މުއިއްޒު އާއި އުޝާމް އަދި މުއްތޮލިބަކީ ކުށްވެރިން: ޔާމީން

Sep 27, 2026, 11:07 PM
ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް، ރާއްޖޭގައި އިންވެސްޓުކުރާ އަލް އައްބާރު އަދި ރައީސް މުހައްމަދު މުއިއްޒު.

ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް، ރާއްޖޭގައި އިންވެސްޓުކުރާ އަލް އައްބާރު އަދި ރައީސް މުހައްމަދު މުއިއްޒު.

ޔަހޫދީން ވަޒަންވެރިކުރުވުމަށް ރަސްމާލެ ދޫކޮށްލުމަކީ ނުރައްކަލަކަށް ގައުމު ވައްޓާލުން ކަމަށާއި މި މުއާމަލާތް ހިންގުމުގައި ރައީސް މުހައްމަދު މުއިއްޒު އާއި މިނިސްޓަރު އަބްދުﷲ މުއްތޮލިބު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެފައިވާތީ އެއީ ކުށްވެރިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޔަހޫދީންނަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ރުޅިއަންނަ ބަޔަކަށް ވުމުން، ރާއްޖޭގައި އެ މީހުން ވަޒަންވެރިކުރުވުމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

ޔަހޫދީން ދެކެ އަންނަ ރުޅީގެ ސަބަބުން އެހެން ގައުމުތަކުގައި ހަމަލާތައް ދެމުންދާކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ ރަސްމާލޭގައި ޔަހޫދީން އާބާދުކޮށްފި ނަމަ އެފަދަ ކަންކަން ހިނގުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ރަސްމާލެ މަޝްރޫއަކީ ދިގު މުއްދަތަކަށް ދިވެހިންނަށް ފައިދާވާނެ މަޝްރޫއެއް ނޫން ކަމަށާއި، މުއިއްޒުގެ ވެރިކަން ނިމުމާއެކު މި މަޝްރޫއު ހުއްޓުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިވަރުގެ ކަންތައްތަކުގައި [ރަސްމާލެ މަޝްރޫއު] ސަލާމަތީ ދެ ބާރަށް ބުނަން ކެރެންވާނެ، ގާނޫނުން އެ މީހުންނަށް ލާޒިމުކުރޭ ރައީސުލްޖުމްހޫރިއްޔާ ކައިރީގައި ބުނަން ތިކަން ކޮށްގެން ނުވާނެއޭ. އެ މީހުން ކުރަންޖެހޭނެ އެކަން. އެއީ އެ މީހުންގެ ގާނޫނީ ޒިންމާއެއް،" ޔާމީން ވިދާޅުވި އެވެ.

 އދ. ގެ އާންމު ޖަލްސާގައި ނައިބު ރައީސް ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކެވިއިރު، އަދި ފަލަސްތީނަށްޓަކައި މުއިއްޒު ކަރުނައަޅައި ރޯއިރު، ޔަހޫދީންނަށް ރަސްމާލެއިން ބިން ވިއްކައި ވަޒަންވެރިކުރުވުމަށް މަސައްކަތް ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. 

ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކޮށްފައި، ބާކީ ބައިގައި ދިވެހިން ވަޒަންވެރިކުރުވިޔަސް އެ ތަނުގައި ދިރިއުޅެން ދާނެ ދިވެއްސަކު ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެ ތަނަށް ޔަހޫދީންނާއެކު ކޯހެބިޓްކުރަން، ވަޒަންވެރިވާން އެ ތަނަށް ދާނެ ހަމަ އެއްވެސް މީހެއް ނުހުންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ބުނި ގޮތަކަށް، ބުނި ކަމެއް ކޮށްދޭން ތިބި އިސް ވަޒީރުންގެ ތެރޭގައި އެންމެ ގާތް ދެ މީހުންނަކީ އުޝާމް އާއި މުއްތޮލިބު ކަމަށާއި، މި މުއާމަލާތް ހިންގުން "މި ކަމުގައި މި މީހުންނާ ގާނޫނު އަރާހަމަކުރާނެ" ކަމަށް ޔާމީން ވިދާޅުވިއެވެ.

"އޭގައި ހަމަ މުއިއްޒާ އެއްވަރަށް  ބައިވެރިވާ ކުށްވެރިން މި މީހުންނަކީ އިނގޭތޯ. އެއީ ގާނޫނުއަސާސީގައި މި އޮންނަނީ މިވަރުގެ ބޮޑެތި ކަންތައްތައް ނިންމާއިރު ކެބިނެޓަށް ގެންދިއުމުގެ އިތުރަށް ހާއްސަކޮށް ބަންޑާރަ ނައިބުގެ ލަފާ ހޯދަންވާނެ،"ރަސްމާލެ ދޫކޮށްލާއިރު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ވެސް އަހަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް މި ދީފައި އޮންނަ އިހުތިޔާރުތަކުގެ ތެރޭގައި އެބައޮވޭ މި ކަހަލަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެރުމުގެ ބާރު އެބައޮވޭ އިނގޭތޯ،"

މި މަޝްރޫއުއާ ދެކޮޅަށް ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޝުއޫރު ފާޅުކުރަމުން ދަނިކޮށް، އީގަލް ހިލްސް ވަނީ އެ ކުންފުނިން ޕްރޮޖެކްޓާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން ބަދަލުކޮށްފަ އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެ ދެނީ ކުއްޔަށް ކަމަށާއި ދެނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް ރަސްމާލޭގެ ހުރިހާ ޕްރޮޕަޓީއެއް ޓްރާންސްފާ އަދި ވާރުތަ ކުރެވޭނެ ކަމަށާއި އެއިން ކޮންމެ ފަހަރަކު 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ ކަމަށް އީގަލް ހިލްސް އިން ވެސް ބުނެ އެވެ. 

އީގަލް ހިލްސް އިން މިއަދު ބަދަލު ކުރީ ރަސްމާލެ ޕްރޮޖެކްޓުގައި ސޮއި ކުރި ދުވަހު ސެޕްޓެމްބަރު 21، ގައި ނެރުނު ނޫސް ބަޔާނެވެ. ބަދަލު ކުރީ 99 އަހަރަށް ބިން ލިބުމާއި ކޮންމެ ޓްރާންސްފާއަކާއެކު 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ ކަމަށް ބުނާ ބަޔެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox