ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އުފެދުމުގެ ކުރިން

ސިލޯނުގެ ގަވަރުނަރު ބްރިގޭޑިއާ ޖެނެރަލް ސަރ ވިލިއަމް ހެންރީ މެނިންގް އާއި ސިލޯނުގެ "ނޭޓިވް ރެޖިމެންޓް" ގެ ސިފައިންނާއެކު، އޭރުގެ ރަދުންގެ ސަފީރު އަލްފާޟިލް އަތިރީގޭ އަބްދުލްހަމީދު ދީދީ ފޮޓޯއަކަށް ހުއްޓިވަޑައިގެން. ގަވަރުނަރުގެ ވާތްޕުޅު ފަރާތުގައި ހުންނެވީ ކަކާގޭ ހުސައިން ހިލްމީ ދީދީއެވެ.

ސިލޯނުގެ ގަވަރުނަރު ބްރިގޭޑިއާ ޖެނެރަލް ސަރ ވިލިއަމް ހެންރީ މެނިންގް އާއި ސިލޯނުގެ "ނޭޓިވް ރެޖިމެންޓް" ގެ ސިފައިންނާއެކު، އޭރުގެ ރަދުންގެ ސަފީރު އަލްފާޟިލް އަތިރީގޭ އަބްދުލްހަމީދު ދީދީ ފޮޓޯއަކަށް ހުއްޓިވަޑައިގެން. ގަވަރުނަރުގެ ވާތްޕުޅު ފަރާތުގައި ހުންނެވީ ކަކާގޭ ހުސައިން ހިލްމީ ދީދީއެވެ.

1830 ގެ އަހަރުތަކުގައި (ފޯޅަވަހި) އަތޮޅު ތަކުގެ ތެރޭގައި ވަކިން ދުރުގައި އެކަހެރިކޮށް އޮންނަ ފޯޅަވަހި އަތޮޅު ގައި ހިމެނޭ (ފޯޅަވަހިރަށް )އެރަށުގެ ރުއްދަނޑުތަކާއި ކާށި،ކޮފްރާ ވިޔަފާރި ބަލަހައްޓާ ހިންގަމުން އައީ އިނގިރޭސި އިސްތިޢުމާރީ ކޮލޮނީއެއް ކަމަށްވާ މޮރިޝަސްގެ އިދާރާއިންނެވެ . 1715 އިން ފެށިގެން 1810 ގައި އިނގިރޭސީން މޮރިޝަސް ހިފުމާ ހަމައަށް، ފަރަންސޭސީންގެ ވެރިކަމުގައި މޮރިޝަސްއަށް ކިޔަމުން އައީ "އައިލް ޑި ފްރާންސް" އެވެ. 1814 ގެ ޕެރިސް މުޢާހަދާއަށްފަހު އަލުން މޮރިޝަސްގެ ނަން އިޢާދަކުރެވި، އެތަނުގެ އިދާރައިގެ ދަށުގައިވާ ރަށެއްގެ ގޮތުގައި ފޯޅަވަހި ރަށް (ޑިއެގޯގާސިޔާ) ރުކުގެ ވިޔަފާރި ހިސާބުތައް ބަލަހައްޓަމުން ގެންދިޔައެވެ. ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ) އުފެއްދީ 1965 ވަނަ އަހަރު، މޮރިޝަސްއިން ފޯޅަވަހި ރަށް ވަކިކުރުމަށްފަހުގައެވެ. އެހެންކަމުން މޮރެސްބީގެ މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ބީ.އައި.އޯ.ޓީ އުފެދުމުގެ ޤަރުނަކަށްވުރެ ކުރިން، އެވޭލާ އިދާރީ އިންތިޒާމުގެ ދަށުންނެވެ.

ވަކިން އެކަހެރިކޮށް އޮންނަ އަތޮޅުގައި ހިމެނޭ ފޯޅަވަހި  (ޑިއެގޯގާސިޔާ) އާ މެދު ފަރަންސޭސީންގެ ޝައުޤުވެރިކަން އުފެދުނީ އިނގިރޭސީންގެ ދައުރު ފެށުމުގެ މާ ކުރިންނެވެ. 1770 ގެ އަހަރުތަކާއި 1780 ގެ އަހަރުތަކުގެ ކުރީކޮޅު، ދޮންބަންޑާރައިން ފަރަންސޭސީންގެ މަދަދާއެކު ކުރެއްވި ޖިހާދަށްފަހު އުފެދުނު ގާތްގުޅުމުގެ ތެރެއިން ކަޅުބަންޑާރައިން ގެ ދުވަސްވަރު ޑިއޭގޯ ގާސިއާ (ފޯޅަވަހި) ރަށުގަ ކާށި ކޮފްރާ ވިޔަފާރިކުރުމަށް ފަރަންސޭސީން ވަގުތީ ކޭމްޕްޖެހި އެވެ.

 1783 ވަނަ އަހަރުގެ ފެބްރުއަރީ މަހު، މޮރިޝަސްގެ ދަނޑުވެރިއެއް ކަމަށްވާ ޕިއޭރް މާރީ ލެ ނޯމަންޑްއަށް ގަވަރުނަރު ވިކޮމްޓޭ ޑި ސުއިލަކްގެ ފަރާތުން ބޮޑު ބިމެއް ލިބުނެވެ. ޖެހިގެން އައި އަހަރު، ތަކެއްޗާއި މަސައްކަތްތެރިންނާއެކު، ރަށުގައި ތިބި ވަޒަންވެރިންގެ އިތުރުން  މޮޒަމްބީކާއި މަޑަގަސްކަރައިން ގެނައި އަޅުމަސައްކަތު މީހުނާއެކު  ބޮޑު ރުއްދަނޑެއް ޤާއިމުކުރިއެވެ.

Advertisement

 މިއީ ފަރަންސޭސި ވެރިކަމުގެ ދަށުން ޑިއޭގޯ ގާސިއާގައާއި މުޅި ފޯޅަވަހީގައި އިމެނޭ އެކި އަތޮޅުތަކުގެ ބޮޑެތި ރަށްތައް ކަމުގައިވާ ކަންދޫ، ފެހެންދޫ. ބޯދިގަމު ގެ އިތުރުން ފުނަދޫ ، އަލިމަތާ ، އަދިދޭދޫގަ އިތުރު އާބާދީއެއް ވަޒަންވެރިވުމުގެ ފެށުމެވެ. އޭގެ ފަހުން1790 ގެ އަހަރުތަކާއި 1800 ގެ އަހަރުތަކުގެ ކުރީކޮޅު އިތުރު ދަނޑުތަކާއި މަސްވެރި އާބާދީތައް އުފެދުނުއިރު، މި ހުރިހާ ތަނެއްވެސް ބަރޯސާވެފައި އޮތީ އަޅުންގެ މަސައްކަތަށެވެ. މި ކަންކަން ހިނގަމުންދިޔައިރު، އުތުރުން އޮތް ދިވެހިރާއްޖޭގައި އޮތީ ހުރާ (ހުރަވީ) ދަރިކޮޅުގެ ވެރިކަމެވެ. 18 ވަނަ ޤަރުނުގެ މެދުތެރޭގައި ދިޔަމިގިލީ ދަރިކޮޅުގެ ވެރިކަން ނިމުމަކަށް ގެނެސް، 1770 ގެ އަހަރުތަކާއި 1780 ގެ އަހަރުތަކުގެ ކުރީކޮޅު ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނާއި ސުލްޠާން ޙަސަން ނޫރައްދީން އެއްވަނަ ފަދަ ރަސްރަސްކަލުންގެ ދަށުން ހުރާ ދަރިކޮޅުން ދިޔައީ ވެރިކަން ހަރުދަނާ ކުރަމުންނެވެ މި ސަރަހައްދުގައި ހިމެނޭ ކަންދޫ އަތޮޅު ރަށްތަކަށް ރުކުތައްޖަހާ ސާވޭޓީމުތައް ވެސް ދިޔައީ ފޮނުވަމުންނެވެ.

 1834އާއި 1836 އާ ދެމެދު، އިންޑިއަން ނޭވީ (ބޮމްބޭ މެރިން) ގެ ކޮމާންޑަރ ރޮބަޓް މޮރެސްބީ އިސްވެ ހުންނަވައިގެން ދިވެހިރާއްޖޭގެ  ޓްރިގޮނޮމެޓްރިކަލް އަދި ހައިޑްރޯގްރަފިކް ސާވޭ ކުރިއަށް ގެންދެވިއެވެ. ބޮމްބޭއާއި ސިލޯނުގައި ތިބި އިނގިރޭސި އިދާރާތަކުން އޭނާ އާއި އޭނާގެ ޓީމު ފޮނުވީ "ބެނާރެސް" ނަމަކަށް ކިޔާ ނަވާއި "ޕަލިނޫރަސް" ނަމަކަށްކިޔާ ދެ އުޅަނދުގައެވެ. މި ސާވޭގެ މަޤްޞަދަކީ ޔޫރަޕާއި އީސްޓް އިންޑީސްއާ ދެމެދު ކުރާ ވިޔަފާރިއަށާއި އިސްޓީމު ބޯޓުފަހަރު ދަތުރުކުރުމަށްޓަކައި، ރާއްޖޭގެ ފަރުތަކުގެ ތެރެއިން ރައްކާތެރި ކަނޑުއޮޅިތަކާއި މަގު ޗާޓުކުރުމެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ހަތަރުވަނަ މި ސާވޭއާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. ރާއްޖޭގެ އަތޮޅުތަކާއި، ތިލަފަރުތަކާއި، ފޮރުވިފައިވާ ކަނޑުއޮޅިތަކަކީ ރަސްކަމުގެ އެންމެ މުހިންމު ޤުދުރަތީ ދިފާޢު ކަމުގައި އެރަދުން ދެކެވަޑައިގެންނެވިއެވެ.

އެހެންކަމުން ސާވޭ ކުރުމުގެ ރަސްމީ ހުއްދަ ނުދެއްވައި، ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ހިފަހައްޓަވައި، މާލެއިން ދައުލަތުގެ މާލިމީން ދިނުމަށް އިންކާރު ކުރެއްވިއެވެ. ސާވޭ ނިމިގެން ތައްޔާރުކުރި އެޑްމިރަލްޓީ ޗާޓުތަކުގައި  ވެރިރަށް މާލެއިން "އެއްވެސް ސާމާނެއް ލިބެން ނެތް" (no supplies procurable) ކަމަށް ފާހަގަކޮށްފައިވެއެވެ.

މަރުކަޒީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުން، މޮރެސްބީ އެހީތެރިކަން ހޯއްދެވީ އަތޮޅުތެރޭން އަތޮޅުވެރިންނާއި ރަދުންގެ ވެރިކަމާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކިބައިންނެވެ. އެފަރާތްތަކުން އޭނާއަށް ދިވެހި މާލިމީންނާއި، ދޯނިފަހަރުގެ އިތުރުން މުހިންމު މަޢުލޫމާތު ފޯރުކޮށްދިނެވެ. މި އެއްބާރުލުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގެ ފަރާތްތަކާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވިއެވެ. އެހެންނަމަވެސް، މޮރެސްބީއާއި ލެފްޓިނެންޓް ފްރެޑްރިކް ތޯމަސް ޕަވެލް މި ޗާޓުތައް ފުރިހަމަކުރެއްވިއެވެ. މި މަސައްކަތުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވި ނަމަވެސް، ފަރުތަކުގެ ސަބަބުން ރާއްޖެއަށް ލިބިފައި އޮތް ޤުދުރަތީ ރައްކާތެރިކަން ކުޑަވެ، 1887 ވަނަ އަހަރު އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ދިއުމަށް މަގުފަހިވި ދިގު މަރުޙަލާއަށް ބާރު ލިބިގެންދިޔައެވެ.

1837–1838 ގައި މޮރެސްބީ ފޯޅަވަހީގެ އަތޮޅުތައް ވެސް ސާވޭ ކުރެއްވިއެވެ. ޑިއޭގޯ ގާސިއާ ނަމުން މިހާރު މަސްހޫރުވެފައިވާ ދިވެހިން ކިޔާ ގޮތަށް ނަމުގައި ފޯޅަވަހި ރަށުގައި  30 ބަނބުކެޔޮ ގަސް އިންދެވިއެވެ. މިދަތުރަކީ ދިވެހި މާލިމީންގެ އެހީތެރިކަމާއެކު ކުރި ދަތުރެކެވެ . މިގަސްތަކަކީ ރާއްޖޭގެ ދެކުނުން ނުވަތަ ކަންދު އަތޮޅު ރަށްތަކުން ގެންދެވުނު ގަސްކަމަށް ބެލެވެއެވެ ކުކުޅު ހާލުގެ އިތުރުން ބުޅާ އުޅޭކަމަށް އަދި ރަށުގަ ބަރަބޮލާއި ފަތްކެޔޮ ހައްދާފައި ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ. އޭނާ އެރަށަށް ކުރި ދަތުރުގަ 1780 ގެ އަހަރުތަކުގައި ފަރަންސޭސީން ހެއްދި ރުއްދަނޑުތައް ވަނީ މަސައްކަތްތެރިންނާއި އެމީހުންގެ ދަރިފަސްކޮޅު ހިމެނޭ ކުޑަ ދާއިމީ އާބާދީއަކަށް ބަދަލުވެފައެވެ. ފަހުން "ޗާގޯސިއަނުން" (ނުވަތަ އިލޮއިސް) ގެ ނަމުން މަޝްހޫރުވި މި އާބާދީ އުފެދުނީ، ގަދީމީ ވަޒަންވެރި ދިވެހިންނާ މަސްހުނިވެފައިވާ ބޮޑު އާބާދީއެއްގެގޮތުގައެވެ.

ދިވެހިރާއްޖޭގެ ދެކުނުގައި، ޚާއްޞަކޮށް ހުވަދުއަތޮޅު ގދ. ތިނަދޫ ގައި ސާވޭ ކުރި މީހުން ޓްރިގޮނޮމެޓްރިކަލް ސްޓޭޝަންތަކުގެ ގޮތުގައި ތިނަދޫ އާނުގަޑަށް ދަގަނޑު ހޮޅިތަކެއް ޖެހިއެވެ. ސަރަޙައްދީ ލިޔެކިޔުންތަކުގައި "ލާޓަން މާކަރު" ގެ ނަމުންވެސް ކިޔާ  ތިނަދޫގައި ޖެހި މި ދަގަނޑު މުޑިތަކާއި ޑިއޭގޯ ގާސިއާގައި އިންދި ބަނބުކެޔޮ ގަސްތަކަކީ މި ދަތުރުގެ ފެންނަން ހުރި އަސަރުތަކެވެ.

މޮރެސްބީގެ ނަމުން ރާއްޖޭގެ ދެ ތަނަކަށް ނަން ދެވުނެވެ. އުތުރު މާޅޮސްމަޑުލު (ރ) އާއި ފަސްދޫތެރެ (ބ) އާ ދެމެދު އޮންނަ، ދިވެހިން "ހަނިކަނޑު" ގެ ނަމުން ކިޔާ ކަނޑުއޮޅިއަށް އެޑްމިރަލްޓީ ޗާޓުތަކުގައި "މޮރެސްބީ ޗެނަލް" ގެ ނަން ދެވުނެވެ. އަދި ޗާގޯސްގެ ޕެރޯސް ބަންހޯސް އަތޮޅު (ކަންދު އަތޮޅު) އަތޮޅުގެ ފާހަގަކޮށްލެވޭ ރަށަކަށް "މޮރެސްބީ އައިލެންޑް" ގެ ނަން ދެވުނެވެ.

މިސާވޭ ބޮޑުތަނުން ބަރޯސާވެފައި އޮތީ ދިވެހިންގެ ދިވެހި މާލިމީންގެ ކަނޑުދަތުރުފަތުރުގެ ހުނަރަށެވެ. ޚާއްޞަކޮށް ފ. އަތޮޅު ހިމިތީގައި ހުރި އެދުރުގެތަކާއި ތަޖުރިބާކާރު ނެވިން، މޫސުމީ އޮއިވަރާއި ކަނޑުއޮޅިތަކުގެ މަޢުލޫމާތު ހިމެނޭ 27 ނަކަތުގެ ހިސާބުތަކުގެ ޢިލްމު މޮރެސްބީގެ ޓީމަށް ދިވެހިން ފޯރުކޮށްދިނެވެ. ރަދުން ގެ ރަސްމީ މާލިމީން ދެއްވުމަށް އިންކާރު ކުރެއްވި ނަމަވެސް، ރަދުންގެ އިޒުނައާއި ދެކޮޅަށް، ސަރުކާރާ ދެކޮޅު ބައެއް ބޮޑުން ގެ އެންގުމަށް އަތޮޅު މާލިމީން އިނގިރޭސި އުޅަނދުފަހަރަށް މަގުދެއްކިއެވެ.

މޮރެސްބީ  ދިވެހިން ސިފަކުރެއްވީ ބެންގާލާއި، ސިލޯނާއި، މަލާބާރު އައްސޭރިއާއި، ރަތްކަނޑާ ދެމެދު ވިޔަފާރިކުރާ "ތަހުޒީބު ބައެއް" ގެ ގޮތުގައާއި "ކުޅަދާނަ މާލިމީންނާއި ފަޅުވެރިން" ގެ ގޮތުގައެވެ. ބައެއް ރަށްރަށުގައި ނެވިކަން ކިޔަވައިދޭ މަދަރުސާތައް ހުންނަކަމަށާއި، ދިވެހިން އަމިއްލައަށް އެސްޓްރޯލޭބާއި ކްއަޑްރަންޓް ހަދައި މަރާމާތުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބައު އާލާތްތަކުން ނަގާފައިވާ ބިއްލޫރިއާއި ލަކުޑިން ވަރަށް ފުރިހަމައަށް ހަދާފައިވާ ސެކްސްޓަންޓެއް އެއްފަހަރު ދެކެވަޑައިގެންނެވި ކަމަށްވެސް ލިޔުއްވާފައިވެއެވެ. ދިވެހިން ގެ އަމިއްލަ ސަގާފީ ނަކަތް ތާވަލުތަކާ އަދި ދިވެހިން ވިލާތުގެ ނެވިކަމުގެ ތާވަލުތައް ނަކަލުކޮށް، އޭގެ ޤަވާޢިދުތައް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވެއެވެ.

ފަރުތަކާއި، ދިޔަވަރާއި، އޮއިވަރާ ބެހޭ ދިވެހިންގެ މި ޢިލްމާއި، އިނގިރޭސީންގެ ޓްރިގޮނޮމެޓްރިކަލް މިންއެޅުންތަކާއި ފުންމިން ބެލުމުގެ އުޞޫލުތައް އެއްކޮށްލައިގެން، މި ދަތުރުގައި ރާއްޖޭގެ ފުރަތަމަ ފުރިހަމަ ޒަމާނީ ޗާޓުތައް އުފެއްދިއެވެ. 1990 ގެ އަހަރުތަކާ ހަމައަށްވެސް ދިވެހި މާލިމީން ބޭނުންކުރަމުން އައި މައިގަނޑު ޗާޓުތަކަކީ މި އެޑްމިރަލްޓީ ޗާޓުތަކެވެ. ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް އެހީތެރިވި ވަކި ފަރުދެއްގެ ނަން ސަލާމަތުން ހުރި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައި ނެތް ނަމަވެސް، އެހީތެރިކަން ލިބުނީ، މަރުކަޒީ ވެރިކަމާ އިދިކޮޅު ފަރާތްތަކާއި، އަދި ޢާންމުކޮށް ދިވެހި ނެވިންގެ މުޖުތަމަޢުގެ ފަރާތުން ކަމަށް ބަޔާންކޮށްފައިވެއެވެ.

މިނިވަން ފަންސާހުގެ މުނާސަބަތުގައި މާލޭގެ ސުލްޠާން ޕާކު އަލުން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 2017 ވަނަ އަހަރު ފެނުނު، އިނގިރޭސި ރާނީ ވިކްޓޯރިއާގެ ރަސްކަމުގެ ދުވަސްވަރު (1837-1901) ބޭނުންކުރި ރިހި ފައިސާ ފޮތިތަކެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ރައްކާކޮށްފިއެވެ.

އިނގިރޭސި ދައުލަތުގެ ބާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު ގެންގުޅުނު މި ފައިސާ ފޮތިތަކަކީ މައިގަނޑު ގޮތެއްގައި ބްރިޓިޝް އިންޑިއާގެ ފައިސާ ކަމަށްވާއިރު، މި ތަކެތި މިހާރު ދާރުލްއާސާރުގައި ބެލެހެއްޓެވި ނަމަވެސް، އަދި އާންމުންނަށް ފެންނާނެހެން ދައްކާލުމަށް ބަހައްޓާފައެއް ނުވެއެވެ.
މިނިވަން ފަންސާހުގެ މުނާސަބަތުގައި މާލޭގެ ސުލްޠާން ޕާކު އަލުން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 2017 ވަނަ އަހަރު ފެނުނު، އިނގިރޭސި ރާނީ ވިކްޓޯރިއާގެ ރަސްކަމުގެ ދުވަސްވަރު (1837-1901) ބޭނުންކުރި ރިހި ފައިސާ ފޮތިތަކެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ރައްކާކޮށްފިއެވެ. އިނގިރޭސި ދައުލަތުގެ ބާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު ގެންގުޅުނު މި ފައިސާ ފޮތިތަކަކީ މައިގަނޑު ގޮތެއްގައި ބްރިޓިޝް އިންޑިއާގެ ފައިސާ ކަމަށްވާއިރު، މި ތަކެތި މިހާރު ދާރުލްއާސާރުގައި ބެލެހެއްޓެވި ނަމަވެސް، އަދި އާންމުންނަށް ފެންނާނެހެން ދައްކާލުމަށް ބަހައްޓާފައެއް ނުވެއެވެ.

ހަމަ މި ދުވަސްވަރު އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމުގެ ހެއްކެއް މާ ފަހުން ފެނިފައިވެއެވެ. 2017 ވަނަ އަހަރުގެ ޖޫން މަހު، މާލޭގެ ސަލްޓަން ޕާކު (ފަހުން ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކުރެވުނު) މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން މަސައްކަތްތެރިންނަށް ގިނަ އަދަދެއްގެ ލާރިތަކެއް ފެނުނެވެ. ތަރިކައާ ބެހޭ އިދާރާތަކުން އެ ލާރިތައް ދެނެގަތީ، މޮރެސްބީގެ ސާވޭ ކުރިއަށްދިޔަ ދުވަސްވަރު ކަމަށްވާ 1835 ހާ ތާނގައި އީސްޓް އިންޑިއާ ކޮމްޕެނީން ނެރެފައިވާ ރިހި ލާރިތަކެއްގެ ގޮތުގައެވެ. މީގެ ބައެއް ފައިސާ ފޮތިތަކުގަ 1837 ގައި ރަނިކަމާ ހަވާލުވެވަޑައިގެންނެވި ރާނީ ވިކްޓޯރިއާގެ ސޫރަ ޖަހާފައިވެއެވެ. ބޭރު ޤައުމުތަކުގެ ފައިސާ ދިވެހިރާއްޖޭގައި ދައުރުވަމުން އައިސްފައިވީ ނަމަވެސް، ކުރީގެ ގަނޑުވަރު ހުރި ބިމުން ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ މި ލާރިތައް ފެނުމަކީ، ހައިޑްރޯގްރަފިކް ސާވޭ ކުރިއަށްދިޔަ ދުވަސްވަރު ދިވެހި ރަސްކަމާއި ބްރިޓިޝް އިންޑިއާއާ ދެމެދު އޮތް ވިޔަފާރިއާއި ޑިޕްލޮމެޓިކް ގުޅުންތަކުގެ ދިރިހުރި ހެއްކެކެވެ.

ޖިއޯޕޮލިޓިކަލް ނަޒަރަކުން ބަލާއިރު، މޮރެސްބީގެ ޗާޓުތަކަކީ ދިވެހިރާއްޖޭގައި އިނގިރޭސީންގެ ނުފޫޒު މަޑުމަޑުން ފުޅާވުމުގެ ފުރަތަމަ މަރުޙަލާއެކެވެ. އޭގެ އެތައް އަހަރެއް ފަހުން، 1882–1883 ގައި އެޗް.ސީ.ޕީ. ބެލް ދިވެހިރާއްޖޭގެ ޤުދުރަތީ ސިފަތަކާއި، ތާރީޚާއި، ރައްޔިތުންނާއި، އުފެއްދުންތަކާއި، ސިޔާސީ ޙާލަތާ ބެހޭގޮތުން އެކުލަވާލި ތަފްޞީލީ ރިޕޯޓަކީ، ސިލޯނުގައި އޮތް އިނގިރޭސި އިސްތިޢުމާރީ ސަރުކާރަށް ލިބުނު ފުރިހަމަ އިދާރީ އަދި ތާރީޚީ އިސްތިއުމާރީ މަގުޗާޓެކެވެ. ބެލްގެ މި މަސައްކަތުން ދައްކުވައިދިނީ ދިވެހިރާއްޖެ އޮތީ ހިމާޔަތުގެ އެއްބަސް ވުމުގެ ކުރިންވެސް އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތް، ފުރިހަމަ މިނިވަންކަމެއް ނެތް ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

މީގެ ސަބަބުން ހަރަދުބޮޑު އަސްކަރީ ބާރެއް ބޭނުންކުރުމުގެ ބަދަލުގައި، ޑިޕްލޮމެސީއާއި އޭރު އޮތް ވިޔަފާރީގެ ގުޅުންތަކުގެ ތެރެއިން 1887 ގެ ޙިމާޔަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މަގުފަހިވިއެވެ. މިގޮތުން ދިވެހިރާއްޖެ އިނގިރޭސީންގެ ނުފޫޒުގެ ދާއިރާއަށް ވަނީ، ސީދާ އިނގިރޭސީން ވެރިކަންކުރާ ކޮލޮނީއެއްގެ ބަދަލުގައި، ދާޚިލީ މިނިވަންކަން ލިބިގެންވާ އަދި ޙިމާޔަތް ލިބިފައިވާ ޕަޕެޓު ދައުލަތެއްގެ ގޮތުގައެވެ..

ކޮމެންޓް

ފަހުގެ ޚަބަރު

1887: ދަރަނީގެ ދަންތުރައިން ހިމާޔަތުގެ މަޅިފައްޗަށް

16 ޑިސެމްބަރު 1887 ގައި ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ، އިގްތިސާދީ ގޮތުންނާއި ދާހިލީ ސިޔާސީ މަސްލަހަތުތަކަށް އައި ބަދަލުތަކެއްގެ ސަބަބުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވި ބޮލީގެ ވިޔަފާރި ބަލިކަށިވުމާއި، ރަދުންގެ ނުރުހުމުގައި އިނގިރޭސިން ރާއްޖޭގެ ކަނޑުތަކުގެ ސާވޭތައް ކުރުން ހިމެނެއެވެ.

އިންޑިއާ ކަނޑުގެ ތިން މަގު ގުޅޭ ސަރަހައްދު: ދިވެހިރާއްޖެ

15 ވަނަ ގަރުނުގައި އިންޑިއާ ކަނޑުގެ ވިޔަފާރީގެ މައި މަރުކަޒަކީ ދިވެހިރާއްޖެ ކަމަށްވާއިރު، ރާއްޖެ އޮތީ އިރުމައްޗާއި، އުތުރާއި، ހުޅަނގުގެ މައިގަނޑު ތިން ކަނޑުދަތުރުފަތުރުގެ މަގު ބައްދަލުވާ ހިސާބުގައެވެ. މިންގް ދަރިކޮޅުގެ ހަޒާނާ އޮޑިފަހަރުތަކުގެ ދަތުރުތަކާއެކު ސީނުކަރައާއި އެފްރިކާގެ އައްސޭރިފަށާ ދެމެދު ކުރެވުނު މި ވިޔަފާރީގެ ހެކިތައް ތާރީޚީ ފައިސާ އާއި އާސާރީ ތަކެތިން މިއަދުވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖެ އާއި ޕެމްބާ އައިލެންޑް ގުޅުވާދިން ވަދީބާ ދަރިކޮޅުގެ ތަރިކަ

އިންޑިއާ ކަނޑުގެ މޫސުމީ ވަޔާއެކު ކުރި ދަތުރުތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާގެ ޕެމްބާ އައިލެންޑާ ދެމެދު ތާރީޚީ އަދި ސަގާފީ ބޮޑު ގުޅުމެއް އުފެދިފައިވެއެވެ. މި ގުޅުމުގެ ތެރެއިން ދިވެހި ކަނޑުދަތުރުވެރިން (ވަދީބާ) އެ ސަރަހައްދުގައި ވަޒަންވެރިވެ، ރުއްގަސް ހެއްދުމާއި، އުވަ ބޭނުންކޮށްގެން އިމާރާތްކުރުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ދިވެހި ސަގާފީ ތަރިކަތައް އެ ރަށަށް ތައާރަފުކުރިއެވެ.

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

ނުވަވަނަ ހަސަން ރަސްގެފާނާއި ފޯޅަވަހި

ފޯޅަވަހީގެ މައްސަލަ' އަކީ ހުރިހާ ވެރިކަމެއްގައި އެކަމާ މެދު ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެން އޮތް މައްސަލައެއް. ބާރު އޮވެމެ އެކަން ނުކޮށް ދޫކޮއްލި ސަބަބާއި، މިއަދު މި މައްސަލައާ ގުޅިގެން އެކި ރައީސުންނާއި މަދަދުދޭ ފަރާތްތަކުން ދައްކާ ވާހަކަތަކުން އިސްވަނީ ސިޔާސީ މަސްލަހަތެއްތޯ ނުވަތަ ގައުމީ މަސްލަހަތެއްތޯ ދެނެގަތުމަކީ މުހިންމު ކަމެއް.

ޒަމާނާއެކު އުވެމުން ބީވަމުންދާ ރަށްތަކުގެ ބައެއް ނަންތަކާ ކަނޑު

ގަދީމީ ޒަމާނުގައި ދިވެހިން އިންޑިއާ ކަނޑަށް "މެދުތެރެ މާކަނޑު" ކިޔައި އުޅުނު ނަމަވެސް، އިސްތިއުމާރީ ބާރުތަކުން އެކި ދުވަސްވަރު އެ ސަރަހައްދުގެ ރަށްތަކާއި ކަނޑުތަކަށް އަމިއްލަ ނަންތައް ދީފައިވެއެވެ. މިގޮތުން ޗާޓުތަކުގައި ލެޓިން އަދި ގްރީކް ބަހުން ތަފާތު ނަންތައް ބޭނުންކުރަން ފެށުމާއެކު، ދިވެހިން ކިޔައިއުޅުނު އަސްލު ނަންތައް ވަނީ އުވެން ފަށާފައެވެ.

ހުދެއި ކަލަމިންޖާގެ ލޯބީގެ ބާރުން އުފެދުނު ވަރުނުލާރާޅުގަނޑު

ބަނދެފައިވާ ބަރޯސީގެ ސަބަބުން އެ އަލަމާރި ބޮކިޖަހައި އަޑިއަށް ދިޔަ ވަގުތު ވަރުގަދަ ރާޅު ބާނިތަކެއް އުފެދުނެވެ. އެރާޅުގަނޑު އަދިވެސް ހުއްޓުމެއް ނެތި އެގޮތުގައި އުފެދެމުން ދަނީ އެވެ. ކޮށީގެ ޖާރިޔާ ދެކެ ހުދެއި ކަލަމިންޖާ ވެވަޑައިގެންނެވި ލޯބީގެ ރަމްޒެއްގެ ގޮތުގަ އެވެ.

Newsletter

Get the latest news delivered straight to your inbox