އާސެނަލްގެ ތަފާތު ފޯމު ކުރިއަށް، ލިވަޕޫލާއި ޗެލްސީ އަށް މޮޅެއް ނުލިބުނު

Sep 13, 2026, 1:59 AM
ސަންޑަލެންޑް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު ޖެހި ގިމާރޭސް އުފާފާޅުކުރަނީ.

ސަންޑަލެންޑް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު ޖެހި ގިމާރޭސް އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން 2-0 އިން ސަންޑަލެންޑް ބަލިކޮށް ފޯމު ދެމެހެއްޓިއިރު، ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުތަކުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ. 

ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުުވިއިރު، ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ލީޑުނެގި ނަމަވެސް ހަލް ސިޓީއާ 2-2 އިން އެއްވަަރުވެފަ އެވެ. 

ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކައި ހަވާޓްޒް އޯވަހެޑް ކިކަކުން ޖެހި ބޯޅައެއް ސަންޑަލެންޑްގެ ކީޕަރު، ރޮބިން ރޮފެސް ވަނީ މަތަކޮށްފަ އެވެ. 

Advertisement

ދެ ވަނަ ހާފުގައި ސަންޑަލެންޑަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެ ގޮތުން، އާސެނަލްގެ އެޒްރީ ކޮންސާ، އެ ޓީމުގެ އޭރިއާތެރެއިން، ސަންޑަލެންޑްގެ ޑަނިއަލް ބަލާޑަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި، ސަންޑަލެންޑްެގެ އެންޒޯ ލެ ފޭ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، އެޓޭކަށް ޖެހި އާސެނަލުން ވަނީ ލީޑުނަގައިފަ އެވެ. މިއީ، އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ބްރޫނޯ ގިމާރޭސް ޖެހި ގޯލެކެވެ. މިއީ، ނިއުކާސަލް ޔުނައިޓެޑް ދޫކޮށް އާސެނަލާ ގުޅުނު ފަހުން ގިމާރޭސް ޖެހި ފުރަތަމަ ގޯލެވެ. 

ސަންޑަލެންޑުން އެޓޭކަށް ޖެހިގެން އެއްވަރުކުރަން ކުރި މަސައްކަތުގައި އެ ޓީމުގެ ޑިފެންޑަރު، ނޯޑީ މުކިއޭލޭ ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ރާޔާ ވަނީ ހުއްޓުވަައިފަ އެވެ.

އާސެނަލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ބުކާޔޯ ސަކާ އަށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅައެއް ކީޕަރު ރޯފެސް ވަނީ މަތަކޮށްފަ އެވެ. ކައުންޓަ އެޓޭކުގައި އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި އާސެނަލުން ވަނީ ޕެނަލްޓީ އަކުން ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ސަކާ އަށް ރެއިނިލްޑޯ މަންޑާވާ ކުރި ފައުލަކަށް އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކާފައި ދިން ޕެނަލްޓީ އެކެވެ. ސަކާ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ކީޕަރު ރޯފެސް އަތުގައި ޖެހިފަ އެވެ. 

މި މޮޅާ އެކު، އާސެނަލުން މި ފަހަރުގެ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ހޯދި 12 ޕޮއިންޓާ އެކު އޮތީ އެއް ވަނައިގަ އެވެ. 

އެންމެ ފަހުން ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި އިޕްސްވިޗް ޓައުން އަތުން މޮޅުވެ، އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވި ނަމަވެސް، ފުލަމްއާ ދެކޮޅަށް ފެނުނީ ލިވަޕޫލް ފަރާތުން ދަށް ކުޅުމެކެވެ. އެ ގޮތުން، ފުރަތަަމަ ހާފުގައި ކޯނަރަކުން ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއި ނެގި ބޯޅައަކުން ވިކްޓަ މުނޯޒް ބޮލުން ޖެހި ބޯޅަ ހުރަސްދަނޑި އަށް އަމާޒުވީ، ފުލަމް ކީޕަރު ބާން ލެނޯ އަތުގައި ޖެހިފަ އެވެ. 

ދެ ވަނަ ހާފުގައި ލިވަޕޫލްގެ އަލެކްސަންޑަ އިސާކް ހަމަލާތަކެއް ފޮނުވާލިއިރު، ގޯލަކަށް ހަދާލެވޭ ގޮތެއްނުވި އެވެ. މި މެޗުގައި ފުލަމް އަށް ލަނޑު ޖަހައިދޭން ޖޯޝުއާ ކިންގް ޖެހި ޝޮޓެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މި މެޗުން ލިވަޕޫލް އެއްވަރުވިއިރު، މިއީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެ ޓީމު އެއްވަރުވި ހަތަރު ވަނަ މެޗެވެ. އެންމެ ފަހުން މި ފަދަ ރެކޯޑަކާ ކުރިމަތިލާން ޖެހުނީ 2011 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. 

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ޗެލްސީން ވަނީ ހަތް ވަނަ މިނިޓްގައި މޯގަން ރޮޖާސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ހަތް އަހަރަށް ފަހު މި ސީޒަނު ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ހަލް އިން ވަނީ އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، ހަލްގެ މުހައްމަދު ބެސޫމީ ވަނީ ހަ މިނިޓް ތެރޭ ދެ ލަނޑު ޖަހައިފަަ އެވެ. މިއާ އެކު، ޗެލްސީ ކޮޅަށް ލީގުގައި ޖެހިޖެހިގެން 20 މެޗުގައި މި ވަނީ ގޯލު ވަދެފަ އެވެ. މި ފަދަ ރެކޯޑަކާ ކުރިމަތިލާން ޖެހިފައި މި ވަނީ 65 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. 

މި މެޗުން ޗެލްސީ ބަލިނުވެ، ސަލާމަތްވީ ދެ ވަނަ ހާފުގައި ކޯލް ޕާމާ ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ ޖެހި ގޯލުންނެވެ. 

ލީގުގައި އެވަޓަންއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާސް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، ޓޮޓެންހަމް އަށް ލީގުގައި ފުރަތަމަ ހަތަރު މެޗު ނިމުުނުއިރު ވެސް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. މިއީ، މިދިޔަ 18 އަހަރު ތެރޭ ޓޮޓެންހަމް އިން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ. އަނެއްކޮޅުން، މިއީ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ކުޅުނު 140 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި ފުރަތަމަ މެޗެވެ. 

ޗެމްޕިއަންސް ލީގުގައި މޮޅުވި އެސްޓަން ވިލާ އިން ލީގުގައި އެ ފޯމު ކުރިއަށް ގެންދެވޭތޯ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެ ޓީމުން މި ފަހަރުގެ ލީގުގައި ފުރަތަމަ ލަނޑު ޖެހި ނަމަވެސް، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 2-1 އިން ބަލިވީ އެވެ. 

ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ކްރިސްޓަލް ޕެލަސް އަަތުން 3-2 އިން އިޕްސްވިޗް ޓައުން މޮޅުވިއިރު، ބްރެންޓްފޯޑާއި ބޯންމައުތު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox