އަހުމަދު އުޝާމް
6 ލިޔުން
ފަހުގެ
ހަބަރުޑޮލަރުގެ އަގު ބޮޑުވާ މައްސަލައިގައި ސައީދު ޖަވާބެއް ނުދިން
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް 23 ރުފިޔާއަށް ވުރެ ބޮޑުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޖަވާބެއް ނުދެއްވިއެވެ. މީގެ ކުރިން ޑޮލަރުގެ އަގު އުފުލެނީ މީޑިއާތަކުން އެ ވާހަކަ ރިޕޯޓުކުރާތީ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ޚަބަރު ފެތުރުން ހުއްޓުވައިގެން ވެސް ޑޮލަރުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ.
ހަބަރުއުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި
ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
