ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން: ދީދީ

ޑރ. އަހްމަދު އަބްދުﷲ ދީދީ

ޑރ. އަހްމަދު އަބްދުﷲ ދީދީ

ރަސްމާލޭގައި ޣައިރު މުސްލިމުން ހިމެނޭހެން ބިދޭސީން ގަރުނަކަށް ފަހު ގަރުނަކަށް ދެމިގެންދާ ގޮތަށް ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި އެއީ ހަމައެކަނި ރައްޔިތުންނަށް ލިބިގެންވާ ބާރެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދައުލަތުން ހަރަދުކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލަމުން އަންނައިރު ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ އެ ތަނުގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި އުޅެވޭ ގޮތަށް އެއްބަސްވުން އެކުލަވާލާތީ އެވެ.

އެ މައްސަލާގައި ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވަން އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފުން އޮތީ ތާއިދުކޮށްފަ އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ އެކަމާ ގުޅިގެން ސަލަފު ޖަމްއިއްޔާގެ މެންޑޭޓާއި މެދު ސުވާލު އުފަދައްވާފަ އެވެ. 

Advertisement

"ރަސްމާލޭ ގައި ބިދޭސީން ޤަރުނަކަށް ފަހު ގަރުނަކަށް ދެމިގެންދާ ގޮތަށް ޣައިރު މުސްލިމުން ހިމެނޭހެން، ބިދޭސީން ވަޒަންވެރި ކުރުވުމަކީ 5 އަހަރުގެ މުއްދަތަށް ވެރިކަންހިންގުމުގެ ބާރު ރައްޔިތުން ހަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށާ، އޭނާގެ ސަރުކާރަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން."

ދީދީ ވިދާޅުވީ އެ ބާރަކީ ހަމައެކަނި ސިޔާދަތުގެ ވެރިންކަމުގައިވާ ރައްޔިތުންގެ ބާރެކެވެ. އޭގެ އިތުރުން ސަލަފު ޖަމިއްޔާގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރުން ކަށަވަރުކޮށްދޭން އެދިފައިވާ ކަންކަމަކީ ސަރުކާރަށް ކަށަވަރުކޮށްދޭން ޖެހޭ ކަންކަން ކަމަށް ދީދީ ވިދާޅުވި އެވެ. 

"ސަލަފުގެ އިލްމުވެރިންގެ އިހްލާސްތެރިކަމެއް އޮތްނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމީ ވަހުދަތު ގެއްލިގެން ހިނގައިދާނެ ފަދަ ކަންކަމުން ދުރުވެ، ދައުލަތާއި ރައްޔިތުންނަށް ހިޔާނާތްތެރި ނުވުމަށް ރައީސް މުއިއްޒަށާއި ސަރުކާރަށް ގޮވާލީސްކަން ކަށަވަރު." ދީދީ ވިދާޅުވި އެވެ.

ސަލަފުން ނެރެފައިވާ ބަޔާނުގައި އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތް ކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތް ކުރުން ހިމެނެއެވެ.

އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ތާއީދުކޮށް ސަލަފުން ބަޔާނެއް އާންމު ކުރީ އިޒްރޭލާއި ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަން ސަރުކާރުން ނިންމި ނިންމުން ދިރާސާ ކުރުމަށްފަހު އެވެ. 

ސަލަފުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމުގެ ކުރިން ރާއްޖޭގައި އިސްލާމީ ދައުލަތެއް ހިނގާނެކަން ހިމެނޭ ގޮތަށް ބައެއް މުހިންމު ކަންކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. 

ރަސްމާލޭގެ އެއްވެސް ތަނެއް އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިޒްރޭލުގެ ރައްޔިތަކަށް ވަޒަންވެރި ނުވެވޭނެ ގޮތެއް ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރަސްމާލެ މަޝްރޫއިން ދިވެހި ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭނެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފި އެވެ. 

އޭގެ އިތުރުން، އެފަދަ މަޝްރޫއުއެއް ކުރިއަށްގެންދިޔުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ހޯދުމަށް ސަލަފުގެ ބަޔާނުގައި އޮތީ ސަރުކާރަށް ގޮވާލައިފަ އެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

ހުލާސާކޮށް އިއްޔެ: އަންނަ އަހަރުގެ ބަޖެޓު އަދި ސަލަފުގެ ނިންމުން

ސަރުކާރުން އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ބައިނަލްއަގުވާމީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ދުވެލި މަޑުޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރަސްމާލެ މަޝްރޫއު ބޭރު ކުންފުންޏަކާ ހަވާލުކުރުމާ މެދު ސިޔާސީ އަދި ދީނީ ފަރާތްތަކުގެ މެދުގައި ބަހުސްތަކެއް އުފެދިފައިވާއިރު، ސަރުކާރުން ވަނީ ތަރައްގީގެ އާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށް އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox