ވަށަފަރު ޑަބްލިއުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ވަށަފަރު އިންތިހާބުގައި މާލޭގައި ބެހެއްޓި ފޮއްޓަށް މީހަކު ވޯޓުލަނީ: ވަށަފަރަކީ ރައީސް މުއިއްޒުގެ ބައްޕާފުޅު ނިސްބަތްވެވަޑައިގަންނަވާ ރަށް -- ފޮޓޯ: އިލެކްޝަންސް

ވަށަފަރު އިންތިހާބުގައި މާލޭގައި ބެހެއްޓި ފޮއްޓަށް މީހަކު ވޯޓުލަނީ: ވަށަފަރަކީ ރައީސް މުއިއްޒުގެ ބައްޕާފުޅު ނިސްބަތްވެވަޑައިގަންނަވާ ރަށް -- ފޮޓޯ: އިލެކްޝަންސް

މިއަދު ބޭއްވި ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި، ޕީއެންސީގެ ކެންޑިޑޭޓްގެ މައްޗަށް ކުރިހޯއްދަވައި އެމްޑީޕީއާއެކު މަސައްކަތް ކުރެއްވި އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވޯޓު ފޮށި ބެހެއްޓި ތިން ސަރަހައްދުން ވެސް ރިޝްމާ އާދަމް ވަނީ ޕީއެންސީ ކެންޑިޑޭޓް, ޒައިނާޒް އަހްމަދު ގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

އެގޮތުން ތިން ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ރިޝްމާއަށް 278 ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 221 ވޯޓެވެ.

ވޯޓު ފޮށިތަކުގެ ތަފްސީލީ ނަތީޖާއަށް ބަލާއިރު، ވަށަފަރުގައި ބެހެއްޓި ފޮށިން ރިޝްމާ އާދަމްއަށް 126 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 124 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ރިޝްމާ އާދަމް 107 ވޯޓު ހޯއްދެވިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 66 ވޯޓެވެ.

މީގެ އިތުރުން ހުޅުމާލޭގައި ބެހެއްޓި ފޮށިން ރިޝްމާ އާދަމްއަށް 45 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 31 ވޯޓެވެ.

ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަނުންވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ސުޖާއު އަލީ ވަނީ ޕީއެންސީ ކެންޑިޑޭޓުގެ ކައިރިން ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. 

ވަށަފަރަކީ ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅުގެ ނިސްބަވްވެވަޑައިގަންނަވާ ރަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox