ލިވަޕޫލުން އެތުލެޓިކޯ ބަލިކުރިއިރު، ނަޕޯލީ އަތުން އާސެނަލް މޮޅު

ލިވަޕޫލްގެ މެކް އަލިސްޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލްގެ މެކް އަލިސްޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލް (ސެޕްޓެމްބަރު 10) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކުރިއިރު، ނަޕޯލީ އަތުން އާސެނަލް 1-0 އިން މޮޅުވެއްޖެ އެވެ. 

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލިވަޕޫލުން މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ލިވަޕޫލްގެ ފޯވާޑް، އަލެކްސަންޑަ އިސާކަށް އެތުލެޓިކޯ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އަދި، ފުރަތަމަ ފަަހަރަށް ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު، ބްރެޑްލީ ބާކޮލާ ޖެހި ޝޮޓެއް އެތުލެޓިކޯ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. 

އެތުލެޓިކޯ އިން ލީޑުނެގީ 17 ވަނަ މިނިޓްގައި މާކޯސް ލޮރެންޓޭ ޖެހި ގޯލުންނެވެ. ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން ލޮރެންޓޭ މި ލަނޑު ޖެހިއިރު، މިއި، ލިވަޕޫލާ ދެކޮޅަށް ކުޅުނު ތިން މެޗުން ލޮރެންޓޭ ޖެހި ފަސް ވަނަ ގޯލެވެ. މި ހުރިހާ ލަނޑެއް ވެސް ޖެހީ ލިވަޕޫލް ދަނޑުގަ އެވެ. އެތުލެޓިކޯ އަށް ލީޑުފުޅާކޮށްދޭން އަލްވަރޭޒް ޖެހި ޝޮޓެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް އެއްވަރުކޮށްދިނީ ޑޮމިނިކް ސޮބޯސްލާއި އެވެ. މިއީ، އެތުލެޓިކޯ އޭރިއާތެރެއިން ލިވަޕޫލްގެ ރޮނާލްްޑް އަރައުހޯ ދިން ބޯޅައަކުން ސޮބޯސްލާއި ތިރިތިރިން ގޯލަށް ބޯޅަ ފޮުނުވާލައިގެން ޖެހި ގޯލެކެެވެ. ދެ ވަނަ ހާފު ފަށައިގެން އިރުކޮޅެއްގެ ތެރޭގައި، ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ދިން ބޯޅައަކަށް އަރައި، ބާކޮލާ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިންނެވެ. މެޗުގެ ފަހުކޮޅުގައި، އަނިޔާގެ ކަމެއް ދިމާވެގެން ބާކޮލާ ބަދަލުކުރި އެވެ. 

މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ 50 ވަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާ އެވެ. މިއީ، އިސާކް ދިން ބޯޅައަަކުން އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެކް އަލިސްޓާ ޖެހި ލަނޑެކެވެ. 

ލިވަޕޫލާ މި ސީޒަނުގައި ހަވާލުވި ކޯޗު އަންޑޯނީ އިރައޯލާ، ފުރަތަމަ ފަހަރަށް ކޯޗިން ކެރިއަރުގައި ޗެމްޕިއަންސް ލީގުގެ މެޗެއްގައި ނުކުމެ މި ވަނީ މޮޅުވެފަ އެވެ. އަނެއްކޮޅުން، ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގަައި އެތުލެޓިކޯ އަތުން ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި ފުރަތަމަ ޓީމެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލުން ވަނީ ކޮންޓްރޯލް ނަގައިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގައި، އާސެނަލަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ހިފޭގޮތެއް ނުވި އެވެ. 

މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިިނިޓަށް ވެފައި ހުއްޓަ އެވެ. މި ސީޒަނުގައި އާސެނަލާ ގުޅުމަށް ފަހު، ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކްރިސްޓޯސް ޒޯލިސް ދިން ބޯޅައަކުން މި ލަނޑު ޖެހީ، މި ސީޒަނުގައި ލަނޑު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި އާސެނަލްގެ ކެޕްޓަން، މާޓީން އޮޑެގާޑް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox