7 ގަރުނު ކުރީގެ ދިވެހީން: ހަބްޝީންނާއި ސިއްދީންނާއި އިރުމަތީ އެފްރިކާގެ ގުޅުންތައް

ހުދު ދިދަތަކުން ޖަރީވެފައިވި "ލޮނުޒިޔާރަތް ހަބްޝީގެފާނު މަގާމު" މިއަދު ފެންނަން ނެތްކަމުގައި ވިޔަސް، އެ ތާރީހީ ނިޝާންތަކުގެ ފޮޓޯތަކާއި ހަނދާންތައް މިއަދުވެސް އެބަހުރި. މިއަދުގެ ލޮނުޒިޔާރަތް ޕާކަކީ އެ ގަދީމީ ތާރީހުގެ މައްޗަށް ބިނާވެފައިވާ ބިމެއް

ހުދު ދިދަތަކުން ޖަރީވެފައިވި "ލޮނުޒިޔާރަތް ހަބްޝީގެފާނު މަގާމު" މިއަދު ފެންނަން ނެތްކަމުގައި ވިޔަސް، އެ ތާރީހީ ނިޝާންތަކުގެ ފޮޓޯތަކާއި ހަނދާންތައް މިއަދުވެސް އެބަހުރި. މިއަދުގެ ލޮނުޒިޔާރަތް ޕާކަކީ އެ ގަދީމީ ތާރީހުގެ މައްޗަށް ބިނާވެފައިވާ ބިމެއް

ހަބްޝީންނާއި ސިއްދީންނަކީ (ސީދީންނަކީ) ކަނޑުގެ ވިޔަފާރި އާއި، އަސްކަރީ ހިދުމަތާއި، އަޅުންގެ ވިޔަފާރި މެދުވެރިކޮށް ހަތްވަނަ ގަރުނުން ފެށިގެން އިންޑިއާ ކަނޑު ހުރަސްކުރި އިރުމަތީ އެފްރިކާ މީހުންގެ ދަރިކޮޅުގެ ބައެކެވެ.

އެބައިމީހުންގެ ހަރަކާތްތަކުގެ ސަބަބުން އިރުމަތީ އެފްރިކާގެ ޒެންޒިބާރާއި މޮމްބާސާ ފަދަ ބަނދަރުތައް އަރަބި ކަނޑާއި، އައްސޭރިފަށުގެ އިންޑިއާ (ގުޖުރާތު، ބެންގާޅު، އަދި ޑެކަން ހިމެނޭގޮތަށް) އަދި ޖަޒީރާ ނެޓްވޯކްތަކާ ގުޅުވައިދިނެވެ.

ރިޔަލު އޮޑިފަހަރާއި ނަވުގައި ކުރެވުނު މި ދަތުރުތަކާއެކު، ހުޅަނގު އިންޑިއާ ކަނޑު ގުޅިފައިވާ ކަނޑުގެ ވަރުގަދަ މަގަކަށް ބަދަލުވި އެވެ. ގިނަ ބަޔަކު އައީ ވިޔަފާރިވެރިން، މާލިމީން، ކުލީ ސިފައިން އަދި ސަރުދާރުންގެ ގޮތުގައެވެ. އަނެއް ބަޔަކު އައީ އަރަބިންނާއި، ޕޯޗުގީޒުން އަދި އިނގިރޭސިން ދަތުރުކުރި މަގުތަކުން އަޅުންގެ ގޮތުގައެވެ.

Advertisement

ދެކުނު އޭޝިއާގައި އެމީހުން މަޝްހޫރުވެފައިވަނީ "އަބިސިނިއަން" އިން އައިސްފައިވާ "ހަބްޝީ" ގެ ނަމުންނެވެ. އުތުރުކަރައިގެ ރަށްތަކުގައި އެމީހުންގެ ބޭނުންހިފީ ސިފައިންނާއި، ގަނޑުވަރުގެ ފާރަވެރިންނާއި، ކާތިބުންނާއި، މުދައްރިސުން އަދި މުދިމުންގެ ގޮތުގަ އެވެ. ސެންޓްރަލް މެރިޓައިމް ހަބެއްގެ ގޮތުގައި އެޒަމާނުގައި ދިވެހީން ފުރިހަމައަށް ބައިވެރިވީ މި ކަނޑުތަކުގެ ދަތުރު ވިއުގައިގަ އެވެ.

އެފްރިކާގެ ނެވިންނާއި، މާލިމީންނާއި، ދަތުރުވެރިން ދަތުރުކުރަމުން ދިޔައީ އިރުމަތީ އެފްރިކާއާއި މެދުއިރުމައްޗާއި އައްސޭރިފަށުގެ އުތުރުކަރަ ގުޅުވައިދޭ ހިއްސާކުރެވޭ ވިޔަފާރި އަދި ޝިޕިން ލޭންތަކުގައެވެ. އަދި އައްސޭރި ޖަޒީރާގެ ސަގާފީ އަދި އިގްތިސާދީ ދިރިއުޅުމާ ގުޅިގެންނެވެ.

ޖީލުތަކެއްގެ ތެރޭގައި އައިސްގޮސްއުޅުނު މި މީހުންނާއި އެމީހުންގެ ދަރިފަސްކޮޅު (ސިއްދީ ނުވަތަ އިރުމަތީ އެފްރިކާގެ ނަސްލު) ވަނީ ދިވެހި އާއިލާތަކާ ގުޅިފަ އެވެ. ކާބަފައިންގެ ވާހަކަތަކާއި، ސަގާފަތްތަކާއި، ދިވެހި ތާރީހުތަކުގައި އެފަދަ އެއް ޝަހުސިއްޔަތެއް ކަމަށްވާ ޝައިޚް ނަޖީބު އަލްހަބްޝީގެފާނުގެ ވާހަކަ ފާހަގަކުރެވެ އެވެ. އޭނާ ސިފަކޮށްފައިވަނީ ހޯރން އޮފް އެފްރިކާ ނުވަތަ އެޒަމާނުގައި ދިވެހީންނަށް ވަރަށް ފަރިތަ ހަބުޝްކަރައިން ބޯޓެއްގައި އައި ކަނޑުދަތުރުވެރިއެއްގެ ގޮތުގަ އެވެ.

ވަގުތީގޮތުން މާލޭގައި ވަޒަންވެރިވެވަޑައިގެން، ރީތި ރާގަށް އަޑުހަރުކޮށް ޤުރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ރޭއަޅުކަން ކުރެއްވުމުގެ ސަބަބުން އަދި އާދައިގެ އާންމު ދިރިއުޅުމާ އެކަހެރިވެއުޅުއްވުމުން، އޭނާއަކީ ވަލީވެރިއެއްގެ ގޮތުގައި ބަލަން ފެށުނެވެ. ހަބްޝީގެފާނު އެންމެ ފަހުން ކުރެންދޫއަށް ޒިޔާރަތްކުރައްވައި އަވަހާރަވީ އެ ރަށުގައެވެ.

ތަފްސީލީ އެއް ވާހަކައެއްގައި އޭނާ ވަޑައިގެންނެވި ގޮތް ސިފަކޮށްފައިވަނީ ނޭނގޭ ބީރައްޓެއްސެއްގެ ގޮތުގައެވެ. ހަބްޝީގެފާނުގެ ޒިޔާރަތް ހެދިފައިވަނީ ކުރެންދޫގަ އެވެ. ދާދި ފަހަކާ ޖެހެންދެން މާލޭގައި ހުރި މަޝްހޫރު ލޮނުޒިޔާރަތް ހަބްޝީގެފާނު މަގާމަކީ ހުސްކޮށް ހުރި ހަނދާނީ ބިނާއެކެވެ.

ޝައިޚް ނަޖީބު ނުވަތަ ހަބްޝީގެފާނާ ގުޅޭ އެންމެ ކުރީގެ މައުލޫމާތެއް ލިޔުއްވާފައިވަނީ 1343-1344 ގައި އަދި 1346 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި މޮރޮކޯގެ (މަގުރިބުކަރައިގެ) ސައްޔާހު އިބްނު ބަތޫތާއެވެ. މާލޭގައި އޭރު އުޅުއްވި އީސާ އަލްޔަމާނީއާއެކު އެތަނަށް ވަޑައިގެންނެވިކަން ތާރީހުން ފެންނަން އޮވެ އެވެ. ދިވެހި ތާރީހުގައި "ސީދީ" މި ލަފުޒުން ދޭހަވަނީ މަތީ ދަރަޖައިގެ މަތިވެރި ލަގަބެކެވެ.

ދެކުނު އޭޝިއާގެ ފުޅާ ސަރަހައްދަކަށް ފެތުރިފައިވާ ސިއްދީ ނުވަތަ ހަބްޝީންނަކީ ތާރީހީ ގޮތުން އެފްރިކާގެ ނަސްލުގެ މީހުންނާ އެކިގޮތްގޮތުން ގުޅިފައިވާ ބައެކެވެ. ޖުމްލަކޮށް ބަލާއިރު، ރިޔާނެގި އޮޑިދޯނިފަހަރުގައި ކުރެވުނު ކަނޑުދަތުރުތަކާ ގުޅުންހުރި ވިޔަފާރި މަގުތަކާއި، ބަންގާޅުކަރައިގައި ހަބްޝީން ރަސްކަން ހިންގި ޒަމާނުގެ ވިޔަފާރި ގުޅުންތަކުގެ ތެރެއިން ހަބްޝީ އާއި ސިއްދީ އާއިލާތައް ރާއްޖޭގައި ވަޒަންވެރިވިއެވެ. ޝައިޚް ނަޖީބު ހަބްޝީގެފާނުގެ ހަނދާނާއި، މާލޭގެ ލޮނުޒިޔާރަތްކޮޅު ހަބްޝީގެފާނު މަގާމުގެ ހަނދާނާއި، ކުރެންދޫ ޒިޔާރަތަކީ ނައު، ބައްތެލި، އަދި އޮޑިދޯނިފަހަރުގެ ދަތުރުތަކާއި ވިޔަފާރި ހަރަކާތްތަކުގެ ޒަމާނުގެ ހަނދާންތަކެކެވެ. ގަދަފަދަ ތޫފާންތަކުގެ ތެރެއިން މާސިންގާ ކަނޑުތަކުގައި ރިޔަލުގައި ދަތުރުކުރި މޮޅެތި ނެވިންނާއި ހިތްވަރުގަދަ ދިވެހި ފަޅުވެރީންގެ ހަނދާންތަކެކެވެ.

700 އަހަރު ކުރިން މާލެއަށް ޒިޔާރަތްކުރި ހަބްޝީގެފާނުގެ ހަނދާނީ މަގާމު ކުރިން ހުރި ހިސާބުގައި މިހާރު އޮތީ ލޮނުޒިޔާރަތްކޮޅު ޕާކެވެ. ނަމަވެސް، އެޒަމާނުގައި ވަށައިގެން ހުދު ދިދަތައް ނެގިފައިވާ އެ ޒިޔާރަތުގެ ފޮޓޯތައް މިއަދުވެސް ފެންނަން އެބަހުއްޓެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތަދުވަނީތަ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟

މި ލިޔުމަކީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން، 'ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި' މި ޅެމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެ ޅެމުގެ ވަކިވަކި ބައިތުތަކުގެ މާނައަށެވެ.

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

Newsletter

Get the latest news delivered straight to your inbox