ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

Oct 6, 2026, 3:31 PM
ލިވަޕޫލްގެ ޓްރެއިނިންގެ ތެރެއިން ޖެރާޑް އާއި ކްލޮޕް

ލިވަޕޫލްގެ ޓްރެއިނިންގެ ތެރެއިން ޖެރާޑް އާއި ކްލޮޕް

ލިވަޕޫލް (އޮކްޓޫބަރު 6) - ކުޅުމުގެ ކެރިއަރުގައި ހާސިލްނުކުރެވިދިޔަ އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ނުކުޅެވުން ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑް ބުނެފި އެވެ. 

ޒުވާން އުމުރުގައި ލިވަޕޫލަށް ކުޅެން ފަށައި އެ ޓީމަށް 17 އަހަރު ކުޅެދިން ޖެރާޑް އެ ކްލަބް ދޫކޮށް އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. ޖެރާޑް ވަނީ ލިވަޕޫލަށް 710 މެޗު ކުޅެދީފަ އެވެ. އަދި އޭނާ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ދުވަހު ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ.

ލިވަޕޫލާ އެކު ޖެރާޑަށް ނުލިބޭ ހަމައެކަނި ކާމިޔާބީ އަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އޭނާ ވަނީ ލިވަޕޫލާ އެކު 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޔޫއޭފާ ކަޕް އަދި ޔޫއޭފާ ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޖެރާޑް ލިވަޕޫލް ދޫކޮށް، އެމެރިކާގެ ކްލަބް، ލޮސް އެންޖެލްސް ގެލެކްސީ އަށް 2015 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އޭރު ލިވަޕޫލްގެ ކޯޗަކަށް ހުރި ބްރެންޑަން ރޮޖާސް ވަކިކޮށް، ކްލޮޕް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ޖެރާޑް ލިވަޕޫލް ދޫކޮށްލުމާއި ކްލޮޕް ލިވަޕޫލާ ގުޅުމާ ދެމެދުގައިވީ ދެތިން މަހެވެ. 

"އަހަރެން ވަރަށް ގިނަ ގުރުބާނީތައް ވާން ޖެހުނަސް ތައްޔާރަށް ހުންނާނީ، ވަރަށް ކުރަން ބޭނުންވި އަދި އެދުނު ކަމެއް އެއީ ލިވަޕޫލަށް ކްލޮޕްގެ ކޯޗުކަމުގައި ކުުޅުމަކީ،" ޖެރާޑް ބުންޏެވެ. 

ކްލޮޕް ލިވަޕޫލްގެ ކޯޗަކަށް ހުއްޓައި، ޖެރާޑް ވަނީ ލިވަޕޫލްގެ ޔޫތު ޓީމުން ކޯޗިން ކެރިއަރު ފަށައި ފަހުން، ސްކޮޓްލެންޑްގެ ރޭންޖާސް، އިންގްލެންޑްގެ އެސްޓަން ވިލާ އަދި ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގަށް ކޯޗުކޮށްދީފަ އެވެ. ޖެރާޑް ބުނީ، ލިވަޕޫލް ދޫކޮށްލަން ނިންމީ، އެ ކްލަބުން ހުށަހެޅި އާ ކޮންޓްރެކްޓްގައި އެ ފަހަރު އޮތީ މާ ބޮޑަށް ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ނުވާތީ ކަމަށެވެ. އެކަމަކު، އެ ވަގުތު އެ ވަރުގެ ފުރުސަތެއް ކްލޮޕް ކޯޗަކަށް ހުއްޓައި ލިބުނު ނަމަ އޭގެ ބޭނުން ވެސް ހިފާނެ ކަމަށް ޖެރާޑް ވަނީ ބުނެފަ އެވެ. 

ލިވަޕޫލް 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. ކްލޮޕް ވަނީ، 2019 ވަނަ އަހަރު، ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. ކްލޮޕް، ލިވަޕޫލް ދޫކޮށްލީ، މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު، އެ ކްލަބްގައި ނުވަ އަހަރު ހޭދަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox