރީ މަހުގެ ފަހުން ކްލޭ ކޯޓުގައި ސިނާ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. 

އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ: މިއަދުގެ މެޗުގެ ތެރެއިން ފަލަމަސްގަނޑަށް އަނިޔާވެގެން ފައިގައި އަތްއަޅައިގެން.
އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ: މިއަދުގެ މެޗުގެ ތެރެއިން ފަލަމަސްގަނޑަށް އަނިޔާވެގެން ފައިގައި އަތްއަޅައިގެން.

ފްރެންޗް އޯޕަން އަކީ ސިނާގެ ކެރިއަރުގައި މަދުވާ ހަމައެކަނި ގްރޭންޑް ސްލޭމް މުބާރާތެެވެ. އެކަމަކު، މި ފަހަރުގެ މުބާރާތް ވެސް ކާމިޔާބު ނުކުރެވި، ސިނާ އަށް ކެރިއަރުގައި ހަތަރު ގްރޭންޑް ސްލޭމް ތަށި ހަމަކުރަން ކުރާ މަސައްކަތުގައި އިތުރު އަހަރެއް ވަނީ މަޑުކުރަން ޖެހިފަ އެވެ. 

ފްރެންޗް އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުގެ ކާލޯސް އަލްކަރާޒަށް މި ފަަހަރުގެ މުބާާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެވޭތީވެ، މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރީ ސިނާ އެވެ. އެކަމަކު، ސިނާ އަށް މުބާރާތް ގެއްލުމާ އެކު، މިހާރު މުބާރާތުގެ ފޭވަރިޓަކީ، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް އެެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮވެފައި، ފްރެންޗް އޯޕަން އަކާ ކުރިމަތިލައި، މުބާރާތުގެ ސެމީގެ ކުރިން އެންމެ ފަހުން ކެޓީ މީގެ 10 ކުރިން ޖޮކޮވިޗް އެވެ. އެއީ، އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި، ތޯމަސް ބާޑިޗް އަތުން ބަލިވެ، ޖޮކޮވިޗް ކެޓި ފަހަރެވެ. 

ޖޮކޮވިޗް އަންނަނީ ކެރިއަރުގެ 25 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމަށްޓަކައި، އިންތިޒާރު ކުރަމުންނެވެ. ސިނާ އާއި އަލްކަރާޒް ނެތުމުން، މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރުމުގެ ފުރުސަތު ޖޮކޮވިޗަށް އޮތީ ހުޅުވިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox