ލިވަޕޫލްގެ ކީޕަރު އެލިސަން 10،000 ޑޮލަރުން ޖޫރިމަނާކޮށްފި

Sep 11, 2026, 8:46 AM
ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ.

ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ.

ލިވަޕޫލް (ސެޕްޓެމްބަރު 11) - ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާ، 10،000 ޑޮލަރުން ޖޫރިމަނާކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ. 

އެލިސަން އަށް އަދަބުދޭން ނިންމީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގަައި 2-2 އިން ނޮޓިންހަމް ފޮރެސްޓާ ކުޅުނު މެޗުގައި ހިނގައިދިޔަ ކަމަކުންނެވެ. އެ ގޮތުން، އެ މެޗުގައި ނޮޓިންހަމް ފޮރެސްޓުން ލީޑުނެގި ގޯލަކީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި، އެލިސަން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެެކެވެ. 

ލިވަޕޫލުން ތިން ބަދަލެއް ގެންނަން މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅެއްގައި ހަތަރު ވަނަ އޮފިޝަލަށް ކުޅުންތެރިން ބަދަލުކުރަން ބޭނުންކުރާ ބޯޑު (ޗޭންޖިން ބޯޑް) ސެޓު ނުކުރެވި ވަގުތުތަކެއް ގެއްލިދިޔައިރު، ފޮރެސްޓުން ވަނީ އެ ވަގުތުގެ ތެރޭގައި ޕެނަލްޓީ އަކުން ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. މިއީ، ލިވަޕޫލްގެ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު އެލިސަން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފޮރެސްޓުގެ ވިލިއަމްސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ވައްދާލީ ގިބްސް-ވައިޓް އެވެ. 

Advertisement

މެޗަށް ފަހު، އެލިސަން ދަނޑުން ފައިބައިގެން، ޓަނަލް އަށް ވަންނަން އައި ވަގުތުގައި، ޗޭންޖިން ބޯޑު އެ ތަނުގައި އޮއްވައި އެލިސަން ވަނީ ފައިން ޖަހައި ބޯޑު ހަލާކުކޮށްލައިފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު، އެލިސަން އަށް 10،000 ޑޮލަރުގެ ޖޫރިމަނާއެއް ދޭން ވަނީ ނިންމައިފަ އެވެ. 

ވިލިއަމްސް އަށް ކުރި ފައުލަށް ޕެނަލްޓީ އެއް ދޭން ނިންމި ނިންމުން ގޯސްކަމަށް ގިނަ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox