އަސްލަމް، ރީކޯ މޫސަ، ފަލާހު އަދި ޑރ. ޑީޑީ ހިމެނޭހެން ކުރިން ވިދާލި ގިނަ ނަންތަކަކަށް އިންތިހާބު ނާކާމިޔާބުވެއްޖެ

Nov 28, 2026, 8:47 PM
މަޖިލީހުގެ ކުރީގެ ރައީސް އަސްލަމް -- ފޮޓޯ: އަދަދު ފައިލް

މަޖިލީހުގެ ކުރީގެ ރައީސް އަސްލަމް -- ފޮޓޯ: އަދަދު ފައިލް

އިއްޔެ ކުރިއަށްދިޔަ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، ޕާޓީ ތެރޭގައި ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމީޔާބީއާ ކުރިމަތިލާންޖެހިއްޖެ އެވެ. 

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ. 

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހުންނެވި އަސްލަމް ވާދަ ކުރެއްވީ އައްޑޫ ސިޓީގެ ފަސް ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. މޫސަ އާއި ފަލާހު އަދި ޑީޑީ ވާދަ ކުރެއްވީ ގައުމީ މަޖިލީހުގެ މާލޭ ގޮނޑިތަކަށެވެ. އައްޑޫއިން ފަސް މެންބަރުން އިންތިހާބު ކުރިއިރު މާލެއިން 16 މެންބަރުން އިންތިހާބު ކުރި އެވެ. 

އިއްޔެ ބޭއްވި އިންތިހާބުގައި ގައުމީ މަޖިލީހުގެ މެޖޯރިޓީ ނަގާފައި ވަނީ "ބޮޑު ބަދަލު" ޓީމުންނެވެ. މާލެ އާއި އައްޑޫ ސިޓީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ވެސް ނެގީ ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ޓީމުންނެވެ. 

އިންތިހާބުން ބަލިވި ހުރިހާބޭފުޅުން ވެސް ގަބޫލުކުރަންވީ ހަގީގަތަކީ ޕާޓީ ބަދަލުކުރުމާ އާއިލީ ތަޅާފޮޅުމާއި ރޫޅާރޭވުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނަ އިޖާބަ ދޭ ކަމެއްކަން. އެއްވެސް ޕާޓީއެއްގެ ނަމުގާ އަނބިދަރިންނާ އާއލާ ބިކަކޮށް މާގަދަ މީހަކަށް ވާން އުޅޭނެ ކަމެއް ނެތްކަން. ނާކާމިޔާބީގާ 21 އަހަރުވީ ތަޖުރިބާ 42 ފަހަރަށް ތަޖުރިބާކުރުމަކީ ހަމަބުއްދި ހުރި މީހަކު ކުރާވަރު ކަމެއް ނޫން،" މޫސަ ވިދާޅުވެފައިވެ އެވެ. 

އިންތިހާބުން ލިބުނު ނާކާމިޔާބީއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، ނާކާމިޔާބީގައި 21 އަހަރުވީ ތަޖުރިބާ 42 ފަހަރު ތަޖުރިބާ ކުރުމަކީ ހަމަ ބުއްދި ހުރި މީހަކު ކުރާވަރު ކަމެއް ނޫން ކަމަށެވެ. 

އިންތިހާބުން ލިބިވަޑައިގެންނެވި ކާމީޔާބީއަށްފަހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން "ބޮޑު ބަދަލަށް" ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ހާމަވެއްޖެ ކަމަށެވެ. 

"މި އިންތިހާބުގައި ބޮޑު ބަދަލުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިދެއްވީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވަން. މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް،" ފައްޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

މޮޓޯސައިކަލް ޓެކްނީޝަން ސްކިލް މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފި

އިންޑޮނޭޝިއާގައި ބޭއްވި 9 ވަނަ "އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓް" ގައި ޝީޝާގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފިއެވެ. 10 ގައުމެއްގެ މޮޅު ޓެކްނީޝަނުންނާ ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ޝީޝާގެ ޗީފް ޓެކްނީޝަން ޗަންދަނާ ދިނިދޫ ކުމާރާއެވެ. ޝީޝާގެ އަމާޒަކީ މިފަދަ ފުރުސަތުތަކުގެ އެހީގައި މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ދިވެހި ޓެކްނީޝަނުން ބިނާކޮށް، ޒުވާނުންނަށް މިއީ ކުރިއަށްދެވޭނެ ރަނގަޅު ދާއިރާއެއްކަން ދައްކުވައިދިނުމެވެ.

Newsletter

Get the latest news delivered straight to your inbox