ތަރިކައިގެ ދަފުތަރު މުރާޖާނުކުރޭ، އޮތީ ހަތް އަހަރުވީ ވަގުތީ ލިސްޓެއް

Mar 7, 2026, 11:02 AM
ދާރުލްއާސާރުގައި ޑިސްޕްލޭކޮށްފައި ހުރި ހިރިގަލުގެ މަސައްކަތެއް: ގާނޫނުގައި އޮންނަނީ މިހެން ހުންނަ ހުރިހާ ތަރިކަތަކެއް ލިސްޓުކުރަން ޖެހޭ ކަމަށް ---

ދާރުލްއާސާރުގައި ޑިސްޕްލޭކޮށްފައި ހުރި ހިރިގަލުގެ މަސައްކަތެއް: ގާނޫނުގައި އޮންނަނީ މިހެން ހުންނަ ހުރިހާ ތަރިކަތަކެއް ލިސްޓުކުރަން ޖެހޭ ކަމަށް ---

ސަގާފީ ތަރިކައިގެ ގާނޫނަށް ހަތް އަހަރު ވެގެން ދިޔައިރު، އެ ގާނޫނުގައި ބުނާ ގޮތަށް ސަގާފީ ތަރިކައިގެ ދަފްތަރު އަދާހަމަކޮށް، މުރާޖާނުކުރާތާ އަހަރުތަކެއް ވެފައިވާ ކަން އެނގިއްޖެ އެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ކޮންމެ ދެ އަހަރުން އެއް އަހަރު ސަގާފީ ތަރިކައިގެ ދަފްތަރު މުރާޖައާކޮށް، އަންނަ ބަދަލުތައް އާންމުކުރަން ޖެހޭ ކަމަށެވެ.

މި ދަފްތަރު ފެނޭތޯ އަދަދު ނޫހުން ބެލިއިރު ގެޒެޓުން ފެނުނީ މީގެ ހަތް އަހަރު ކުރިން މާޗު 27، 2019 ގައި ޝާއިއުކޮށްފައިވާ "ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރު" އެވެ. އެ ފަހުން މި ދަފްތަރު އަދާހަމަކުރަން ޖެހޭ ތިން މުއްދަތު (2021، 2023، 2025) ފަހަނައަޅައި ދިޔަ ނަމަވެސް އާ ލިސްޓެއް ނުނެރެ އެވެ.

ސަގާފީ ތަރިކައިގެ ގާނޫނުގައި، ދަފްތަރު އަދާހަމަ ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ހެރިޓޭޖު މިނިސްޓްރީގެ ދަށުން އޮންނަ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒު (ނޭޝަނަލް ސެންޓާ ފޯ ހެރިޓޭޖް) އާ އެވެ.

ތަރިކައިގެ ދަފްތަރު އަދާހަމަ ނުކުރާ މައްސަލަ ސަމާލުކަމަށް އައީ މާލޭގައި ހުންނަ ގަރުނެއް ވާން ގާތްވެފައިވާ ބަންޑާރަ މިސްކިތް ތަޅާލައި، އެ ތަނުގައި ޒަމާނީ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވުމުންނެވެ.

ޝަހީމް މިހެން ވިދާޅުވީ ހިސާބުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފަ އެވެ. ފާޑުކިޔުންތަކަށް ރައްދު ދެމުން ޝަހީމް ވިދާޅުވީ މިއީ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ހިމެނޭ ތަނެއް ނޫން ކަމަށެވެ. އަދި، ތަނަކަށް 98 އަހަރު ވުމަކީ ސަގާފީ ތަރިކައަކަށް ވާން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ދެކޮޅަށް އަޑު އުފުލި މީހުން ވަނީ މިއީ ރާއްޖޭގެ ތާރީހީ ހާދިސާއަކީ ގުޅާ ތަރިކައެއް ކަމަށް ބުނެ މި މިސްކިތް ރައްކާތެރިކުރަން ގޮވާލާފަ އެވެ.

މިގޮތަށް އަޑުއުފުލި މީހުންނަށް ރައްދު ދެއްވައި، ގަދަ ބަސް ވިދާޅުވާން އުޅުއްވުމަށް ފަހު ޝަހީމް ވަނީ މަޝްވަރާއަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox