ގަކްޕޯގެ އަނިޔާ ސީރިއަސްވުމުގެ ބިރު އެބައޮތް

Sep 29, 2026, 9:13 AM
ނެދަލެންޑްސް އިން މި ފަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ގަކްޕޯ.

ނެދަލެންޑްސް އިން މި ފަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ގަކްޕޯ.

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 29) - ޔުއެފާ ނޭޝަންސް ލީގުގައި އެންމެ ފަހުން، ނެދަލެންޑްސް އިން ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު، ކޯޑީ ގަކްޕޯ އަށް ލިބުނު އަނިޔާ ސީރިއަސް ވުމުގެ ބިރު އެބައޮތް ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ. 

ނެދަލެންޑްސް އިން ނޭޝަންސް ލީގުގައި ސާބިއާ އަތުން 2-1 އިން މޮޅުވި މެޗުގެ 17 ވަނަ މިނިޓްގައި ގަކްޕޯ ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އެއީ، ސާބިއާގެ ސާސާ ލުކިޗް ބޯޅަ ހޯދަން ކުރި ޓެކަލް އަކުން ގަކްޕޯގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާކެވެ. އޭގެ ސަބަބުން ގަކްޕޯ ބަދަލުކުރަން ޖެހުނުއިރު، އިންޓަނޭޝަނަލް ބްރޭކުގައި ބާކީ ނެދަލެންޑްސް އަށް އެއް މެޗު އޮއްވައި، ގަކްޕޯ ވަނީ އެނބުރި އޭނާ ކުޅެމުން އަންނަ ކްލަބް ލިވަޕޫލަށް އައިސްފަ އެވެ. 

ސާބިއާ މެޗަށް ފަހު، ނެދަލެންޑްސްގެ ކޯޗު، ޒަވީ ހެނާންޑޭޒް ވަނީ ގަކްޕޯގެ އަނިޔާއާ ގުޅޭ ގޮތުން އަމާޒުވި ސުވާލުތަކަށް ޖަވާބުދީފަ އެެވެ. ޒަވީ ބުނީ، ލިބުނު އަނިޔާ އަކީ ކުޑަ ހުޅަށް ދިމާވި ކަމެއް ކަމަށްވާތީވެ، ކުޅުމާ ދުރަށް ދާން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް އެނގޭނީ ޓެސްޓްތަކެއް ހަދައި، ފުރިހަމަ އަށް ކަންކަން ބަލައިގެން ކަމަށެވެ. 

Advertisement

އެ ގޮތުން، ފުރަތަމަ ހެދި ޓެސްޓްތަކުން ގަކްޕޯގެ ކުޑަ ހުޅަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ބެލެވޭތީވެ، އޭނާ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލުމަށް ނެދަލެންޑްސްގެ ޑޮކްޓަރުންނާއި ލިވަޕޫލްގެ މެޑިކަލް ޑިޕާޓްމަންޓުން ނިންމީ އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި، 100 މިލިއަން ޑޮލަރަށް މެންޗެސްޓާ ސިޓީ އަށް ބަދަލުވުމާ ގާތަށް ދިޔަ ގަކްޕޯ، ލިވަޕޫލްގައި މަޑުކޮށް، އެ ޓީމުގެ ކޯޗު އަންޑޯނީ އިރައޯލާގެ ޕްލޭނުގެ މުހިންމު ކުޅުންތެރިއަކަށް ވަނީ ވެފަ އެވެ. ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގަކްޕޯ އަށް މަހެއްހާ ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ފުރުސަތު އެބައޮތެވެ. 

އިންޓަނޭޝަނަލް ބްރޭކަށް ފަހު ލިވަޕޫލުން އެންމެ ފުރަތަމަ ކުޅެން ޖެހޭ މެޗަކީ، އިނގިރޭސި ޕްރިމިއާ ލީގުަގަައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. 

މީގެ ތިން އަހަރު ކުރިން، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި، ޕީއެސްވީ އައިންދޯވަން ދޫކޮށް، ލިވަޕޫލަށް ގަކްޕޯ ސޮއިކުރީ 50 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ގަކްޕޯ، އެންމެ ފަހުން، ލިވަޕޫލާ އެކު ސޮއިކުރި ކޮންޓްރެކްޓް އޮތީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ގަކްޕޯ ވަނީ ލިވަޕޫލަށް 51 ގޯލު ޖަހައިދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox