އިގުތިސޯދު ފުޅާކުރަން އެންމެ މުހިންމީ ތިލަފުށި ޕޯޓު މަޝްރޫއު: މުއިއްޒު

މުއިއްޒު ތިލަފުށި ބަނދަރުގެ މަސައްކަތް ބައްލަވާލައްވަނީ: ބޯޑުން އެ ފެންނަނީ އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާ ފިޔަވަހީގެ ޕްލޭން --- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ތިލަފުށި ބަނދަރުގެ މަސައްކަތް ބައްލަވާލައްވަނީ: ބޯޑުން އެ ފެންނަނީ އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާ ފިޔަވަހީގެ ޕްލޭން --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ފަށާފައިވާ ތިލަފުށީ ޕޯޓުގެ މަޝްރޫއަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއު ކަމަށާއި އިގުތިސޯދު ފުޅާކުރަން އެންމެ މުހިންމީ އެ ޕޯޓުގެ މަސައްކަތް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ތިލަފުށީގައި ތަރައްގީކުރަމުން އަންނަ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި، އަމާޒަކީ ކުރިން ވެސް ރާވާފައިވާ ގޮތަށް އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި، ތިލަފުށީ ބަނދަރު ބޭނުންކުރަން ފެށުން ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތިލަފުށީ ޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފުރަތަމަ ފިޔަވައްސެވެ.

މި ފިޔަވަހީގައި ހިމެނެނީ ބޭރުން އަންނަ އާގުބޯޓުތަކަށް ކައިރިކުރެވޭ ވަރުގެ ވާޓަރެއް (ކީވޯލްއެއް) ތަރައްގީކުރުމާއި، ބަނދަރަށް ކޮންމެހެން ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުުމުގެ އިތުރުން މާލޭ ސައުތު ވެސްޓު ހާބަރު ސަރަހައްދު ތަރައްގީކުރުމެވެ. ސަރުކާރުން ބުނެފައި ވަނީ މި ފިޔަވަހި ނިމުމުން މާލޭގައި ހުންނަ ވިޔަފާރި ބަނދަރު (މާލޭ ކޮމާޝަލް ހާބަރު) ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. 

ރާއްޖޭގެ ވިޔަފާރި ބަނދަރު 2027 ގައި ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފި

މުއިއްޒު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ތިލަފުށީ ބަނދަރު ތަރައްގީކުރަން ފެށީ މާލޭގައި އޮތް ޕޯޓު ސަރަހައްދަކީ، ސަރުކާރުން ބޭނުންވާ މިންވަރަށް އިގުތިސޯދު ކުރިއަރުވަން އެކަށީގެންވާ ތަނަކަށް ނުވާތީ ކަމަށެވެ.

އެ ގޮތުން މިހާރު މަސައްކަތް ހިނގަމުންދާ ފިޔަވަހި ނިމުމުން މާލޭގައި އޮތް ބަނދަރަށް ވުރެ ޖާގައިގެ ގޮތުންތާއި ވަސީލަތުގެ ގޮތުން މާ ތަނަވަސް ޕޯޓެއް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއާއެކީ، ވިޔަފާރިތަކަށް ވަރަށް ބޮޑު ދޮރެއް ހުޅުވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ހަގީގަތުގައި މިހާރު ރާއްޖެ އިގުތިސޯދު ފުޅާކުރުމަށްޓަކައި އަޅުގަނޑުމެންގެ އުފެއްދުންތެރިކަން މައްޗަށް ގެންދިއުމުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް، ހުރިހާ ގޮތަކުން ބަލާއިރުވެސް މިހާރު އެންމެ މުހިންމު މަޝްރޫއޫ،" މުއިއްޒު ވިދާޅުވި އެވެ. 

ގާތްގަނޑަކަށް 225 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާކުރެވޭ ތިލަފުށީ ޕޯޓު ފަރުމާކުރުމުން ފެށިގެން މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބާ އިންޖިއަރިން ކޯޕަރޭޝަން (ސީއެޗްއީސީ)އާ އެވެ.

ތިލަފުށީ ވިޔަފާރި ބަނދަރުގެ ކީ ވޯލްގެ ބައިތަކެއް ހަދަން ސީއެޗްއީސީއާ ހަވާލުކޮށްފި

ތިލަފުށީ ވިޔަފާރި ބަނދަރުގެ ބައިނަލްއަގުވާމީ އަދި ދާޚިލީ ކީ ވޯލް ހެދުމުގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އެމްޕީއެލް އިން ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ބޮޑެތި ބޯޓުފަހަރާއި އަތޮޅުތެރޭގެ އުޅަނދުތަކަށް ޚާއްސަ ފުން ބަނދަރެއް ތަރައްގީކޮށް، މުދާ އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ރޭވިފައެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށް ބެލެވޭ މި ބަނދަރުގެ އެކި މަސައްކަތްތައް ސީއެޗްއީސީގެ އިތުރުން އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފައެވެ.

އެހެން ބައެއް މަސައްކަތްތައް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އަދި، ބަނދަރުގެ އެހެން ބައެއް އިމާރާތްތައް ތަރައްގީކުރަން ޝައުގުވެރިކަން ހުރި ބަޔަކު އެކަމަށް އެދި ހުށަހަޅަން ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ތިލަފުށީ ޕޯޓު ޕްރޮޖެކްޓުގައި އިސްކޮށް އުޅޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ 10 ހެކްޓަރުގެ ބިމެއްގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ ހުރިހާ ފިޔަވަހިތަކެއް ނިމުމުން، އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ވެސް މަގަތުފާލަމާ ކައިރި ކުރެވޭނެ ކަމަށެވެ. އޭރުން ބޭރު އެންކަރުގައި ބާއްވައިގެން ކޮންޓޭނަރުތައް ބޭލުން ނިމުމަކަށް ގެނެސް، ބޯޓު ހުސްކުރަން ނަގާ މުއްދަތު ހަތް ދުވަހުން ދެ ދުވަހަށް މަދު ކުރެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

މި ބަނދަރާއެކީ،  މިހާރު ބޭނުންކުރަމުން އަންނަ 40 އަހަރު ވާން ގާތްވެފައިވާ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox