ރާއްޖޭގެ ރަދުން ކޮންޓްރޯލް ކުރެއްވި ދުނިޔޭގެ އެންމެ ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

އާޓްވޯކް: ލީވާން އަލީ ނާސިރު/އަދަދު

އާޓްވޯކް: ލީވާން އަލީ ނާސިރު/އަދަދު

 "ކޮކޯސް މަލްދިވާސް"  (ތާރީޚީގޮތުން ކޯކޯ ޑި މާރޭގެ ނަމުން ނިސްބަތްކުރެވޭ) ''ކަނޑު ކާށި'' މި ނަންތައް ދިވެހިރާއްޖެއާ ގުޅެނީ ތާރީޚީގޮތުން، މުޅިން ތަފާތު ދެ ގޮތަކަށެވެ. އެއީ، ގުދުރަތީ ޖިއޮގްރަފީ އާއި ކޮންޓްރޯލްކުރެވިފައިވާ ވިޔަފާރީގެ މޮނޮޕޮލީއެއްގެ  މައްޗަށް ބިނާވެފައިވާ ގުޅުމަކާއި، އަދި ޒަމާނީ ސައިންޓިފިކް ނަންދިނުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ  ގުޅުމަކުންނެވެ.

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ނަމުން އާންމުކޮށް ރިފަރެންސްކުރެވޭ(Lodoicea Maldivica) މި ނަމަކީ، ދިވެހިރާއްޖޭގެ ރަދުން ދުނިޔޭގެ އެންމެ ސިއްރުވެރި ބޮޓޭނިކަލް މޮނޮޕޮލީ ހިންގެވި ދުވަސްވަރުގެ ތާރީހީ ހެއްކެއްގެ ގޮތުގައި މިއަދުވެސް ދެމިއޮތް ނަމެކެވެ.

އެ ޒަމާނުގައި ސީޝެލްސް ކިޔާ ގައުމެއް ނެތެވެ. ފަހުން ޔޫރަޕްގެ އެ ނަން ދެވުނު ޖަޒީރާތަކަކީ އޭރުވެސް ދިވެހިން ދަންނަ، އަދި ދިވެހިން އެ ރަށްތަކަށް "ތާވައްކަރަ" އޭ ކިޔައިއުޅުނު ރަށްތަކެކެވެ.

ދުނިޔެއަށް މި ކާށި (ތާވައްކާށި) ތައާރަފުވީ އެ ޖަޒީރާތަކުގައި އޮތް ދައުލަތެއްގެ ފަރާތުންނެއް ނޫނެވެ. ދުނިޔެއަށް މި ކާށި ތައާރަފުވީ ދިވެހިރާއްޖެ މެދުވެރިކޮށެވެ. އަދި އޭރުވެސް ބޭނުންކުރެވެމުންދިޔަ ދިވެހި ނަމުގެ ތެރެއިންނެވެ ދިވެހި ވިޔަފާރި މުދަލެއްގެ ގޮތުގަ އެވެ.

މި ބިޔަ، ދެ ފަޅި ގުޅިފައިވާ ކާށިތައް އައީ ތާވައްކަރައިގައި ހެދިފައި ހުރި ރުއްތަކުންނެވެ. އެ ޖަޒީރާތަކަކީ އަށާރަވަނަ ގަރުނާ ހަމައަށް މީހުން ދިރިނޫޅޭ، އަދި ބޭރު ދުނިޔެއަށް މުޅިން ނޭނގޭ ރަށްތަކެއް ކަމުން، ބޭރުގެ މީހުންނަށް މީގެ އަސްލު އަންނަ ތަނެއް ނޭނގެ އެވެ.

މި ކާށިތައް ރުއްރުކުން ކަނޑަށް ފައިބައިގެން އިންޑިއާ ކަނޑުގެ ތެރެއިން އޮޔާގޮސް ލައްވަނީ ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަށްކަ މަށް ވެސްކިޔާ އުޅެ އެވެ. ދިވެހިން މި ކާށިތަކަށް ކިޔައިއުޅުނީ ތާވައްކާށްޓެވެ. އަދި މި ސިއްރުވެރި ތަކެތި އަންނަ ދުރުގައި ހުރި ބިން އުސް ޖަޒީރާތަކަށް ކިޔައިއުޅުނީ "ތާވަކަރަ" އެވެ.

ރަދުން ވަނީ ވަރަށް ހަރުކަށި ޤާނޫނެއް ހައްދަވާފަ އެވެ؛ ކޮންމެ ތާވައްކާށްޓަކީ ހަމައެކަނި އެމަނިކުފާނަށް ހާއްސަ އެއްޗެކެވެ. ގޮނޑުދޮށުން މިފަދަ އެއްޗެއް ފެނުނު ކޮންމެ މީހަކު، ގާނޫނީގޮތުން އެ ތަކެތި ގަޑުވަރަށް ރައްދުކުރަން މަޖުބޫރެވެ. އެއިން އެއްޗެއް ފޮރުވައިގެން ގެންގުޅުމަކީ ބޮޑު ކުށެކެވެ.

މި ފައިދާބޮޑު ވިޔަފާރި ރައްކާތެރިކުރުމުގެ ގޮތުން، ދިވެހި ރަސްކަމުން ވަނީ އެ ރަށްތަކުގެ ޖިއޮގްރަފީގެ މައުލޫމާތު ބޭރުގެ މީހުންނަށް ސިއްރުކޮށްފަ އެވެ. މި ކާށިތަކަކީ ސިހުރީ ފަރުވާގެ ބާރުތަކެއް އެކުލެވިގެންވާ އެއްޗެއް ކަމަށް ގަބޫލުކުރެވޭތީ، މިއީ އާދަޔާހިލާފު ބޮޑެތި އަގުތަކުގައި، ގިނަ ފަހަރަށް ރަނާއި ޖަވާހިރުން ޖަރީކޮށްގެން، ވިޔަފާރިވެރިންނަށާއި، ރަސްރަސްކަލުންނަށާއި، އެމްޕަރަރުންނަށް ވިއްކާފައިވާ ތަކެއްޗެވެ.

ޔޫރަޕްގެ މީހުންނަށް މި މައުލޫމާތު ލިބުނީ މި ދިވެހި މާރުކޭޓުގެ ސަބަބުންނެވެ. ޕޯޗުގީޒުންނާއި، ޑަޗުންނާއި، ފްރެންޗް ވިޔަފާރިވެރިންނަށް މި ކާށި ފެނުނީ ހަމައެކަނި ދިވެހި ވިޔަފާރީގެ ވިއުގަ ތެރެއިންނެވެ.

1563 ވަނަ އަހަރު ލިޔެވުނު އެންމެ ކުރީގެ ބޮޓޭނިކަލް ރެކޯޑްތަކުގައި މިއަށް ނަންދެވިފައިވަނީ "ކޮކޯ ޑަސް މަލްދިވާސް" (ދިވެހިރާއްޖޭގެ ކާށި) ގެ ގޮތުގަ އެވެ.

ޔޫރަޕްގެ ކުރީގެ ޗާޓު ކުރެހުމުގެ މަސައްކަތަކީ އޮޅުންބޮޅުން ބޮޑު އަދި ސިއްރުވެރި ކަމެކެވެ.

ކަނޑުގެ ބޮޑެތި ޗާޓުތަކުގައި، ފަހުން ސީޝެލްސްގެ ނަން ދެވުނު (ދިވެހިންނަށް ތާވައްކަރަ ގޮތުގައި އެނގޭ) ރަށްތަކާއި ޗާގޯސް ރަށްތައް ބައެއް ފަހަރު ދިވެހިރާއްޖެއާ ގާތްކޮށް ގުރޫޕްކޮށް ނުވަތަ އެކުގައި ކުރަހާފައި ހުރެ އެވެ. ޕޯޗުގީޒް ހޯދުންތެރިން މި ރަށްތަކަށް "ސެތޭ އިރްމާސް" (Sete Irmãs) ގެ ނަމުން ޗާޓު ކުރެހި ނަމަވެސް، އެމީހުން ނަން އެދިނީ އޭގެ ކުރިންވެސް ދިވެހި ނަމެއް އޮތް ތަނަކަށެވެ

12 ވަނަ އަހަރު އެމްސްޓަޑަމްގެ ޕަބްލިޝަރ ޖޭ.ބީ. އެލްވީ ނެރުނު ޗާޓު "Partie de la Nouvelle Grande Carte des Indes Orientales, Contenant les Isles Maldives..." އަކީ، ޖައިލޮޓް އަދި އޮޓެންސް ފަދަ 17 ވަނަ ގަރުނުގެ ފްރެންޗް އަދި ޕޯޗުގީޒް ކުރީގެ ޗާޓުތަކުގެ މައްޗަށް ބިނާކޮށް އަލުން ނެރުނު ޗާޓެކެވެ.

މި ޗާޓުތަކުގަ އިންޑިއާ ކަނޑުގެ އުތުރު ބައި ތާވަށްކަރަ ހިމަނާފައިވަނީ ރާއްޖެގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ހިމަނައިގެންނެވެ.  ކުރީގެ ދިވެހިރާއްޖެއަކީ ވިލާތު މީހުން ސުލްޠާންގެ އަތްޕުޅުން  "ތާވަށްކާށި" ބައްލަވައިގަތް ތަނެވެ. ހުޅަނގުގެ މީހުންގެ ސިކުނޑީގައި މި ކާށްޓަކީ ދިވެހި އެއްޗަކަށް ވެފައިވަނީ އެސަބަބުމެދުވެގެންނެވެ. އެއީ ދިވެހިން އަމިއްލައަށް އެ ރަށްތަކަށް "ތާވައްކަރަ" ގެ ނަމުން ނަންދީފައި އޭރު އޮތީތީވެއެވެ.

17 ގައި ފްރެންޗް މީހުން ޕްރަސްލިން (Praslin) އަދި ކިއުރިއޯސް (Curieuse) ތާވަށްކާށި ހެދޭ (ތާވަށްކަރަ)އިގެ ރަށްތައް ފެނުނެވެ.

މި ރުއްތައް ހެދެނީ ކޮން ތަނެއްގައިކަން އެމީހުންނަށް އެނގުނެވެ. ޔޫރަޕްގެ އެ "ހޯދުމުން މިހާރުގެ ނަމުން ޝީޝެލް އުފެދުމަކުން  ދިވެހިން ކުރިން ކިޔާފައިވާ ނަމެއް ފޮހެވިގެންނެއްވެސް ނުދެއެވެ. މި ވިޔަފާރީގެ ކުރީގެ ގަރުނުތަކުގައި ސީޝެލްސް ކިޔާ ޤައުމެއް ނެތެވެ.

ބޭރުގެ ފޮތްތަކުގައި ހަރުލާފައި އޮތް ނަމަކީ "ކޮކޮސް މަލްދިވާސް" އެވެ. ފަހުން ޒަމާނީ ސައިންސުން މި ރުކަށް ރަސްމީ ނަމެއް ދިންއިރު، އެ ތާރީޚީ ތަރިކަ ދެމެހެއްޓިއެވެ: އެއީ "ލޮޑޮއިސިއާ މަލްދިވިކާ" (Lodoicea maldivica) އެވެ.  އެޒަމާނީ ދިވެހިން ޒަންޖިބާރު ކަނޑުތެރޭ މޫސުމީ ވިޔަފާރި ގާފިލާތަކުގައި ވިޔަފީހިންގި ޒަމާނެކެވެ ، މަޑަގަސްކަރަ ބިއްދޮށުގައި ޕެމްބާ ފަދަ ރަށްތަކުގައި ދިވެހީންގެ އާއިލާތަށް ވަޒަންވެރިވެ އުޅުނު ޒަމާނެކެވެ. އެރަށްތަކުގައި ދިވެހީންގެ އާދަކާދަތައް އަދިއާދާއި ހަމައަށްވަނީ ހަރުލާފަ އެވެ. 

އެހެންކަމުން، "ކޮކޯސް މަލްދިވާސް" މި ނަމުން އިޝާރާތް ކުރަނީ މޮނޮޕޮލީއަކަށެވެ.

(މޮނޮޕޮލީ ވިޔަފާރިއަކަށެވެ). އެއީ ފަހުގެ އިސްތިއުމާރީ ޤައުމެއްގެ ނަމަކަށް ނޫނެވެ.

އެ ނަމުން ހަނދާންކޮށްދެނީ، އެ ކާށި އަންނަ ރަށްތަކަށް ދިވެހިބަހުން "ތާވައްކަރަ" ކިޔުނު، ކާށްޓަށް "ތާވައް ކާށި" ކިޔުނު، އަދި ދިވެހިރާއްޖޭގެ ރަދުން ދުނިޔޭގެ އެންމެ ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި ކޮންޓްރޯލް ކުރެއްވި ޒަމާނެވެ. އެއީ ވިޔަފާރީގެ އުކުޅެކެވެ

ފަހުން ތާވަށްކަރައަށް ދެވުނު "ސީޝެލްސް" ގެ ނަމަކީ އެހެން ސިޔާސީ ދައުރަކަށް ނިސްބަތްވާ ނަމެކެވެ.

"ކޮކޮސް މަލްދިވާސް" މި ނަމުގައި ބާކީވެފައިވާ ނިޝާނަކީ އޭގެ މާ ކުރިން އައި ދިވެހި ދައުރަށް ނިސްބަތްވާ އެއްޗެކެވެ.

ނޯޓް: 18 ޖުލައި 1552 ގައި ވިއެންނާގައި އުފަންވެ، 20 ޖެނުއަރީ 1612 ގައި ޕްރާގްގައި އަވަހާރަވި ރޫޑޮލްފް II އަކީ، އެމްޕަރަރ މެކްސިމިލިއަން II އާއި ސްޕެއިންގެ މާރިއާ (ޗާލްސް V ގެ ދަރިކަނބަލުން) ގެ ދުނިޔޭގައި ހުރި އެންމެ ދޮށީ ފިރިހެން ދަރިކަލުންނެވެ.

އެމަނިކުފާނު ވަނީ ފާހަގަކޮށްލެވޭ ފަދަ މަތިވެރި ލަގަބުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި 1572 އިން ފެށިގެން ހަންގޭރީގެ ރަސްގެފާނުކަމާއި، 1575 އިން ފެށިގެން ބޮހީމިއާގެ ރަސްގެފާނުކަމާއި، 1576 އިން ފެށިގެން ހޯލީ ރޯމަން އެމްޕަރަރ ކަމާއި، އަދި އޮސްޓްރިއާގެ އާޗްޑިއުކް ކަން ހިމެނެއެވެ. ހެބްސްބާގްގެ ބިންތަކުގެ ވެރިޔާގެ ހައިސިއްޔަތުން، އެމަނިކުފާނުގެ ރަސްކަމުގެ ދައުރުގައި ވިއެންނާގެ ކުންސްޓްހިސްޓޮރިޝެސް މިއުޒިއަމްގެ ކަލެކްޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައެވެ.

"ދިވެހިރާއްޖޭގެ ރަދުންގެ އަތްޕުޅުން ރޫޑޮލްފް 4،000 ގޯލްޑް ފްލޮރިންސް (ރަނުގެ ފައިސާފޮތި) އަށް ބައްލަވައިގަތް ކޯކޯ ޑި މެރޭ (ތާވަށްކާށި)؛ މިއަދު ފެންނާންހުރީ ވަރަށް ފުރިހަމައަށް ކުރެހުން ކަނޑާނެގި، ވިއެންނާގެ ކުންސްޓްހިސްޓޮރިޝެސް މިއުޒިއަމްގެ ކުންސްޓްކަމާ (Kunstkammer) ގައި ދައްކާލަން ބަހައްޓާފައިވާ އެއްޗެކީ އެޒަމާނުގައި ދިވެހީން ކަނޑުތަކުގައި ވިޔަފާރީގެ ހަދާންދައްކުވައިދޭ ރަމްޒެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުވަވަނަ ހަސަން ރަސްގެފާނާއި ފޯޅަވަހި

ފޯޅަވަހީގެ މައްސަލަ' އަކީ ހުރިހާ ވެރިކަމެއްގައި އެކަމާ މެދު ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެން އޮތް މައްސަލައެއް. ބާރު އޮވެމެ އެކަން ނުކޮށް ދޫކޮއްލި ސަބަބާއި، މިއަދު މި މައްސަލައާ ގުޅިގެން އެކި ރައީސުންނާއި މަދަދުދޭ ފަރާތްތަކުން ދައްކާ ވާހަކަތަކުން އިސްވަނީ ސިޔާސީ މަސްލަހަތެއްތޯ ނުވަތަ ގައުމީ މަސްލަހަތެއްތޯ ދެނެގަތުމަކީ މުހިންމު ކަމެއް.

ޒަމާނާއެކު އުވެމުން ބީވަމުންދާ ރަށްތަކުގެ ބައެއް ނަންތަކާ ކަނޑު

ގަދީމީ ޒަމާނުގައި ދިވެހިން އިންޑިއާ ކަނޑަށް "މެދުތެރެ މާކަނޑު" ކިޔައި އުޅުނު ނަމަވެސް، އިސްތިއުމާރީ ބާރުތަކުން އެކި ދުވަސްވަރު އެ ސަރަހައްދުގެ ރަށްތަކާއި ކަނޑުތަކަށް އަމިއްލަ ނަންތައް ދީފައިވެއެވެ. މިގޮތުން ޗާޓުތަކުގައި ލެޓިން އަދި ގްރީކް ބަހުން ތަފާތު ނަންތައް ބޭނުންކުރަން ފެށުމާއެކު، ދިވެހިން ކިޔައިއުޅުނު އަސްލު ނަންތައް ވަނީ އުވެން ފަށާފައެވެ.

ހުދެއި ކަލަމިންޖާގެ ލޯބީގެ ބާރުން އުފެދުނު ވަރުނުލާރާޅުގަނޑު

ބަނދެފައިވާ ބަރޯސީގެ ސަބަބުން އެ އަލަމާރި ބޮކިޖަހައި އަޑިއަށް ދިޔަ ވަގުތު ވަރުގަދަ ރާޅު ބާނިތަކެއް އުފެދުނެވެ. އެރާޅުގަނޑު އަދިވެސް ހުއްޓުމެއް ނެތި އެގޮތުގައި އުފެދެމުން ދަނީ އެވެ. ކޮށީގެ ޖާރިޔާ ދެކެ ހުދެއި ކަލަމިންޖާ ވެވަޑައިގެންނެވި ލޯބީގެ ރަމްޒެއްގެ ގޮތުގަ އެވެ.

ޝަހީދުންގެ ވެރި ރަސްގެފާނު

އަލި ރަސްގެފާނު އިސާހިތަކު ހަނގުރާމައިގެ ބެރު ޖައްސަވާ، ލަޝްކަރު އެއްކުރެއްވި އެވެ. އަދި ރަދުންވެސް ހަނގުރާމައިގެ ދަހަނާ އަޅުއްވާ ލަޝްކަރައިގެން ނިކުންނެވި އެވެ. ދުޝްމިނުންނާ ބައްދަލުވެ ހަނގުރާމަ ކުޅައުމަށެވެ. އަލި ރަސްގެފާނު މިބައިމީހުންނާ ކުރިމަތިލައްވާ ޝަހީދުވީއެވެ.

އާސާރީ ތަންތަނުގެ ތެރެއިން ވާދޫ ދަންނަ ކަލޭގެފާނު ޒިޔާރަތް

"ދަންނަ ކަލޭފާނުން ހުކުރު މިސްކިތު ދާލާގައި އަޅުކަން ކުރައްވަން އިންނަވަނިކޮށް އެ މިސްކިތު ވަޅުދޮށަށް ފެން ބަލާ އައި އަންހެނަކާ ހަތަރުކަޅި ހަމަކޮށްލެވުނީ އެވެ. ދެން އެކަމުގެ ބިރާއި ހިތާމައިން ނިޔާވީ އެވެ. ދެން ހަމަ އެ މިސްކިތު ހަރިންމަ ތެރޭގައި ވަޅުލައި އެތަނުގައި ބިސްތާނަ އެރުވީ

އުޑިކިބަ ފިލުމާއި ޝަހާދަތުގެ 'ދުއްރަ-ދައްރަ' ވަކިކުރަން އެނގުން!

ދިވެހިންނަކީ އަބަދުވެސް އިލްމަށް ލޯބިކުރާ ބައެކެވެ. އެ ޒަމާނަކާ އެކަށޭނަ ތައުލީމެއް ލިބިފައި ހުރުން މުހިންމުކަމަށް މި މުޖުތަމައުއިން އަބަދުވެސް ދެކެ އެވެ. ދިވެހިން ދެކި އުޅުނީ 'ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާންވެސް ޖެހިދާކަމެއް' ކަމުގަ އެވެ.

ދެމިހުންނަ އެއްޗަކީ ހަނދާންތަކާ ލިޔުންތަކެވެ.

މިއަދުގެ ދިރިތިބީންނަކީ މާދަމާ އަންނާނޭ ބަޔެއްގެ ކާބަފައިންނެވެ. އެ އާސާރުތަކަށާއި އާސާރަކަށް ވެދާނެ ތަންތަނަށް ޚިޔާނާތްވުމަކީ މާދަމާގެ ދޫތަކުން މިއަދުގެ ދިރިތިބީންނަށް ރުޅީގެ ބަސްބަސް ރައްދު ކޮށްފާނެ ފަދަ އަމަލުތަކެކެވެ.

Newsletter

Get the latest news delivered straight to your inbox