އީގަލް ހިލްސްއާއެކު ސޮއި ކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ހުރި ކަންކަން ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ހުރި ކަންކަން ދިވެހި ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް އަދި ވުޖޫދުގައި ވެސް ނެތް ކަމަށް ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް ވިދާޅުވެއްޖެ އެވެ.

ފަޒީލް އެހެން ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މިނިސްޓަރުން މުލީއާގެއަށް ހާޒިރުކޮށްގެން މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމަށްފަހު ބޭރަށް ނުކުމެވަޑައިގެން، އަދަދު ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސްއާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް ގަބޫލު ނުކުރަންތޯ އާއި ސަރުކާރުން ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ހުރި މައުލޫމާތު ހާމަކުރަން ނުޖެހޭތޯ ސުވާލުކުރުމުން އޭނާ އެ އެގްރިމެންޓު ސިފަކުރެއްވީ ދޭދޭ ފަރުދުންގެ މެދުގައި ވާ އެއްބަސްވުމެއްގެ ގޮތުގަ އެވެ.

Advertisement

"ދޭދޭ ފަރުދުންގެ މެދުގައި ކުރާ ކަންތައްތަކަކަށް ވާހަކައަކީ ނުޖެހޭ ކޮންމެހެން ނުޖެހޭ އާންމު ފަރުދުންނަކަށް ވާހަކައަކީ އެނގޭކަށް، އިންނާނެ މަޖިލީހުގައި 241 ކޮމިޓީ ކިޔާފައި ކޮމިޓީއެއް، އެ ކޮމިޓީއަށް ގެންދާނެ ވާހަކައަކީ، އެ ކޮމިޓީއަށް ދާނެ، އަދި، އަންނާކަށް ނުޖެހޭ، 241 އާ ހަމައަށް އަދި އަންނާކަށް ނުޖެހޭ، އަންނަ ގަޑިއެއްގައި އެ މައުލޫމާތު ހިއްސާކުރާނެ،" ފަޒީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީއެއް ކަމަށްވާއިރު، އީގަލް ހިލްސްއާއެކު ސަރުކާރުން ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ހުރި ކަންކަން 241 ކޮމިޓީއާ ހިއްސާ ނުކުރެއްވީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ ވުޖޫދުގައި ވެސް ނެތް އެގްރީމެންޓެއް ކަމަށެވެ.

"އަދި، އެގްރީމެންޓެއް ނެތް، ވުޖޫދުގައި ނެތް އެއްޗެއް ކިހިނެއް؟ ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ވެސް އަދި ނެތް، ނެތި ތިބޭފުޅުންނަކަށް އެ އެއްޗެހި ވާހަކައަކީ ދޭކަށް، ކިހިނެއް ދެނީ؟ ވުޖޫދުގައި ނެތް އެއްޗެއް ކިހިނެއް ދެނީ؟،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް އެހެން ވިދާޅުވި ނަމަވެސް، ސަރުކާރުން ވަނީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާ ގުޅޭ ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ސެޕްޓެމްބަރު 21، ގަައި ސޮއިކޮށްފަ އެވެ. އަދި، އެ އެގްރީމެންޓުގައި ހުރި ބައެއް މައުލޫމާތު ހިމަނައިގެން ސަރުކާރުން ނޫސްބަޔާނެއް ވެސް އެ ދުވަހު ނެރުނެވެ. 

ނަމަވެސް، މިއަދާ ހަމައަށް އެ އެގްރީމެންޓު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެ އެގްރީމެންޓުގެ ތަފުސީލު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރު ވެސް މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox