ދިވެހި ބޮލީގެ ގަދީމީ ވިޔަފާރި މިސްރުގެ ބާޒާރުތަކަށް ދިޔަ ގޮތް

ރާއްޖޭގެ ގަދީމީ ވިޔަފާރީގެ ބޮއްޔާއި ރޯމަނުންގެ ފައިސާ

ރާއްޖޭގެ ގަދީމީ ވިޔަފާރީގެ ބޮއްޔާއި ރޯމަނުންގެ ފައިސާ

މީގެ އެތައް ގަރުނެއް ކުރިން، މީލާދީ ތާރީހުގެ ކުރީގެ ތިންވަނަ ގަރުނުން ފެށިގެން ހަވަނަ ގަރުނާ ހަމައަށް ދެމިގެންދިޔަ ބަތުލުމޫސީ (Ptolemaic) އަދި ރޯމަނުންގެ ޒަމާނުގައި، ދިވެހިރާއްޖޭގެ ފަރުތަކުން ނަގާ ބޮއްޔަކީ މިސްރުގެ ބާޒާރުތަކާ ހަމައަށް ދަތުރުކުރި އަގުހުރި މުދަލެކެވެ.

އއ. ތޮއްޑޫއިން ފެނިފައިވާ މީލާދީގެ ކުރީގެ 90 ވަނަ އަހަރަށް ނިސްބަތްވާ ރޯމަނުންގެ ރިހި ފައިސާ ފޮއްޗަކީ، އިންޑިއާ ކަނޑުގެ ވިޔަފާރީގެ މުހިންމު ބޮޅަކަށް ދިވެހިރާއްޖެ ވެފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އެ ޒަމާނުގައި ދިވެހިރާއްޖޭގެ ފަރާއި ފަޅުތަކުން ނަގާ ކުދި ބޮލި، މޮނެޓޭރިއާ މޮނެޓާ (Monetaria moneta) މިސްރާ ހަމައަށް ދަނީ ސީދާ ދަތުރުތަކަކުން ނޫނެވެ. އޭގެ ބަދަލުގައި މި ތަކެތި ދަތުރުކުރަނީ އިންޑިއާގެ ހުޅަނގު އައްސޭރީގެ މުހިންމު ބަނދަރުތައް ކަމަށްވާ މުޒިރިސް އާއި ބަރިގާޒާ  މެދުވެރިކޮށެވެ.

އެތަނުން ރަތްކަނޑުގެ ބަނދަރުތައް ކަމަށްވާ ބެރެނީކޭ  އާއި މިއޯސް ހޯމޯސް އަށް އުފުލައި، އެއަށްފަހު ޖަމަލު ގާފިލާތަކުގައި މިސްރުގެ އެކި ސަރަހައްދުތަކަށާއި މެޑިޓެރޭނިއަން ކަނޑުގެ ގައުމުތަކަށް މި ބޮލި ފޯރުވައެވެ.

Advertisement

ތާރީޚީ ގޮތުން ބަލާއިރު، ބަތުލުމޫސީ ދައުރު ފެށުނީ އެލެގްޒެންޑާ ދަ ގްރޭޓު އަވަހާރަވުމަށް ފަހު މިސްރުގެ ވެރިކަމަށް ބަތުލުމޫސީ ވަޑައިގަތުމާ ހިސާބުންނެވެ. އޭގެ ފަހުން ކްލިއޯޕެޓްރާގެ މަރާއެކު މިސްރު، ރޯމަނުންގެ ބާރުގެ ދަށަށް ދިޔަ އެވެ. މި ދެ ދައުރުގައިވެސް ބެރެނީކޭ ފަދަ ބަނދަރުތަކަކީ އިންޑިއާ ކަނޑުގެ ވިޔަފާރީގެ މައި ދޮރާށްޓެވެ.

އާސާރީ ހޯދުންތަކުން ބެރެނީކޭގެ ފައްޅިއެއްގެ ދޮރުމަތިން ގިނަ އަދަދެއްގެ ބޮލި ފެނިފައިވެއެވެ. މި ބޮލިތަކަކީ ދޮރުފަތެއްގެ ފަރުދާގެ ގޮތުގައި ނުވަތަ ރައްކާތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެތި ކަމަށް ބެލެވެއެވެ. ބެރެނީކޭއިން ފެނުނު ބޮލިތަކަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަ ބާވަތްތަކެކެވެ. މީގެ އިތުރުން އިންޑިއާގެ މަސައްކަތްތެރިކަމާއި، އަސޭމިރުހާއި ހަނޑުލާއި، ކާއްޓާއި، އަދި އިންޑިއާގެ ހުޅަނގު ބިތުން ގެންގޮސްފައިވާ ފާނޫޒު ފަދަ ތަކެތި ފެނުމުން، ދިވެހިރާއްޖެ ހިމެނޭ މި ސަރަހައްދުގެ ވިޔަފާރީގެ ގުޅުން އޭރު އޮތް މިންވަރު ސާފުވެ އެވެ.

މީލާދީގެ ފުރަތަމަ ގަރުނުގައި ލިޔެފައިވާ ޕެރިޕްލަސް އޮފް ދަ އެރިތުރިއަން ސީ (Periplus of the Erythraean Sea) ފަދަ ތާރީހީ ލިޔުންތަކުގައިވެސް މި ބަނދަރުތަކާއި ވިޔަފާރީގެ މަގުތަކުގެ ވާހަކަ ބަޔާންކޮށްފައިވެ އެވެ. މިސްރުގެ ގަދީމީ ގަބުރުތަކުންވެސް ބޮލި ފެނިފައި ވާއިރު، އެއީ ސީދާ ރާއްޖޭގެ ބޮލިކަން ޔަގީންކުރެވެނީ ބަތުލުމޫސީ އަދި ރޯމަނުންގެ ދައުރުގަ އެވެ. އޭރު ދިވެހިރާއްޖެއަކީ ބޮލި ނަގާ މައި މަރުކަޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. މިގޮތުން ދިވެހިރާއްޖޭގެ ބޮލި، އިންޑިއާގެ މެދުވެރިން މެދުވެރިކޮށް ދުނިޔޭގެ ބާޒާރުތަކަށް ފެތުރިގެން ދިޔައެވެ.

މީލާދީގެ ކުރީގެ ތިންވަނަ ގަރުނުން ފެށިގެން ހަވަނަ ގަރުނާ ހަމައަށް ދިވެހިރާއްޖެ އޮތީ ދުނިޔޭގެ އިގްތިސާދީ ނިޒާމުގެ ތެރޭގަ އެވެ. ރާއްޖޭގެ ކުދި ބޮލިތަކަކީ ހަމައެކަނި ކަނޑުގެ ދިރުމެއް ނޫނެވެ. އެއީ އޭރުގެ ބޮޑެތި އެމްޕަޔަރުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ހެއްކެކެވެ. ބެރެނީކޭގެ ބަނދަރުން ފެނުނު ބޮލިތަކަކީ، ދިވެހިރާއްޖޭގެ ފަރުތަކާއި މިސްރުގެ ބާޒާރުތަކާ ދެމެދު އޮތް ގަރުނުތަކަށް ދިގުދެމިގެންދިޔަ ތާރީހީ ގުޅުމުގެ ހިމޭން ހެކިވެރިންނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތަދުވަނީތަ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟

މި ލިޔުމަކީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން، 'ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި' މި ޅެމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެ ޅެމުގެ ވަކިވަކި ބައިތުތަކުގެ މާނައަށެވެ.

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

Newsletter

Get the latest news delivered straight to your inbox