ޓެނިސް ތަރި އަލްކަރާޒްގެ އެނބުރި އައުން އަނެއްކާ ވެސް ލަސްވެއްޖެ

Aug 5, 2026, 3:29 PM
ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް

ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް

އޯހައިއޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 5) - ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒްގެ އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ މުއްދަތު އިތުރަށް ދިގުލައިފި އެވެ. 

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް އުމުރުން 23 އަަހަރުގެ އަލްކަރާޒްގެ އަތުގެ ކުޑަ ހުޅަށް އަނިޔާވީ މިދިޔަ އޭޕްރީލް މަހު އެވެ. އެ މަހުގައި ބޭއްވި ބާސެލޯނާ އޯޕަންގައި ކުޅުމުގެ ފުރުސަތު ގެއްލުނު އަލްކަރާޒަށް އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމް ޓެނިސް ދެ މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ވެސް ވަނީ ގެއްލިފަ އެވެ. އަލްކަރާޒް، އަމާޒު ކަނޑައަޅައިގެން ހުރީ ފްރެންޗް އޯޕަންގެ ތަށި ދިފާއުކުރުމަށް ނަމަވެސް އެ ފުރުސަތު ނުލިބުނެވެ. 

މި މަހު 30 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އަހަރުގެ ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ޔޫއެސް އޯޕަން އަށް ތައްޔާރުވާން ސިންސިނާޓީ އޯޕަންގައި އަލްކަރާޒް ކުޅޭނެ ކަމަށް ބެލެވުނެވެ. މިދިޔަ އަހަރުގެ ސިންސިނާޓީ އޯޕަންގެ ތަށި ހޯދި އަލްކަރާޒް އަށް މި މަހު 11 ވަނަ ދުވަހު ފަށާ މި އަހަރުގެ މުބާރާތުގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. 

"އަހަރެެމެންނަށް އެނގޭ ކާލޯސް (އަލްކަރާޒް) އަށް ކުރެވުނު ހުރިހާ ކަމެއް ކުރަމުން އަންނަކަން މުބާރާތްތަކަށް ފިޓްވާން. އެކަމަކު މި ވަގުތަށް ބަލާއިރު ފިޓްނަަސް އެންމެ ރަނގަޅު ނޫންވީމަ އެނބުރި އާދެވެން ނެތީ. އަހަރެމެން އެދެނީ އަލްކަރާޒް ވީ އެންމެ އަވަަހަކަށް އެނބުރި އައުމަށް،" ސިންސިނާޓީ އޯޕަންގެ ޑިރެކްޓަރު، ބޮބް މޯރަން ބުނެފައިވެ އެވެ. 

ޖުމްލަ އެކު ކެރިއަރުގައި އަލްކަރާޒް ވަނީ ކެރިއަރުގައި 26 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ހަތް ގްރޭންޑް ސްލޭމް މުބާރާތް ހިމެނެ އެވެ. އޭނާ ވަނީ ޔޫއެސް އޯޕަން، ވިމްބަލްޑަން އަދި ފްރެންޗް އޯޕަން، ކޮންމެ. މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ އެއް ފަހަރު ހޯދި އޮސްޓްރޭލިއަން އޯޕަންގެ ތަށި ހޯދީ މި ސީޒަނުގަ އެވެ. 

މިދިޔަ ސީޒަނުގައި އަލްކަރާޒް ވަނީ ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ. އެއީ، ފައިނަލުގައި އިޓަލީގެ ޖަނިކް ސިނާ ބަލިކޮށްފަ އެވެ. އަލްކަރާޒް ރަނގަޅު މޮޅެއް ހޯދި މި މެޗުގެ ސެޓުތައް ދިޔައީ، 6-2 3-6 6-1 6-4 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox