އެމްޑީޕީ އިންތިހާބު: ބޮޑު ތަފާތަކުން މާލޭގެ މެޖޯރިޓީ "ބޮޑު ބަދަލު" ޓީމުން ކަށަވަރުކޮށްފި

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި މާލޭ ސިޓީގެ މެޖޯރިޓީ "ބޮޑު ބަދަލު" ޓީމުން، ބޮޑުތަނުން ކަށަވަރުކޮށްފި އެވެ.

ގައުމީ މަޖިލީހުގެ މާލޭ ދާއިރާއަށް 16 މެންބަރަކު އިންތިހާބު ކުރެ އެވެ. މިހާތަނަށް ލިބުނު ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ބޮޑު ބަދަލުގެ 11 މެންބަރަކު ވަނީ އެ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. 

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 68 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ. 

  1. އީވާ އަބްދުﷲ
  2. މާރިޔާ އަހުމަދު ދީދީ
  3. އިމްތިޔާޒް ފަހުމީ
  4. ހަސަން ލަތީފް
  5. ޒިދްނާ އަލިމަނިކު
  6. އަލީ އާޒިމް
  7. މުހައްމަދު ޒިޔާދު (ޒިޔައްޓޭ)
  8. މުހައްމަދު ރަޝީދު (ބޯދިގު)
  9. އަހުމަދު ހަލީމް (ދޮންބިލެތް)
  10. އިބްރާހިމް މުއިއްޒު
  11. މުހައްމަދު ރިލްވާން އަލީ

މާލޭގެ ބާކީ ތިން ގޮނޑިއަށް ހޮވުނީ "ޓީމް އެމްޑީޕީ" ގެ ނަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ނުކުތް ޓީމަށެވެ. އެއީ:

  1. އިފްހާމް ހުސެއިން
  2. އަހުމަދު މައިމޫން
  3. އައިޝަތު ހަނާ
  4. އިބްރާހިމް ލަބާން ޝަރީފް

އެހެނިހެން 

  1. ހުސެއިން އަމްރު

އޭގެ އިތުރުން، މިހާތަނަށް ޓެލީ ކުރެވިފައިވާ މުޅި އިންތިހާބުގެ ނަތީޖާތައް ވެސް ބުރަވަނީ "ބޮޑު ބަދަލު" ޓީމަށެވެ. އަދި ގައުމީ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފައިވާކަން ފައްޔާޒް ވަނީ މިހާރު އިއުލާނު ވެސް ކުރައްވައިފަ އެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން "ބޮޑު ބަދަލަށް" ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ހާމަވެއްޖެ ކަމަށެވެ. 

"މި އިންތިހާބުގައި ބޮޑު ބަދަލުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިދެއްވީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވަން. މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް،" އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

މޮޓޯސައިކަލް ޓެކްނީޝަން ސްކިލް މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފި

އިންޑޮނޭޝިއާގައި ބޭއްވި 9 ވަނަ "އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓް" ގައި ޝީޝާގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފިއެވެ. 10 ގައުމެއްގެ މޮޅު ޓެކްނީޝަނުންނާ ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ޝީޝާގެ ޗީފް ޓެކްނީޝަން ޗަންދަނާ ދިނިދޫ ކުމާރާއެވެ. ޝީޝާގެ އަމާޒަކީ މިފަދަ ފުރުސަތުތަކުގެ އެހީގައި މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ދިވެހި ޓެކްނީޝަނުން ބިނާކޮށް، ޒުވާނުންނަށް މިއީ ކުރިއަށްދެވޭނެ ރަނގަޅު ދާއިރާއެއްކަން ދައްކުވައިދިނުމެވެ.

Newsletter

Get the latest news delivered straight to your inbox