ލިވަޕޫލުން ޓޮޓެންހަމް ބަލިކުރިއިރު، އާސެނަލް ވެސް އަނެއް ބުރަށް

Sep 16, 2026, 8:41 AM
ސޮބޯސްލާއި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސޮބޯސްލާއި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލް (ސެޕްޓެމްބަރު 16) - އިނގިރޭސި ލީގު ކަޕް ތިން ވަނަ ބުރުގައި ރޭ ލިވަޕޫލުން 3-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރިއިރު، އިޕްސްވިޗް ޓައުން 4-2 އިން ބަލިކޮށް އާސެނަލުން ވެސް މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފި އެވެ. 

އެންފީލްޑް ސްޓޭޑިއަމްގައި ރޭ ލިވަޕޫލުން ނުކުތީ އެންމެ ފަހުން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް 10 ބަދަލެއް ގެނެސްގެންނެވެ. ރޮނާލްޑް އަރައުހޯ ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިން ވަނީ ބަދަލުކޮށްފަ އެވެ. ޓޮޓެންހަމް އަށް ރޭގެ މެޗުގައި ލީޑުނަގަން ލިބުނު ރަނުގެ ފުރުސަތެއްގައި އޭރިއާތެރެއިން ސްޓީވް ބާގްވެލް ޖެހި ބޯޅަ ލިވަޕޫލްގެ ގޯލުގައި ހުރި ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަަތަކޮށްފަ އެވެ. 

ލިވަޕޫލުން ލީޑުނެގީ 21 ވަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާ ގޯލުގެ މަތީ ކަނަށް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ މެކް އަލިސްޓާ ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ވަނީ ލަނޑު ޖަހައި ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. 

Advertisement

މެޗުގެ 69 ވަނަ މިނިޓްގައި ޓޮޓެންހަމްގެ މަޓެއުސް ފެނާންޑޭސް ނެގި ކޯނަރަކުން ކޮނާ ގަލަގާ ބޮލުން ޖެހި ގޯލުން އުންމީދެއް ހޯދި ޓޮޓެންހަމް އިން އެއްވަރުކުރަން އޮމަރު މާމޫޝް އާއި މުހައްމަދު ކުޑޫސް ފޮނުވާލި ބޯޅަތައް ލިވަޕޫލްގެ ކީޕަރު، މަމަޑާޝްވިލީ ވަނީ މަތަކޮށްފައެވެ. 

ލިވަޕޫލަށް އަނެއް ބުރުގެ ޖާގަ ކަށަވަރުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޑޮމިނިކް ސޮބޯސްލާއި އެވެ. ހާފުގެ މެދެެއްހާ ހިސާބުން ސޮބޯސްލާއި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ނަތީޖާއާ އެކު، ލިވަޕޫލުން މި ވަނީ ޖެހިޖެހިގެން އަށް ސީޒަނުގައި ލީގު ކަޕްގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ގިނަ ބަދަލުތަކާ އެކު ރޭގެ މެޗުގައި ކުޅުނު އާސެނަލުން ފުރަތަމަ 16 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ހަތް ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހީ 16 އަހަރުގެ މެކްސް ޑައުމަން އެވެ. އަދި، 16 ވަނަ މިނިޓްގައި ނޯނީ މަޑުއޭކޭ ޖެހި ގޯލުން ދެ ލަނޑުގެ ލީޑެއް ނަގައި، އެ ނަތީޖާގައި އާސެނަލުން ފުރަތަމަ ހާފު ނިންމާލި އެވެ. އަދި، ދެ ވަނަ ހާފުގެ ދެ މިނިޓް ތެރޭ ޑައުމަން އިތުރު ލަނޑެއް ޖަހައި، އާސެނަލަށް ހަމަޖެހުމެއް ހޯދައިދިނެވެ. 

މެޗުގެ 58 ވަނަ މިނިޓްގައި މިކޭލް މެރީނޯ، އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، މެޗުގައި އިޕްސްވިޗުން ޖެހި ދެ ގޯލު ވެސް ޖެހީ އޭގެ ފަހުންނެވެ. އެ ގޮތުން، 62 ވަނަ މިނިޓްގައި އިޕްސްވިޗުގެ ފުރަތަމަ ލަނޑު ޖެހީ އަނީސް މެހްމޭތީ އެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އިޕްސްވިޗްގެ ދެ ވަނަ ގޯލު ޖެހީ، ޗޫބާ އަކްޕޮމް އެވެ. 

ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރެންޓްފޯޑުން ވަނީ 2-1 އިން ރެޑިން ބަލިކޮށްފަ އެވެ. އަދި، ފުލަމް އިން ވަނީ 3-2 އިން ވެސްްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox